މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ދަރިިވަރުން އެއަތޮޅު ގޮއިދުއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ސްކޫލް ފެރީ ދިވެހި ސަރުކާރާ ޙަވާލުކޮށް ފެހެންދޫ ސްކޫލް ކުދިން ކޮންމެ ދުވަހަކު ތައުލީމު ހާސިލް ކުރުމަށް ގޮއިދޫ އަށް ޑިންގީއެއްގައި ކުރާ އުދަގޫ ދަތުރު މިސަރުކާރުން ނިމުމަކަށް ގެނެސް ދީފިއެވެ.

ރަށުގައި އާބާދީ ކުޑަވުމުން ފެހެންދޫގެ ސްކޫލުގައި ކިޔަވާ ނުދޭތީ ފެހެންދޫގެ 26 ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ.

ފެހެންދޫގެ ދަރިވަރުންނަށް ރައްކާތެރިކަމާއި އެކު ދަތުރު ކުރުމަށް ސްޓޫޑެންޓް ފެރީ ހިދުމަތަކީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ ސޯޝަލް އިކޮނޮމިކް ޕްރޮޖެކްޓްސްގެ ދަށުން ފެށި ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް އަށް ވަނީ 2.5 މިލިއަން ރުފިޔާ ހަމަ ޖައްސާފައިވެއެވެ.

އެ ފެރީ ހަވާލު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ހަވާލު ކުރެވިގެން ދިޔަ ފެރީގެ ސަބަބުން މީގެ ކުރިން ކިޔަވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ދިމާވި ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކިޔަވަމުން އަންނަ ކުދިންނަށް އެއް ހަމައެއްގައި ކިޔެވުމުގެ ފުރުސަތު އެއްވެސް ކަހަލަ ގޮންޖެހުމަކާއި ނުލައި ކުރެވޭނެ ގޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވީ މި ލޯންޗް ބޭނުންކުރަން ފެށުމުން ފެހެންދޫއާއި ގޮއިދުއާ ދެމެދު ދަރިވަރުން ކުރާ ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުފާވޭ

    ޝުކުރިއްޔާ

    23
    2
  2. ަައަމީރާ

    ތިވާނީ ދަރަންޏަށް އިންޑިއާއިން ގެނައި އެއްޗަކަށް.

    5
    12
  3. ފާއިޒު

    ޝުކުރިއްޔާ ޞާލިޙު
    އެކަމަކު 2.5 މިލިޔަނަށް ތި ހެއްދެވީ ހަމަ އެންމެ އުޅަނދެއް ދޯ. ބާކީ ލާރިއަށް އަދި އެހެން އުޅަނދެއް ހެދޭވަރުވާނެ.

    7
    8
  4. ފާތުމަ.

    ގޮއިދޫ ސްކޫލަށް ދަރިން ގެންދަންޏާ ގޮއިދޫ އަށް ބަދަލުވާން ވީނު.ގޮއިދޫ އަކީ ބިންބޮޑު މުސްތަގުބަލް އޮތް ރަށެއް.ފެހެންދޫ އަކީ އާބާދީގައި 100 ވެސަ ހަމަނުވާރަށެއް.ގޮތްދޫނުކޮއް ތިހެން ތިބުމުން ބަނަވަނީ ދަރިންގެމުސްތަގުބަލް.

    16
    1
    • ފެހެންދޫ ފާތުމަ

      ފާތުމާ ގޮއިދޫގައި ކުއްޔަށް ނޫޅެ އަމިއްލަ ހޯއްޗެއް ހޯދައިދޭންވީ އެއްނު. ކިތަންމެ ބިން ބޮޑަސް އުޅެވޭނެ ގޮތެއް ނެތިއްޔާ ކިހިނެއްތޯ ހަދާނީ؟

  5. އިބްރާ

    ވަރަށް ބޮޑު ޕްރޮޖެކްޓެއް ތިޔަ ނިންމަވާލެއްވީ. ރައީސް ސާލިހުގެ ސަރުކާރުގައި ބޮޑެތި ބަޖެޓްތަށް ފާސްކޮށްގެން މިިކަހަލަ ތަރަށްގީގެ ބޮޑެތި މަޝްރޫއުތަށް ހިންގަވާތީ ރައްޔިތުންގެ ޖީބުތަށް ފުރި ބަންޑުންވަމުންދަނީ އަވަށްޓެރި ގައުމުތަކަށް ރާއްޖެ އަތުނުވާވަރު ސްޕީޑެއްގައެވެ.

    7
    4
  6. ޅިންކްސް

    ދަނޑުވެރިންނަށް ދަބަރު ޖަހާފަ ހުރިނަމަވެސް އުދަލި ކޮޅަކާ ފަކީރާ ކޮޅެއް ވެސް ހޯދަން ފެނޭ

    8
    3
  7. ޢަންސާރު

    ކިޔުންތެރިންގެ ހިޔާލު ހަމަ ވަރަށް ސަޅި.ވަގުތު ނޫސް މިހާރު ދިވެހިންގެ މެދުގައި އެހާ ބަޑި ވެގެން ޢުޅެނީ ރައީސް ޔާމީން ގެނެސްދެއްވި ތރައްގީ ކަމުގޮސްގެން..އހެންވެ ގަރުދިޔަ ތެލި،ރިހާކުރު ސަމުސާ،ވަޅޯ މަސް ކިބަ ފަދަ ނަންނަމުގަ ކޮމެންޓް ކުރަނީ......ހެހެ.2023 ގެ އިންތިހާބުގަ ގެރި ކަހީނުން ބައިބައިވެ އަލޫ ޕަރާޓާ އާއި ޗާއެ ފޮދު ހިއްޕަވައިގެން ނިކުތަސް ގިނަ މީހުން ނިކުންނާނީ ރޮށި ދަމާ ފޯލި ހިފައިގެން އިސްތިގްބާލަށް...މީ ހަމަ ވަރަށް ވާހަކަ..