ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ކަމަށާއި މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ކަށަވަރު ކޮށްދެއްވި ގޮތުގައި އެކަކަށް ވުރެ ގިނަ މުވައްޒަފުންނަށް މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށެވެ. އެމައުލޫމާތުތައް ހުށަހަޅާފައި ވަނީ "ވިސަލްބްލޯވާ" ޕޯޓަލް މެދުވެރިކޮށެވެ.

މީގެ ކުރިން ވަނީ އަލީ ވަހީދު ރަހުމަތްތެރިންތަކަކާއި އެކު މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭ ގޮތުން ވެސް އަޙްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ވާހަކަތައް ދައްކާފައެވެ. އެވާހަކަތަކުގެ އޯޑިއޯ ލީކް ވެފައި ވެއެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވެސް ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އަލީ ވަހީދާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އަލީ ވަހީދު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މިނިސްޓަރު އަލީ ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް ރާއްޖެ އިން ބޭރުގައި އަރުވާލެވިގެން ހުންނަވައިގެން އެންމެ ބުރަ މަސައްކަތްތައް ކުރެއްވި އެއް ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

78 ކޮމެންޓް

  1. ޢަލީ

    ޢާމީން

    113
    • ނަކަ

      ލަސްވެސް ވެއްޖެ މިކަން ކުރަން.. މިނިސްޓަރު ނަހުލާއާ މީނާ ފޮށުނު ދުވަހުވެސް މީނަ ވަކިކޮށް ބޭރުކުރަންޖެހޭ..

      92
  2. ޖޫދު

    ބުޅާ ގޯނިން ބޭރުވާނެ މި ދަނޑިވަޅުގަ ތިހެން ހެދީމަ!!!!!!

    109
  3. އޭނަ

    އޯހޯ! ފެއްޓުނީ

    101
    • Anonymous

      މާކުރިން ވެސް ފެއްޓީ ފަ އޮތީ ފެނަކަ އެމްޓީ ވެސް ތީގެ މީހެއް

  4. ޚަރުން

    ކަރާ ފެޅިއްޖެ

    120
    1
  5. ކިޔުންތެރިޔާ

    ހަމަ ތިގޮތައް ކައިރީގަ ރައްޔިތުންގެ ލާރިން މުސާރަދޭ ލާދީނީ ކުދިންކޮޅާއި ރައްޔިތުންގެ މަޖިލީހޭ ކިޔައި މިއުޅޭ ތަނުގަ ރިޔާސަތުގަ އިންނަ އަނގަފެލޭ ވެސް މަގާމުތަކުން ދުރުކުރުމަށް ގޮވާލަން. އޭރުން ދެން ފަހަރަކުންވެސް ވޯޓު ދޭނަން ސޯލިހުބެއަށް.

    162
    6
    • Anonymous

      އާން. ތިޔަ ބުނާ އަނގަފެލޭގެ ދުއްޕާން ވަރަށް ބޮޑު ވެއްޖެ

      15
  6. އައިޝާ

    ވަރައް ދެރަކޮށް ތިޔަވީ މަގޭ ލޯބި އަލީ ވަހީދު ލޯބީ ވަރައް ހަނދާންވާނެ އައިވިލް މިސްޔޫ ލޯބީ

    87
    2
  7. އެމަންޖެ

    މިގައުމު ހިންގަން ހުރި މީހާގެ އިސްތިއުފާޔައް ސޯލިހު އަތްގަދަ ތިޔަކުރައްވަނީ ތިކަންވެސް ނަސީދާ ދެމީހުންވެގެން ހިންގަންތަ.

    72
    9
  8. އިސްތިއުފާ

    މިއީ ނަހުލަ ކޭސްގެ ފަހުން ހިނގި ކަމެއްކަމަށްވާނަމަ، އެއީ ރައީސް މީހާގެ ނާގާބިލުކަން، އެކަށިގެންވަ ފިޔަވަޅު އެޅިފައިނުވާކަން. އެހާލަތުގަ ރައީސްވެސް އިސްތިއުފަ ދޭން ޖެހޭނެ

    126
    11
  9. ރަސް

    ކޮބާ!!! ފައިނަލީ!!!

    81
  10. އިބްރާ

    ގާނޫނާއި ޚިލާފަށް ޖިންސީ ގޯނާ ކުރެއްވީ ދޮގެއްތޯ؟ ހަށް. ހަށް. ހަށް

    89
  11. ހުދުކާފޫރު.

    ސާސާސާސާސާސާބަސް!!!!!! މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާ ކަންތައްތަކެއް ހިނގީމަ އިސްތިޢުފާ ދޭން އަންގަންތޯ ޖެހެނީ، އިސްތިއުފާ ނުދީފިއްޔާ އެ ނިމުނީތޯ؟ ނޫނީ އަހަރެން މައާފަށް އެދޭނީކަމަށް ބުނެ މާފައް އެދުނީމަ ފުދޭނެތޯ؟ ވެރިޔަކު މީހުންގެ ދަށުވެ، ނިކަމެތިވެ، ޗިސް ވަމުންދާ މަންޒަރަކީ ބަލާލަން ހާދަވާ ހުތުރު މަންޒަރެކޭ..

    100
    2
    • ޒަކް

      ވަޒީރުންނަށަ ރައީސް ފުރަތަމަ އަންގާނި އިސްތިއުފާ ދޭން އޭގެ ފަހުން ވަކި ކުރާނި..އެއީ އަކަން ކުރާގޮތް ހުރިހާ ޑިމޮކްރެޓިކް މުޖުތަމައެއްގަވެސް..

      45
      10
      • ޙުސްނާ

        މާ އެގޭނެ ކަމެއްނެތް ޖެހޭނީ ވަކިކުރަން. ކަނޑާލަން

        12
        2
        • ޒަކް

          ކަލޭތަ ރައްޔިތުން ހޮވާފަ ހުރީ ވީޓު ދީގެން؟؟ ރައީސްއަށް އެނގޭނީ ކަންކަން ގެންދާނެ ގޮތެއް.. ކަލެއަކަށް ރައީސްގެ މައްޗަށް އަމުރެއް ނުކުރެވޭނެ..

  12. ާސަމާ

    ކޮބާ ރާކަނި މަސް ކެވިއްޖޭއްނު..

    90
    1
  13. މުގުރާން

    ކަރައެއް ފަޅާލީތާ؟؟؟

    81
  14. ޓޫރިޒަމް

    ސިޔާސީ މަޤާމުން ވަކިކުރުމުގެ ބާރު ރައީސް އަށް އޮވެ ކީއްވެ އިސްތިއުފާ ދޭން އަންގަނީ. ޤައުމު އިސްކުރާނެ އެންމެ މީހެއްވެސް ނެތީދޯ....... ދެން އަލީ ވަހީދު ކޮންމެސް ރައްޓެއްސެއްގެ ގޭސިޓިން ރޫމްގަ ނިދާ ބިރުން ނޭ ކިޔާފަ.... ކުރިންވެސް ބިރުން އުޅުނު ގޮތަށް. ކެކެކެކެ

    64
    1
  15. ކަލަމިންޖާ

    އަލްހަމްދުލި ﷲ
    މިހާރު ސަން ހުންނާނީ ރީއްޗަށް ޝައިންް ވެފަ ނިމިފަ
    ދުވަހަކަށްވުރެ ދުވަހެއް ސަރުކާރު އެދަނީ ބަލިކަށި ވަމުން.. ވަރަށްވެސް އުފާވެރި ޙަބަރެއް
    ކުއްލިއަކަށް އަލީވަހީދުގެ ފަތުރުވެރިން ގެންނަން އުޅޭ އިވެންޓު ބަނގުރޫޓުު ވެގެން ހިނގައިދާނެ

    75
  16. ބަބުރު ސަލީމް

    މީނަ ވަނީ މިސްޓަރަކައް ޖިންސީފުރައްސާރަ ކޮއްފަ، އެކަމުވެސް އިބޫ އެއްވެސް އެކްސަނެއް ނުނަގާ..
    ސްލޯލިހް ލަސްނަމަވެސް އެކުރީ މީގެ ހަމަސް ކުރިން ކޮއްނިމިފަ އޮންނަންޖެހޭ ކަމެއް...

    71
    • ނައި

      އެހެން ވަޒީރަކަށް ފުރައްސާރަ ކުރި މީހަކު، އާދައިގެ މުވައްޒަފަކަށް ކޮން ކުލުނެއް ސަދަބެއް ހުންނާނި.. އެ ދުވަހު ފިޔަވަޅު ނޭޅީމަ ތި ހިސާބަށް ތި ދިޔައީ

      44
  17. އަހްމަދު

    އުފާވެރި ޙަބަރެއް!

    57
    1
  18. އަތްޖަހާ

    ބޫން ބޫން ބޫން ކިޔާފަ ދެން ކިއްލިތަޅާ، ތީ މި ރާއްޖޭގަވެސް ކިއްލިތަޅައިގެން މަހުޖަނަކަށްވި ފުރަތަމަ މީހާ. ބޫން ބޫން އެންޓަނާ

    65
    2
  19. ސަރީފް

    އެގިގެން ދިޔައީ ސަރުކާރު ފެއިލްވެފަވާ މިންވަރު..

    އިބޫ އަކީ މާ ސޯލިހް މީހެއް ނަމަ މީގެ އެތައް މަހެއް ކުރިން ލީކުވި އޯޑިއާ ގުޅިގެން އެކަސަން ނެގިސް..

    73
    • އަޒީޒު

      އެވާހަކަ މި ކިޔަނީ ދަޢުލަތުގެ ވަޒީރު ބޭކަނބަލަކަށް ފުރައްސާރަކޮށް، (އަދި ސަރުކާރު ގެންނަން ނުލާހިކު ބުރަކޮށް މަސައްކަތްކުރެއްވި ކަނބަލެއް) ދިމާކުރި އިރު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލީމަ މި ލެވަލަށް އެ ދިޔައީ.. އެއީ ފެއިލްވުމެއް އެ ދުވަހު މީނާ ވަކި ކުރަންޖެހޭ.. ނަހުލާ އެމްޑީޕީ މީހަކަށް ނުވީމަތޯ ފިޔަވަޅެއް ނޭޅީ.. މިހާރު ޔަޤީން ރީނދޫ ކަނބަލުންކޮޅަކަށް ބެހިގަތީމަ ފިޔަވަޅު މިއެޅީ

      37
  20. އެމީހާ

    މީހާކިތައްމެބޮޑަސް އެއައްވުރެބޮޑުމަޤާމެއްލިބުނީމާ ސައިޒުއޮޅުނީ. ކަރާކިތައްމެބޮޑަސް ކަރައިގާ ފެންނެއްކަން އެއްމެނައްވެސް އެގޭ. ދެންބޫންބޫންދުއްވަން ރަށަށް ދަނޑުހައްދަންދިއުން އެއްމެރަނގަޅުގޮތް.

    31
    1
  21. ކައުންސެލަރު

    އާއެކޭ ބޮޑު ކަރައެކޭ ފަޅާލީ. އެކަރަލުގަ ފަނިގިރަން އިބޫ އެސޮރަށް އެންގީ ތޯއްޗެއް. އެކަރާ ފެޅީމާ ސޭޓު ހިތްނުހުއްޓުނުކަން ނަސީބު

    30
    1
  22. މާމިގިލީ މީހާ

    ކޮބާ ހީވެ. ރައީސް ސޯލިހުގެ ގަޓު ހުރިކަން މިފެންނަނީ. ހިސާބައްވުރެ ފޮނިވެގެން އުޅޭ ވަދު ކަރާއެއް މީ. މިރާއްޖެއަކު ވަޒީފާ އަދާކުރާ އަންހެނުންނަކަށް ރައްކާތެރިކަމެއް ނެތް. އެހެންވެ އަހަރުންގެ އަނބިން ވަޒީފާއަށް ނުފޮނުވަނީ.

    13
    18
    • ގަޓު

      ގަޓުކަން ޤަބޫލުކުރާނި އައްނި ސައިޒުކުރީމަ.. އޭރުން އިބޫއަށް ދާއީދުވެސް ކޮށްފާނަން

      10
  23. އަހްމަދު

    ރޮޔަލް މިހަކްށް ނުވީމާ މިގޮތަށް ދިމާވެދާނެ!

    39
  24. ސަމި

    އެމް ޑީޕީ މިހެއް ނޫން ނަަ ތިޔަހެން ހަދަންވާނީ. ކޮބާ ހޯރަ ކޮބާ ސަފާރީ ކުދިން ކޮޅު.

    38
    1
    • ޒައި

      ސަފާރީ ކުދިންނާ ހޯރަ އިއްބެ ހުރީ ރައީސް އައްޔަނުކޮށް ވަކިކުރާ ދައުލަތުގެ މަޤާމެއްގަތަ ވަގުތުން ފިޔަވަޅު އަޅާ ވަކިކުރަން؟؟ ސަފާރީ ކޭސް ފުލުހުން ތަހުޤީޤު ކުރާވާހަކަ ބުނެފަ އެއްނު އެއޮތީ

      2
      4
  25. ރެޑް ޒޯން...

    ތިކަންވެސް ނުވާނެ...އިތުރު ޕްރޮމޯޝަނެއް ލިބޭނީ......

    26
  26. އަބުދުބޭ ކާށިދޫ

    ތިޔަމީހާ ތިޔަހާ ވަހުޝީތޯ އަދިކޮބާތޯ މިކޮވިޑްތެރޭގައި ރައްތަކެއް ވިއްކާލިވާހަކަތައް ޖަންގަލްޕީޕީ ރެޑިއޯއިން ޙަބަރުފަތުރާ ފައްޔާޒް ކިޔާމީހަކާ ގުޅިގެން ވަރައް ސިއްރުންނޯ އެކަން ކުރީ ކޮންމެވެސ މިލިޔަންޑޮލަރ އެއްވެސް ނއންގެވިކަމައް ބުނޭ އެބޭރުމީހުން މާސްކްފަދަ ތަކެތިވެސް ކޮވިޑްއައް ހަދިޔާ ކުރިކަމައްވޭ ވައްތަރީ މީހެން އަސްލު މަސްއަލަޔަކީ ވައްލޯހު އައުލަމް މޮޅައް ދެނެވޮޑިގެންވާނީ މާތް ﷲ

    26
  27. އަހަރެން

    ދެން ޑިޕްލޮމެ ޓިކް ޕާސްޕޯރ ޓް ޢާޢި މުސާރަ އާއި މިލިޔަން ޑޮލަރު ދީފައި އިނގިރޭސި ވިލާތަށް ފޮނުވާލާނީ

    31
  28. މޫންވޯކް

    އަލީ ވަހީދު އިސްތިއުފާ ދެއްވުމުން ދެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކަށް ލާން ޖެހޭނީ މުޅިން އާ ބޭފުޅެކޭ އެ ބޭފުޅަކީ ޓޫރިޒަމް ދާއިރާގެ ތަޖްރިބާ ހުރި މީހަކަށް ވެފައި އަދި ރިސޯރޓްސް ތަކުގެ ވާނުވާ އިނގޭ މީހަކަށް ވާން ޖެހޭނެއޭ އެގޮތުން ބަލާއިރު މިހާރުގެ ނައިބް ރައީސް ފައިސަލް އަކީ އެއީ ސަރުކާރުން ރިބަން ފަށް ކަނޑަން އެކަނި ގެންގުޅޭ ކަތުރަށް ހެދުމުގެ ބަަދަލުގައި ފައިސަލް އާއި ހަވާލު ކުރަންވީއޭ ޓޫރިޒަމް މިނިސްޓްރީ މަމެންނަށް ޔަގީނޭ ދިވެހިންނަށް ވަޒީފާ ލިބޭނެ ކަން މީމަމެން ނަށް ވަރަށް ޔަގީން ކަމެކޭ މިކަން ރައީސް އިބޫ ކޮށް ދެއްވާނެ ކަމަށޭ މަމެން މިދެކެނީ އެއިރުން ޚަރަދު ވެސް ކުޑަވާނެއޭ އެއް ކާރު އެއް މުސާރަ ސަލާމަތްވީ އެެއް ނޫންތޭ މީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެކޭ މިކަން ކުރާނެ ކަމަށް މަމެން އުއްމީދު ކޮށް އެކަމުގެ އުފަލުގައި ދެން ހުރިހާ ކުދިން ވެސް މޫން ވޯކް ޖައްސަންވީއޭ މިއުޒިކް މިއުޒިކް މިއުޒިކް ހިނގާ ހިނގާ ހިނގާ ފަހަތަށް ފަހަތަށް ފަހަތަށް ހިނގާ ހިނގާ ހިނގާ ޑާންސް ޑާންސް ޑާންސް...

    18
    8
  29. ޚިޔާލު

    ސަލާމަތްވާނެ ބާ އެއްވެސް ވެރިޔެއް!

    23
  30. ފިޔަވަޅު

    އިސްތިއުފާ ދިނަސް އަދި ނުނިމޭނެ .
    ތަހްޤީޤް ކޮށް ކުށަށް އަދަބު ދޭންޖެހެ.

    37
  31. ނުދޭތި

    ޓޫރިޒަމް މިނިސްޓްރީގެ އަންހެން ކުދިން ތަކަށް ޖިންސީ ގޯނާ ކުރާ ކަމަށް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތު ކުރެވޭނަމަ ވަޒީފާއިން ވަކި ކުރުމުގެ ބާރު ރައީސް އިބޫ އަށް ލިބިގެންވެއޭ ކިއެއްވެތޭ ވަކި ނުކުރީ މީ ބޮޑު މައްސަލަ އެކޭ މަމެންނަށް ލަފާ ކުރެވޭ ގޮތުގައި އަލީ ވަހީދު އިސްތިއުފާ ނުދޭނަމޭ ބުނެފިނަމަ ދެން އަލީ ވަހީދު މަގާމް ގައި ދެމި ހުންނާނެ ނޫންތެ މަމެން މީ އަލީ ވަހީދު ނަމަ އިސްތިއުފާ ނުދޭނަމޭ ވަކި ކުރަންނާ ކުރަންވީއޭ އިސްތިއުފާ ނުދޭތި ނުދޭޔި ނުދޭތި ނުދޭތި

    18
  32. Anonymous

    ކުރިއްސުރެ ދިވެހިން ކިޔާއެއްޗެއް އޮވޭ "އެއްފުޅަށް މަތިން ވިއްކާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެއޭ "
    ފުރަތަމަ ފިޔަވަޅު ނޭޅީމާ ހީކުރާނީ އަޅާވެސް ނުލާނެކަމަށްތާ. މިނޫވެ އެކަމަކު ޒީރޯ ޓޮލަރެންސަކަށް. ސަފާރީއާ ދެންހުރި ކަންތައްވެސް
    ބައްލަވާ ސޯލިޙް ރައީސް. ބަހާއި ޢަމަލު އެއްގޮތް ކުރައްވާ

    23
    1
  33. އަރީ

    ތީކިޔާ އަލީ އެއް ފެންވަރު އޮޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ، ތީނަ އާއި ތީނަގެ ބޯއި އަޑުބަރޭ މަގާމުން ދުރުކުރަންޖެހޭ

    17
    1
  34. ކުރާތި

    ތިޔާ މަގާމް ހައްގުވޭ ރައީސް މައުމޫނުގެ ޕާރޓީ އަށް ސަބަބަކީ އެ ޕާރޓީގެ ސްލޮޓް ވަނީ ފޭރިގެންފައޭ އަދި އެމިނިސްޓްެރީ ވެސް އެންމެ ފަހުން އުވާލީއޭ ކަން މިހެން ހުރުމުން ދެން ތިޔާ މިނިސްޓަރު ކަން ފާރިޝް އަށް ދެއްވުމަށް މަމެންނަށް ފެނެއޭ ތަމެން ވެރިކަމަށް ގެންނާން މަސައްކަތް ކުރި މީހުން ބާކީ ކޮށް ކެނެރީގެ ނަޝީދު ހަދާ ގޮތަށް އޭނާގެ ޕާރޓީ މީހުން އެކަނި ކައިރި ކޮށް ފިނަަމަ ޚިދްމަތެއް ވެސް ނުދެވޭނެއޭ އެކަން އެގިގެންނޭ ދިޔާއީ މިނިސްޓަރު އަސްލަމްގެ ފަރާތުން ވެސް މިކަން ޖެހޭނެއޭ ކަށަވަރު ކުރަން...

    13
    1
  35. ކޯޓު

    ޖިންސީ ފުރައްސާރަ އެއީ ބަލައިގަނެވިގެން ވާނެ ކަހަލަ ކަންތައްތަކެއް ނޫން . އެކަމަކު އަހާލަން ބޭނުމީ އެއްވެސް ކަހަލަ ހެއްކެއް އެބައޮތްތޯއޭ. ހިންދީ ފިލްމު ސެކްޝަން 375 ބެލިފަހުން މިކަމާމެދު އިތުރަށް ސުވާލު އުފެދެން ފަށައިފި. ބައެއް ފަހަރު ހަސަދަ ފިލުވާލަންވެސް މީހުން ދޮގު އިލްޒާމު އަޅުވާ . ސިސްޓަމްގެ ތެރެއިން މައްސަލަ ތަހްގީގުކުރުމަށްފަހު ގޮތެއް ނިންމުން އެދެން . ރޭޕިސްޓުންނާއި ޖިންސީ ފުރައްސާރަ ވެރިންނަށް ހައްޤު އަދަބު ލިބެން ޖެހޭނެ. އެކަމަކު ކޯޓުގަ ކުށް ސާބިތުކުރުމަށްފަހު! ތިގޮތަށް ސިއްރިޔާތުގެ ޕޯޓަލްއަކައް މައްސަލަ ހުށައަޅައިގެން މިނިސްޓަރަކު ވަކިކުރުން ތިއީ ވަރަށް ސުވާލު އުފެދޭ ކަމެއް . ވަހީދުއަށްވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ޖެހޭނެ ޤާނޫނުގެ ތެރެއިން ކަންކަން ކުރަންޏާ. ސަރުކާރުންވެސް ތަވާ ހޫނު ގަޑީގަ ރޮއްޓެއް ފިހެލީ ދޯ އެބުނާ ނަހުލާއަށް ނިސްބަތްކޮށްފަ އޮތް އޯޑިއޯ ލީކުވީމަ ފިޔަވަޅެއް ނާޅަ އެކަމަކު މިދުވަސްވަރު މައްސަލަ ހޫނު ވީމަ ކަންދެއްކުމުގެ ގޮތުން ކަމެއް ކޮށްލީހެން ހީވޭ! މާ ރަނގަޅުވާނެ ރޯޔަލް ރޭޕިސްޓުންނަށް ވީގޮތް ބުނިއްޔާ

    16
    1
  36. މައްލާ

    ބަލަ ތުހުމަތު ތަކެއް ވެ ފަ ކިތަން މީހުން ތިބީ. ވާގޮތަކީ ހަމަ ޔާމިނުހެން ކުރަންބޭނުން ވާކަމެއް ވަގުތުން ކުރެވެނީ.އެއްވެސްތަފާތެއް ނެތް.

    6
    8
  37. ތަމެންދޯ

    ހަގީގަތް ހާމަވާނެ، ކުރެވުނު ޚިދުމަތްތަކަށް ފަޚުރުވެރިވަން ކަމަށް އަލީ ވަހީދު ވިދާޅުވާއިރު ތިޔާ ކުރެވުނު ޚިދްމަތެއް ތަމެން ދައްކަގަ މަމެންނަށް މަމެންނަށް ނުފެނެއޭ ތިޔާ ބުނާ ފަޚްރުވެރިވާ ފަދަ ޚިދްމަތެއް ސަަބަބަކީ ރިސޯރޓްސް ތައް ހަދަނީ މަސައްކަތް ކުރާ މީހުންނަށް ރިސޯރޓް އޯނަރު ފައިސާ ނުދީއޭ އެކަމަކު ރިސޯރޓް އޮޕަރޭޓިންގް ލައިސެންސް ދެއޭ މިނިސްޓްރީ އަށް އަންނައިރަށް ކިއެއްވެތޭ ދެނީ ރިސޯރޓް އޮޕަރޭޓިންގް ލައިސެންސް ދިނުމަށް ޓަކައި ގަވާއިދެއް ހެދިފައި އޮތް ނަމަ ނުވީހޭ ތަމެން ދައްކާ ވާހަކަ މަމެން ގަބޫލު ނުކުރާނަމޭ ތަމެންނަކީ ޓޫރިޒަމް އިންޑަސްޓްރީގައި ދުވަހަކު ވެސް އުޅުނު މީހެއް ނޫނޭ ތަމެންނަށް ޓޫރިޒަމް މިނިސްޓަރު ކަން ދޭނީ ކަނޑުކޮހުންގެ ވެސް ސަރުދާރު ނޫންތޭ....

    13
  38. އަމީރާ

    ތިކަން ކުރަން ލަސްވެއްޖެ. އިސްތިއުފާ ކީއްކުރަން ޑީޕޯޓު ކޮށް ގުރައިދޫ އަށް ފޮނުވާ. ލަދުން ހަލާކު ވެއްޖެ މީނަ ކުޅުނު ޓޫރިޒަމް ފިލްމު ބަލާފަ!

    26
  39. ވަލަޕޮލާ

    ވިލިވަރު ކަރަންޓީން ފެސިލިޓީ ބަލަހައްޓަން ހުރި ޓުއަރިޒަމް މިނިސްޓްރީގެ މީހާވެސް ވަކި ކުރޭ، ބޯދިގު ކޮއްފަ ހުރި ނުކިޔަވާ ހުރި މީހެއް، މިއޮއްގެން ކިޔަވައިގެން ތިބި ކުދިން ތިއްބާ އިސް މަގާމަކައް ލައިގެން އެއީ ދެން ކާކު؟ ސިނަމާލެ ފްލެޓްގަ އުޅޭ ގްރޫޕައް އެނގޭނެ އެއީ ކިހިނެއް އުޅުނު މީހެއްކަން

  40. މޫސަ

    ހުންނާނެ ބޫންބޫން އެޅުވިފަ! ތިމާވަރުމީހަކު ނެތިގެން އުޅޭ މީހުނަށް ވާނީ ތިހެން.

  41. އިންނު

    ޓްއަރިޒަމް މިނިސްޓްރީ އުވާލާ މަޖިލީހާއި ހަވާލުކުރޭ އަވަހަށް

  42. ތުކައްޒިބާން

    އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިނަމަވެސް އެއިން އެ މިނިސްޓްރީ އަށް ގެއްލޭނެ އެއްޗެއް ނޯންނާނެއޭ ސަބަބަކީ އަލީ ވަހީދު ބުނި އެއްވެސް ކަމެއް އޭނާ އަށް ނުވެއޭ އޭނާ ބުނި ރިސޯރޓްސް ތަކުގައި ތިބި ބޭރު މީހުންނާއި އަދި ދިވެހިންގެ ދަފްތަރެއް ވެސް މިދިޔަ އަހަރުގެ ޖުލައި މަހު ނެރޭނަމޭ ދެން ބުނި ސެޕްޓެމްބަރު މަހު ނެރޭނަމޭ އެކަން ވެސް ނުވި ރިސޯރޓްސް ތަކުން ކޮވިޑް 19 ގައި ވެސް ފުރަތަމަ ބޭރު ކުރީ ދިވެހިންނޭ އަދި ވެސް ބޭރު މީހުން އެބަތިއްބޭ...

  43. ކަމެއްނޫނޭ

    ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދިނުމުން ދެން އަންނަ ޓޫރިޒަމް މިނިސްޓަރުގެ މޭންޑޭޓް ތެރޭގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ އަލަށް ހަދާ ރިސޯރޓްސް ތަކާއި އަދި މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯރޓްސް ތަކުގައި ތިބި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ހުރިހާ ބިދޭސީން އެފަަދަ މިނިސްޓަރަކު މިނިސްޓަރު ކަމާއި ހަވާލުވާތާ މަސް ދުވަސް ތެރޭގައި ހުސްކުރުމޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ނުކުރެވޭނެއޭ އެެއީ ކުރަން ހެޔޮވާވަރު

  44. ބޭނުންވެއޭ

    ހަގީގަތް ހާމަވާނެ، ކުރެވުނު ޚިދުމަތްތަކަށް ފަޚުރުވެރިވަން ކަމަށް އަލީ ވަހީދު ވިދާޅުވިނަމަވެސް ސިޔާސީ މީހުންގެ ކަންކަން ޝަރީއަތަށް ސާބިތު ކުރުމަކީ އެއީ މިރާއްޖޭގައި ވާނެ ކަމެއް ނޫނޭ އެހެން ނަމަ ސަފާރީ ރެޕިސްޓުންގެ ނަން ހާމަ ކުރީސް ނޫންތޭ ފުލުހުން އަދި މަޖްލީހުގެ ކޮމެޓީން މިކަން ބަލާނަމޭ ބުނެ އެކަން ވެސް ނުބެލި އެއް ނޫންތޭ މީ ކެނެރީގެ ނަޝީދު އެވިދާޅުވާ ނަޒާހަތް ތެރި ފުލުހުންގެ އިދާރާ އެއް އޮތުމުން އޮންނާނެ ލޭންޑްސްކޭޕްތޭ މަމެން ސާފުކޮށްލަން

  45. މިއަދު

    ކޯލިޝަންގެބައިވެރިން ބޭރުކުރަން ރައިސްނަޝީދު ހިންގާ ޖަރީމާއެއްނޫންބާ

  46. ނަމަ

    ތިޔަވީގޮތުން ބޫން ބޫން ކިޔާފަ އިސްތިއުފާ ސި ޓީ ލާން ދާނެތާ

  47. ފެނޭދޯ

    މި ސަރުކާރު މަޖްލީސް ކެމްޕެއިން ގައި އަލީ ވަހީދު މަމެން ޕިންކީން ނާއި ދިމާލަށް ބުނި އެއްޗެހި މަމެން މިއަދު ވެސް ހަނދާން އެބަހުއްޓޭ ތަމެންގެ ނިމުން އައި ގޮތް އެއީ ތަމެން ހިތުގައި ދުވަަހަކު ވެސް ހީކޮށްފައިވާ ގޮތެއް ނޫނެއް ނޫންތޭ ތަމެންނަށް މިއަދު އިނގޭނެއެއް ނޫންތޭ ބާރު ދެއްވުމުން އެއީ ތިމާ އަމިއްލަ ކުޅަދާނަ ކަމުން ތިމާގެ އަމިއްލަ ބާރުގައި އައި މަގާމެއް ކަމަށް ދެކުން އެއީ ބޮޑު ގޯހެއް ކަން ރާއްޖޭގައި ވެލާނާގެ އާއިލާ އެއްވެސް ވެރިކަން ކުރިއޭ ކޮބާތޭ މިއަދު އެމެން ނުވެސް ފެނޭދޯ ދެން ރައީސް އޮފީހުގައި އުޅޭ ކޮމިއުނިކޭޝަން ކަޓޭ ވެސް ތިޔާއީ ވަރަށް ރީއްޗަށް ފައިބައިގެން ދާނެ އެއްޗެކޭ އޭނާ އަށް ވުރެން މަތީ ވާހަކަ ތައް އޭނާ ދައްކާ އަދި މީހުންނަށް ވަގަށް އެ ކަނޑުކޮސް ގޮވާއިރު އޭނާ އަށް މިކުރެވެނީ ކޯއްޗެއް ކަން އޭނާ އަށް ނޭގޭއިރު އެކަން ދެނެ ވޮޑިގެންވާ ފަރާތުން އެކަން ދެނެ ވޮޑިގަންނަވާނެ ކަން އޭނާ އަށް ނޭގެނީތޭ...

  48. ޖަޒީރާ ރައީސް

    ހަސަން ބަނޑޭ ކޮބާ ހޭ

  49. އިންސާނާ

    އިންސާނުން ދުނިޔޭގައި ނޫޅޭ ދުވަހެއް ނާންނާނެއޭ ދުނިޔެ އުފައްދަވާފައިވާ ދުވަހުން ފެށިގެން ދުނިޔެ އުފެއްދެވީ އެއީ އިންސާނުން ނަށް ޓަކައޭ އިންސާނާ އުފައްދަވާ އޭނާ އަށް ފަސް ހިއްސު ދެއްްވަވާ ހެވާއި ނުބައި ވަކި ކުރެވޭނެ ގޮތް ހައްދަވާ އަދި އެކަކު އަނެކަކަށް މުއާމަލާތް ކުރެވޭނެ ގޮތް ލިޔުމުން ނާއި ދުލުން ދެއްވީ އެއީ އެމެން ދުނިޔޭގައި އުޅޭއިރު އަންގަވާފައިވާ ގޮތަށް އުޅެ ދުނިޔެ އާބާދު ކޮށް އަދި އާޚިރަތުގެ އުފާ ލިބިގަތުމަށޭ އެކަން އިންސާނުންގެ ފަރާތުން ނުފެނުމުންނޭ އޭގެ ނަތީޖާއޭ މަމެންގެ މުލްކް ގައި އުޅޭ ދީނުގެ ކަން ފުޅެއްވެސް ނެތް މުޝްރިކުން އުޅޭ ގޮތަށް އުޅޭ ވަޒީރުންގެ ފަރާތުން ފެނިގެން މިދަނީ އޮރިޔާން ސްޓާރުންގެ ގެ ގޮތުގައޭ މިއަދު މިގައުމުގެ ވަޒީރުންގެ ފަރާތުން މިފެނިގެން ދަނީ....

  50. ހާލަތު

    ސަރުކާރުގެ ހުރިހާ އޮފީސް ތަކަކީ އެއީ އެމެންގެ އޮފީހަށް ދާ އަންހެން ކުދިންނާއި ބެހޭ ތަނެކޭ އެއޮންނަނީ އޭގެ ކިއްލާ އަކަށް ބަދަލުވެފައޭ އެކަން ފެށިގެން އަންނަނީ ފުރަތަމަ މިނިސްޓަރުގެ ފަރާތުންނޭ ދެން ސްޓޭޓް މިނިސްޓަރު ދެން މިނިސްޓަރުގެ ނައިބުން ދެން އޭގެ ދަށް އެ ހެޔޮ މީހުންގެ އަނބިންނަށް ވިނަމަވެސް ހަމަ އެގޮތަށް މާލޭގެ ސްކޫލް ތަކުގައި ހުރި ބެލެނިވެރިންގެ ޖަމްއިއްޔާ އަކީ ވެސް އޭގެ ތަނެކޭ މީ މީހުންގެ އަނބިން ވަރިކޮށްގެން އިންނަން ހަދާފައިވާ ޖަމްއިއްޔާ އެއް ހެން ހީވެއޭ މީއޭ މިއަދު މިގައުމުގެ ހާލަތަކީ މީ ހަމަ އެކަނި މާލެއޭ ދެން ދަ ރާއްޖެތެރޭ ހޯދާ ނުފެނެއޭ ބައްޕަ ދަރިއާއި ވެސް ބެހެނީއޭ މީއޭ މިގައުމުގައި ވަޚްޝީ ކަންކަން ހުރި ހާލަތަކީ މީގެ ހުރިހާ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހޭލުން ތެރިކަން ކުޑަވެފައި މުޅި ދިވެހި އުއްމަތަކީ ވައްކަން ކޮށްގެން ދިރިއުޅެން ބިނާ ކުރަން ދަސް ކުރެވިފައިވާ މުޖުތަމައު އަށް ވުމޭ މާލޭގައި ކުއްޔަށް ދޭ އިމާރާތުން ނަގާ އެޑްވާންސް ފަައިސާ ވެސް ނުދީ ބަނޑުއަޅާލަނީއޭ ހާލަތު މީއޭ މީއޭ މީއޭ..

  51. ހައްވަ

    ސާބަހޭ ރޭޕިސްޓް ސަރުކާރައް

  52. ކެރިބަލަ

    ސަރުކާރުގެ ހުރިހާ އޮފީސް ތަކުގެ ކަލްޗަރ އެކޭ އެ އޮފީހަށް ދާ ރީތި އަންހެން ކުއްޖަކު ނަމަ އެކުއްޖަކަށް މައްލަވަ ކޮށް މިނިސްޓަރުގެ ކެބިން އަށް އެކުއްޖަކު ސޮއި ކުރުވަން ޖެހޭ ޑޮކިއުމެންޓްސް ތައް ހިފައިގެން ވައްދާ އެކުއްޖާ އާއި ބެހި އެކުއްޖާގެ މުޅި ހަޔާތް ބަރުބާދު ކުރުމަކީ އިންނާނަމޭ ބުނެ ނުވެސް އިނދެއޭ ސްކޮލަރޝިޕް ދޭނަމޭ ބުނެއޭ އެވެސް ނުދެއޭ ...

  53. އިބްރާހީމު

    ސުވާލަކީ ތީ އެމްޑީޕީ މީހެއް ނަމަ އެއްވަނަ ގިޔަރުގަ ތިކަން ދިޔައީސް ބާއޭ؟

  54. ެވާނުވާ

    އިންޑިޔާ ވެސް ދަށަށް ޖަައްސާލާނެ ދުވަސް ކޮޅަކުން.... ރޭޕުކުރުމާއި ޖިންސީ ގޯނާކުރުމުގައި

  55. ރަދީފް ހުސެން

    ތިވަރަކުން ސަފާރީ ރޭޕްކޭސް،
    ރައީސް އޮފީހުގެ ހަސަން ބަނޑޭ ހަންއެހެން ކުއްޖަކައް ކުރި ފުރައްސާ، ހިނދާ ނުލެވޭނެ

  56. ރަދީފް ހުސެން

    ފުފިފަ ހުރީ ނުބައިހޫނަކުން، ހިނދޭނީވެސް އެއުފެދުނު ގޮތަކައް.

  57. ނަގޫރޯޅި

    ތިވާނީ ނުބައި ނިޔަތެއްގަ އަލީވަހީދު ތިކަންކުރީމަ ވީގޮތް. ރޯޔަލް ފެމެލީ ޕަވަފުލްޕީޕަލް ހިންގި ރޭޕްސޭސްއާއި ރައީސް އޮފީހުގެ މިނިސްޓަރު ބޯގަންވިލާ ހަސަން ބަނޑޭ އަންހެންކުއްޖަކައް ކުރި ފުރައްސާރަޔަކީ ހެޔޮނިޔަތުގަ ކުރިކަމެއް، އެހެންވެ އެކަންކަން އޮބުނީ. ލޮލް

  58. ހ

    އަލީ ވަހީދު އިގިރޭސި ވިލާތުގަ ކުރި ކަމުން ކަމެއް ވިބާ؟

  59. ޢަލިއާ

    މާދަން ރ.ޔާމީނުގެ މައްޗަަށް ޔަގީނުންވެސް ކޮއްމެސް ދައުވާއެއް އުފުލާނެކަން ހަމަޔަގީން.

  60. މުބީނު މާރނީ

    ޑރ. ޒުލްފާ މި މަޤާމަށް އެންމެ ރަނގަޅީ.

  61. ރޭޕް ވިކްޓިމް

    . މި މަ މައްސަލަ އެހާ ބޮޑުވީ އަމިްލަ ޕާ ޓީއަށް ނިސްބަތްވާ މިނިސް ޓަރަކަށް ނުވެފަ ސަފާރީ ކޭސް އޮއްބާލު މުގެ ބޭނުމުގައެވެ. ޕާ ޓީ ނޫން މީހުންނަށް ޒީރޯ ޓޮލަރެންސް ޕާ ޓީ ކުދިންނަށް މައްސަލަ އޮއްބާލާ ނުކުރާ ކަމަކަށް ހެދުން އަދި މީގަ އަސަރު ގަދަ ތަންކޮޅަކީ ޕާ ޓީ ކުއްޖަކަށް ނުވީމަ ކީރިތި ކުރެއްވުނީ ޕާ ޓީ ކުއްޖެއްނަމަ ހީލާފަ އެސޮރު އެކަހަލަ ކަމެއް ނުކުރާނެއޭ ކިޔާފަ ނިންމާލީސް ރޯޔަލް ޕަވަރ ނެތީމާ ވާގޮތް😆😆👏👏

  62. ގައުމުގެ ދޫ

    ޖިންސީ ފުރައްސާރަ ކުރާ ބޭފުޅުން މަގާމުތަކުން ވަކިކުރާ ގޮތަށް ދީނަށް ފުރައްސާރަކުރާ ކުދިންކޮޅުވެސް ގެއަށް ފޮނުވާލުމަށް ރައީސްއަރިހު ވަރަށް އިހްތިރާމާއެކު ދަންނަވަން.

  63. ސަންގުމަރުމަރު

    މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރީމަ އެމައްސަލަ ސީރިއަސްކޮށް ބެލޭ. އިސްލާމް ދީނަށާ ރަސޫލާއަށް ފުރައްސާރަ ކުރީމަ އޯކޭ. މީ ކޮންކަހަލަ ދެއުޅިއެއް ނުވާ ސަރުކާރެއް.

    އިސްތިއުފާ ދެއްވަންނީ ޢަލީ ވަޙީދު އެކަންޏެއް ނޫން. ސަރުކާރު އެއްކޮށް އިސްތިއުފާ ދީ.

  64. ބެއްޔާ

    އަހަރެން މަދަރުސާގައި އުޅުނުއިރު ދިވެހި ކިޔަވާއިރު ކަންޒުލްއަދަބު ކިޔާ ފޮތެއްކިޔަވާދޭ. އެފޮތުގައި ރައިވަރާ ބަންޖާ ޅެމާ މިކަހަލަ ތަކެތި ހުރޭ. ވަރަށްމަޖާ ބަނދިހުރޭ. އޭގެ ތެރޭގައި " ކާންނުކެރި އެއްލާލަންވީ ވާ ކަރާ ފީކަމުން
    ތޮއްޑޫން ގަތްކަރާ އޮށްތަކުން ވެޔޮފަޅާ
    ކުރަމަތިން ގަތްކަރާ ބުރަކަމުން ނިހިފިފާ" މީވަރަށް ފޯރިއާއެކު ކިޔާބަންޖެއް.

  65. އައމިނަ

    ޓްއަރިޒަމް މިނިސްޓަރަކަށް އޭނާ ލުމުން އޭނާއަށް އޭނާ ފެނުނީ.މަސްތުގައި ޖެހި އަންހެން ކުދީންނާ ބެހި ފުރައްސާރަ ކުރުން ނޫންކަމެއް ދެންނެއްތާ؟

  66. ރެހެންދި ޚަދީޖާ

    މި ވެދާނެ ސޭޓްގެ ރޭވުމެއްކަމަށްވެސް.

  67. ވަރުވާ

    އިސްތިއުފާ ދޭކަށް ނުކެ ރޭނެ. ވަކިކު ރާކަށްވެސް ނުކެ ރޭނެ. ތިޔައީ ބޮޑު ގޭމެއް.

  68. މިލީން

    އެއީ ބޭފުޅުންހެއްޔެވެ؟ ހިތުހުރިހާ ގޮތަކަށްއުޅެ، ހިތައް އައިހާއެއްޗެއް އެހެން މީހުންނަށް ގޮވަމުން ކަރުވަތުން ފެލޭ މީހުންނަކީ ބޭފުޅުންނަށް ވާންވީ ސަބަބެއް ނުވިސްނެއެވެ.