23:15

އައިޖީއެމްއެޗް އާއި ގުޅުން ކުރި ކޮވިޑް-19 ކްލަސްޓާ އިން އިތުރު މީހަކު ފައްސިވެއްޖެ.

22:44

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާއި ހިލާފަށް ޕާޓީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެ.

22:29

ހުޅުމާލޭގައި ހުންނަ ޖިމަކާއި ގުޅުން ހުރި އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:24

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 47 މީހަކު ރަނގަޅު ވެއްޖެ.

22:22

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު އިތުރު 36 މީހަކު ފައްސިވެއްޖެ.

22:17

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހަކު ފިލައިފި.

20:28

ރައްޔިތުންގެ މަޖިލީހުގެ އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:23

16:51

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

13:58

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ (ޕީޖީ)ގެ އިދާރީ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:24

ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިން ގޭގައި ކަރަންޓީންވުމަށް އަންގައިފި.

10:22

ކޮވިޑް-19 ވައިގެ ތެރޭގައި ފެތުރޭ ކަމަށް ގަބޫލު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް އެބަހުރި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ބުނެފި.

09:30

މާސްކް ބޭނުންކޮށްފައި އެއްލާލާފައި އޮއްވައި ގިނަ ބަޔަކަށް ފެނިގެން ޝަކުވާ ކުރޭ. ޑޮކްޓަރުން ވިދާޅުވަނީ އެއީ ނުރައްކާތެރި ކަމެއް ކަމަށް.

09:14

ސިއްހީ މާހިރުން ލަފާ ދެނީ ނޭފަތާއި އަނގަ ނިވާ ކުރުމަށްޓަކައި މާސްކް އެޅުމަށް. އެއީ ތިމާ އާއި އެހެން މީހުންގެ ވެސް ރައްކާތެރިކަމަށް.

09:08

ގިނަ ދިރާސާތަކުގެ އަލިން އެނގޭ ގޮތުގައި މިހާތަނަށް އައިއިރު، ކޮވިޑް-19 އިންސާނުންގެ ހަށިގަނޑަށް އަރާފައި ވަނީ ޖަނަވާރެއްގެ ގައިން. އާންމު ގޮތެއްގައި ބަލި ޖެހޭ މީހެއްގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި ކިނބިހި އެޅުން.

06:12

06:09

ދުނިޔެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 213,280 މީހަކު ކޮވިޑް-19 އަށް ފައްސިވެ އިތުރު 5,518 މީހަކު މަރުވެފައިވޭ.

މިއާއެކު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12,155,603 އަށް އަރާފައި. އަދި ޖުމްލަ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 551,192 އަށް އަރާފައި.

މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ، 7,025,276 މީހެއް. އޭގެތެރޭގައި އިއްޔެ ރަނގަޅުވީ 180,299 މީހަކު ހިމެނޭ.

މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުން ދަނީ 4,579,135 މީހަކަށް. އޭގެތެރެއިން 58,325 މީހެއްގެ ހާލު ސީރިއަސް.

05:58

05:51

އެމެރިކާއިން އިތުރު 61650 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 882 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3158734 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 134854 މީހަކު ވަނީ މަރުވެފައި.

05:50

ބްރެޒިލް އިން އިތުރު 41541 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1187 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1716196 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 68055 މީހަކު ވަނީ މަރުވެފައި.

05:50

އިންޑިއާ އިން އިތުރު 25571 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 491 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 769052 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 21144 މީހަކު ވަނީ މަރުވެފައި.

05:50

ދެކުނު އެފްރިކާ އިން އިތުރު 8810 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 100 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 224665 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3602 މީހަކު ވަނީ މަރުވެފައި.

05:50

ރަޝިޔާ އިން އިތުރު 6562 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 173 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 700792 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10667 މީހަކު ވަނީ މަރުވެފައި.

05:49

މެކްސިކޯ އިން އިތުރު 6258 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 895 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 268008 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 32014 މީހަކު ވަނީ މަރުވެފައި.

05:49

ކޮލަމްބިއާ އިން އިތުރު 4144 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 168 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 128638 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4527 މީހަކު ވަނީ މަރުވެފައި.

05:49

ޕެރޫ އިން އިތުރު 3633 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 181 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 312911 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11133 މީހަކު ވަނީ މަރުވެފައި.

05:48

އާޖެންޓީނާ އިން އިތުރު 3604 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 87030 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1694 މީހަކު ވަނީ މަރުވެފައި.

05:48

ބަންގްލަދޭޝް އިން އިތުރު 3489 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 46 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 172134 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2197 މީހަކު ވަނީ މަރުވެފައި.

05:48

ސައުދީ އަރަބިއްޔާ އިން އިތުރު 3036 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 42 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 220144 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2059 މީހަކު ވަނީ މަރުވެފައި.

05:48

ޕާކިސްތާނުން އިތުރު 2980 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 83 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 237489 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4922 މީހަކު ވަނީ މަރުވެފައި.

05:48

އިރާގުން އިތުރު 2741 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 94 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 67442 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2779 މީހަކު ވަނީ މަރުވެފައި.

05:47

އީރާނުން އިތުރު 2691 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 153 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 248379 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 12084 މީހަކު ވަނީ މަރުވެފައި.

05:47

ފިލިޕީންސުން އިތުރު 2486 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 50359 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1314 މީހަކު ވަނީ މަރުވެފައި.

05:47

ޗިލީން އިތުރު 2064 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 139 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 303083 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6573 މީހަކު ވަނީ މަރުވެފައި.

05:47

އިންޑޮނީޝިއާ އިން އިތުރު 1853 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 59079 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3359 މީހަކު ވަނީ މަރުވެފައި.

05:46

ކަޒިކިސްތާނުން އިތުރު 1376 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 51059 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 264 މީހަކު ވަނީ މަރުވެފައި.

05:46

އިސްރާއީލުން އިތުރު 1335 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 33557 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 344 މީހަކު ވަނީ މަރުވެފައި.

05:46

އޮމާނުން އިތުރު 1210 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 50207 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 233 މީހަކު ވަނީ މަރުވެފައި.

05:46

ޑޮމިނިކަން ރިޕަބްލިކުން އިތުރު 1158 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 39588 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 829 މީހަކު ވަނީ މަރުވެފައި.

05:46

ތުރުކީން އިތުރު 1041 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 22 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 208938 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5282 މީހަކު ވަނީ މަރުވެފައި.

05:45

ބޮލީވިއާ އިން އިތުރު 1036 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 54 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41545 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1530 މީހަކު ވަނީ މަރުވެފައި.

05:45

މިސްރުން އިތުރު 1025 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 75 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 78304 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3564 މީހަކު ވަނީ މަރުވެފައި.

05:45

ޕެނަމާ އިން އިތުރު 960 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41251 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 819 މީހަކު ވަނީ މަރުވެފައި.

05:45

އިތިއޮޕިއާ އިން އިތުރު 928 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6774 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 120 މީހަކު ވަނީ މަރުވެފައި.

05:45

ގާނާ އިން އިތުރު 854 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 22822 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 129 މީހަކު ވަނީ މަރުވެފައި.

05:44

ޔޫކްރޭނުން އިތުރު 807 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 23 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 50414 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1306 މީހަކު ވަނީ މަރުވެފައި.

05:44

ހޮންޑަރަސް އިން އިތުރު 763 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 25428 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 667 މީހަކު ވަނީ މަރުވެފައި.

05:44

ކުވެއިތުން އިތުރު 762 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 52007 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 379 މީހަކު ވަނީ މަރުވެފައި.

05:43

ފްރާންސުން އިތުރު 663 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 32 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 169473 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 29965 މީހަކު ވަނީ މަރުވެފައި.

05:43

އިނގިރޭސިވިލާތުން އިތުރު 630 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 126 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 286979 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 44517 މީހަކު ވަނީ މަރުވެފައި.

05:26

05:08

04:25

01:30

00:58


ހުއްދަ ނެތި މާލެ އިން ފުރައިގެން ދިއުން ފިޔަވައި އެހެން ހުރިހާ ލުއިތަކެއް މާލެ އަށް ދިންތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މާބޮޑަށް އިތުރުނުވެ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް މިވަނީ ލިބިފައެވެ.

ވަކިވަކި ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ބުދަ ދުވަހު 17 މީހަކު، އަންގާރަ ދުވަހު 08 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ހޯމަ ދުވަހު 24 މީހުން އަދި އާދީއްތަ ދުވަހު 32 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ ތެރެއިން މިއަދު ނިޔާވި 70 އަހަރުގެ މީހާ ފިޔަވައި އެހެން އެންމެންނަކީ ވެސް ކުރީގެ ކްލަސްޓާތަކާއި ގުޅުން ހުރި މީހުންނެވެ. އިންޑިޕެންޑެންޓް ކޭސްތައް މަދުވުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވަމުންދާ ކަމުގެ ނިޝާނެކެވެ.

މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިންތާ އެއްހަފްތާ ވެގެން ދިޔައިރު އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުނުވި ނަމަވެސް ނުރައްކާ ކުޑައެއް ނުވެއެވެ. ކޮވިޑް-19 ޖެހިފައި އަލާމާތްތައް ނުފެނި ބައެއް މީހުން 14 ދުވަހު ވެސް ހުރެއެވެ. އެމުއްދަތުގައި ވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލު ވާން ޖެހެއެވެ. މާސްކް އެޅުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ވަރަށް މުހިއްމެވެ. ބައްދަލުވާ މީހުންގެ އަދަދު ވީހާ ވެސް މަދުކޮށް، އަތް ދޮވުން ފަދަ ކަންކަން އިތުރު ކުރަން ޖެހެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަންސާރު

    ޢަލްހަމްދްﷲ ރައްބުލް އާލަމީން...ޔާ ރަހްމާން

  2. ސަހރޯ

    ސިއްރުކޮށްގެން ހާމަނުކުރީމަ ނުފެންނާނެ.. ބިތުފަންގިނެގީމަ އެންގޭނީ. ޔަގީނުންވެސް ހިސާބު ދިމާނުވޭ.. އޮޅުވާލުން

  3. ބޭނޭ

    ހައިރާން ވެެއްޖެ.. އެއްފަރު ބުނާނެ މައްޗައް ދަނިއްޔޭ އަނެއް ފަހަރު ބުނާނެ ދައްވަނީ އޭ.... އެކައްޗެެއް ކިޔާބަލަ

  4. ޥެލާނާގެ

    ޙުސް ދޮގު އޮފީސް ތަކުގެ މުވައްޒަފުން ޕޮޒިތިވް ވޭ. ސިއްރުކޮށްގެނ ތިބެނީ. ޥެލާނާގޭގަ މަސައްްކަތްކުޜާ އޮފީސްތައް އޮބިނޯންނަ ވަރަށް ކަންތައްދަނީ މިޙާރުވެސް

  5. ރަފީގް

    އިތުރެއްނުވާނެތާ ޓެސްޓް ނުކުރެވެންޏާ..މިހާރުވެސް ކަރަންޓީންގަ އެބަތިބި އެތައްބަޔަކު ސާންޕަލް ނަގާފަ ނަތީޖާ ނުލިބިގެން ..05 ދުވަސްވެއްޖެ.އަދިވެސް ޚަބަރެއްނުވޭ.ވާނުވާ ނޭގޭ.