ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މުވައްޒަފަކު އޭނާގެ ކިބައިން ސަލާމަތްވުމަށް މޫދަށް ފުންމާލި ކަމަށް ބުނާ ޚަބަރެއް ފެތުރިއްޖެ އެވެ.

މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ހަވާލާދީ "ސަން އޮންލައިން" ނޫހުގައި ގައި މިކަން ހާމަކޮށް ބުނެފައި ވަނީ، މިނިސްޓަރ އަލީ ވަހީދުގެ މި އަމަލުތަކާއި އަންހެން މުވައްޒަފުން ކުރިމަތިލާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ރައީސަށް މައްސަލަ ހުށަހަޅާފައި ވަނީ އެކަންކަން ހައްދުންނެއްޓި ކެތްނުކުރެވިގެން ކަމަށެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން މިގޮތުން ދާދިފަހުން ޓޫރިޒަމް މިނިސްޓްރީގެ ދަތުރެއްގައި ރިސޯޓަކަށް ގޮސް އުޅުނު އަންހެން މުވައްޒަފަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރަން އުޅުމުން އޭނާ ވޯޓާ ވިލާއެއްގައި ހުރެފައި މޫދަށް ފުންމާލި ކަމަށާއި، އޭނާއަކީ ފަތަންވެސް ނޭނގޭ މީހެއް ކަމަށެވެ.

މުވައްޒަފަކާއި ހަވާލާދީ "ސަން" ގައި ބުނެފައި ވަނީ އެ އަންހެން މުވައްޒަފު ފަތަންވެސް ނޭނގޭއިރު މޫދަށް ފުންމާލީ، "ޖިންސީ ގޯނާއިން ސަލާމަތްވުމަށް އިތުރުގޮތެއް ނެތުމުން މަރުވުންވެސް ހެޔޮކަމަށް" ބަލައި ކަމަށެވެ. އެނގިފައިވާ ގޮތުން މި ހާދިސާ ކުރިމަތިވި މުވައްޒަފު ވެސް އިއްޔެ ރައީސަށް ހާދިސާ ކިޔައިދީފައި ވެއެވެ.

އެ ވާހަކަތައް މުވައްޒަފުން ރައީސާއި ޙިއްސާކުރަމުން ދިޔަ ވަގުތު އެމަނިކުފާނު ހުންނެވީ ކީރިތިކުރައްވާ ހާލުގައި ކަމަށް މަސްދަރުތަކުން ބުނެއެވެ. އެނގިފައިވާ ގޮތުން މުވައްޒަފުން ވަނީ ކަން ހިނގައިދިޔަ ގޮތް ރައީސަށް ތަފްސީލުކޮށް ކިޔާދީފައެވެ.

އަލީ ވަހީދު މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނަވައިގެން ހިންގެވި ކަމަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަތައް ފެންމަތިވެފައި ވާއިރު، މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް އެކި ފަހަރުމަތީން އޭނާގެ ފަރާތުން އުނދަގޫތަކާއި ކުރިމަތިވަމުންދިޔަ ކަމަށް ވެއެވެ.

މި މައްސަލަތައް އިއްޔެ ފެންމަތިވުމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ، އަލީ ވަހީދު ވަގުތުން މަޤާމުން އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. މިކަމާއި ގުޅިގެން އަލީ ވަހީދު ދެއްވި ވަދާޢީ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތާއި މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ އަދި ފަހުން ހަޤީޤަތް ހާމަވާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުން އަލީ ވަހީދާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވާއިރު، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންވެސް ވަނީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާކަން ހާމަކޮށްފައެވެ. މިކަން ހާމަކޮށް މިރޭ ފުލުހުން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހެޅިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޑަރޭ

    މީކުރިންވެސް ރެކޯޑް ސާފު ބައެއްނޫން. މިފަދަ މީހުނައް ފުރަތަމަވެސް ބޮޑެތި މަގާމުތައް ދިނުން ގޯސް. އަދި އުމުރުން ސާޅީސްވަރު ނުވަނީސް ބޮޑެތި ޒިންމާދާރު ކަންތައްތަައް ހަވާލު ނުކުރޭ.

    116
    2
  2. ތޮއްޑު

    އެއްފުޅައް މަތިން ފުންމާލި ބުޅާ އަނެއް ފުޅައްމަތިންވެސް ފުއްމާލަނެ.

    92
    4
    • ރަންނަ

      ބަކަރި. ބުޅަލެއްނޫން. ހަރުބަސްތަކަށް ކުރަފި އަރުވަނީ ތި

      27
  3. ނަައީމް

    ތާހިރު ވެއްޖެއްނު ފުއްޕާފަ ތިމާވަރެއނެތިގެން ހަރުބަސްބުނެބުނެ ހުއްޓާ މުޅިދުނިޔޭގެ ކުރިމަތީގާ ހަޑި ގޮތަކަށް މީހާ ތިޔަފަލީހަތްވީ އަދިވެސް ބޮއެ ބޮވެންވާނޭބުނީމާ ބުއީމާ ވާގޮތް

    94
  4. މަރިޔަމް އާތިކާ

    އިންސާނީ ތަބީއަތް. އަބަދުމެހެން ބޭނުންވާ ހަތަރު ކަމެއްވޭ. ސިޔާސީ ވެރިން ކިތަންމެ ބާރުގަދަވިޔަސް އަބަދުވެސް ދުނިޔޭގެ އާދަތަކަށް ހެއްލޭނެ. ސަބަބަކީ ސިޔާސީ މައިދާނަށް ނުކުންނަނީ ތިމާ އަމިއްލައަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް. މީހަކާ ގައުމުގެ ވުޒާރާތަށް ހަވާލުކުރާއިރު ފަތްފުށްތަކުން އެމީހަކާ ބެހޭ ވާހަކަތަށް އިވިއިވިހުއްޓަ އެމީހަކާ އެމަގާމު ހަވާލުކުރާ މީހާ ކީއްވެބާ ނުވިސްނާ މިހަވާލުކުރެވޭ ޒިންމާއަކީ ކިހާ ތެދުވެރި، އިޙްލާސްތެރިކަމެއް ބޭނުންވާނެ ކަމެއްކަން. އަހަރުމެން ދިވެހިންނަކީ މިހާރަކަށް އައިސް ޖަހާހާބެރަކަށް ނަށާ، އެޅިހާބަތަކަށް ރިހަ އަޅަން ތިބި ބަޔެއް. މި ސިޔާސީ ކުޅިވަރުތަކުން ދުރުވެ، އިލްމުހުރި، ތެދުވެރި، މަސައްތަކްތެރި، ޒަމާނާ ގުޅޭ ޒުވާނުން ގައުމުގައި ގިނައިން ތިބިއިރު ކީއްވެބާ ނުހޯދަނީ؟ ކީއްވެބާ އެމީހުން ބޭކާރު ވަނީ. ހަމަ ފަހަތަށް ދާން ބޭނުންވަނީބާ؟ ނުވަތަ މާ ގިނައިން ހިންދީ ކަސޯޓީ ބެލެނީބާ؟ އެތައް ބައެއްގެ މުސްތަގުބަލޭ!

    61
    2
  5. އަނދިރި އަނިދިރިންގެ ސަރުކާރު

    މި ސް ޓޯރީ މިއީ ކޮޕީއެއް...ސަފާރީގެ ކޮޕީއެއް...އެއްޑައިލޮގުތަކެ....ސްކްރީންޕްލޭވެސް އެއްގޮތް...ކާސް ޓުން ތަފާތީ...ފްލޮޕް މޫވީއެއް.... އެކް ޓިން ސްމެއް...އަލީވަހީދުގެ ޓުވީ ޓުގަ އިން ފޮ ޓޯ މާ އިން ޓްރެސް ޓިން...އެ ޓްވީ ޓްގެ ފޮ ޓޯ ދޭހަކުރުން މާރަގަޅު....އަލީވަހީދު ވަކިކުރަން އިބުރާހިމަކަށް ނުކެރޭނެ..އަލީވަހީދު އަމިއްލަޔަށް އިސްތިއުފާ ދެންޏާދީފަ ދާށޭ އެބުނީ އެހެންވެ..ސޮނޭވާގެ ސޯނޫ ހުއް ޓަކާ އެކަމެނުވާނެ...އަލީވަހީދު ބުނިގޮތަށް މިއީ ރައީސްއޮފީހުން ރިލީސްކުރި ޓްރެއިލާގަ ފެންފަދަ ރޮމޭން ޓިކް މޫވީއެއްނޫން...މިއީ ސަސްޕެންސަންގިނަ ހޮރޯ މޫވީއެއް...ދިވެހިންގެ ގިނަމީހުންތިބީ ޢާފިލުގަ..އެހެންވީމަ ނުވިސްނޭނެ..މިއީ ފާޒިލްގެ ޝަރުމީލާ ފަދަ ކަމެ...ހުރިހާ ކުދިން އަލީވަހީދުގެ ޝަރުމީލާ ފެނޭތޯ އުޅެބަލަ..

    48
    1
    • ސޯލިހު

      ޢެހުރީ ވަކި ކޮއްފަ ކޮއްކޮ މެނައް އަދި މަ ދަސްކުރަން ވަރަށް ދުވަސް ނަގާނެ ، މޮޅު ވާހަކަ ތިހެން ފަޅަ ފަޅާ ތިބެންޖެހޭނީ

  6. ވަނދު.ކަރާ

    ގުލާބީ މާ ފުޅު ލިބޭނީ ގުލާނު ވެވިގެނޭ ..މި ލަވަ ކިޔަމުން މަށަސް މިހާރު ނިދެނީ ވެސް.."ސްޓީލިންގް ޕެރެޑައިސް"އޭ ކިޔާފަ ރާއްޖޭގަ ތިބި އެންމެ ބޮޑެތި ވަގުންނާއި ،ޓެރަރިސްޓުންނާއި ،ނިއުޒިލެންޑަށް ގޮސް މެދު އުޑުގަ ފިޔަ ޖެހި ކްއީން އައިޝާ މި އެންމެން ވެގެން ރައީސް ޔާމީން ގެ ސިޔާސީ ހަޔާތް ދުއްވާލަން ކުރި މަސައްކަތް ނާކާމިޔާބުވާ މަންޒަރު މިފެންނަނީ ﷲ ގެ ރޭއްވެވުން މަކަރުވެރި މުނާފިގުންގެ ރޭއްވެވުމަށް ވުރެން މާ ފުރިހަމަ ވާނެ ކަން ހުދު އެބައިމީހުންނަށް ވެސް އެނގޭ ހާލު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގަ ގާނުނީ ހަމަ ތަކުގެ މަތިން ވާދަ ކޮށް ރައީސް ޔާމީން ކާމިޔާބު ހޯއްދަވާނެ،ރާއްޖޭގެ މިނިވަންކަމާ ސިޔާދަތުގަ އެޅުވިފަވާ ވަކިތަކުން ގައުމު ސަލާމަތް ކޮށް ބަރަވެލި ދުވެލީގަ ހިނގަމުން މިދާ އިގްތިސާދް ކޮޅަށް ޖަހާ،ގެއްލިފައިވާ ދިވެހިންގެ އިޖްތިމާއީ ފޭރާން ރީތި ކުރައްވާ ﷲ ގެ އިސްމުފުޅު މަތިވެރި ކުރާ ރައްޔިތަކު އޫޅޭ ގައުމެެއް ކަމުގައި މިގައުމު ހައްދަވާނެ...އިންޝާﷲ

    94
    5
  7. މަރީ

    ދެނެން ޕާޓީއެއްވެސް މީނާގެ ދިފާއަކު ނާންނާނެ. އަލީވަހީދުގެ ޕޮލިޓިކަލް ކެރިއަރ ދެން މިމުނީ!

    87
    1
  8. ޑައެލޯގް

    އެކްޓަރ ކިނބޫ ރޯލާފަ ހަމްދަރުދީހޯދަނީއެވެ. އެކަމަކު މިއީ ޖިންސީފުރައްސާރަކުރާމީހުންނަށް އެއްބާރުލުންދޭ ކިބުލެކެވެ. ބަލާ ހޯރައިއްބެ، ސަފާރީ ރޭޕް ވީކަމެއް ހަރާމެވެ.

    101
    5
  9. ބޮލި މުލައް

    ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ދައުލަތުގެ ވެރިންނާ މުވައްޡަފުން ރިސޯޓްތަކަށާ ރާއްޖެއިން ބޭރަށް ގޮސް ކުރާކަމަކީ މީ

    96
    1
  10. ގައްނަރު

    އަލީ ވަހީދައް އެފުރުސަތު ދިނީ ސޯލިހް

    76
    2
    • ހަހަ

      ގަނަރު ދުނިޔެ އައް ގެނައީ މަންމަ ދޯ! އެކަމަމް އުނމީދު ކުރި ގޮތަކަށް ނޫން އުޅެވެނީ ދެން އަޅުވާނީ މަންމަ ބޮލުގަ... ތިކަހަލަ ބީތާއިން ގިނަވީމާ މިގައުމު ހަލާކުވެގެން މިދަނީ... ދެންވެސް ދެންހުރި މީހާޔައް ނުބަލާ ގައުމައް އަމިއްލަޔައް ކޮށްދެވޭނީ ކީތޯ ބަލާފަ އެކަމެއް ކޮށް ބަލަ

  11. Anonymous

    ރައްޔިތުންނަށް ޖިންސީ ގޯނާ ކުރުމަކީވެސް ތެދުވެރިކަމާއެކު ކުރި ކަމެއްކަމަށް އަލީ ވަހީދު މިބުނަނީ. ކޮންމެ މުނާފިގެއްގެ ނިމުން ނިކަން ހިތިވާނެ. ބަލަން ތިބޭ ﷲ އިރާދަފުޅުން މިގައުމު މި މުސީބާތުން ސަލާމަތްވާނެ.

    21
  12. ސައްފަތު

    ފަތަންނޭނގޭ ކުއްޖަކު މޫދަށް ފުންމާލީމަ އެކުއްޖާ ސަލާމަތްކުރީ ކާކުބާ؟ އަނެއްކާ އެކަން ކުރަން ޖެހުނީވެސް ޢަލީ ވަހީދަށްބާ؟

    14
    1
  13. މުހައްމަދު

    މިރައީސް ރަނގަޅުވާނެ ހިންދީ ފިލްމެއްގެ ހިތާމަވެރިި އަބަދު ރޮވިފާ އިންނަ މުސްކުޅި ބައްޕަ އެއްގެ ބާއިކުޅެން ރަނގަޅުވާނެ...😥😥😥😥😥.
    މަށަށްވެސް ރޮވިއްޖެ...

    14
    3
  14. ރެހެންދި ޚަދީޖާ

    މިދުވަސްކޮޅު މިކަން ތަންކޮޅެއްބާރަށް ހިގައިގަންނާނެ.ސަބަބަކީ ސަފާރީ މައްސަލަ އޮށްބާލާ އޭގެމަތިން ހަނދާން ނައްތާލުން.މިކަމަކީ އަލީ ވަހީދު އެކަނި ކުރާކަމެއްނުން.ސަރުކާރުގެ އިސް މަގާމުތަކުގައިތިބޭ މީހުން އެތަންތާގަ ތިބޭ މުވައްޒަފުންނާމެދު ކަންތައް ކުރާގޮތް.ނުރުހުމުގެ ލޮލަށް އައިބު ފެންނާނީ.ރުހުމުގެ ލޮލަކަށް ނުފެންނާނެ.ގިނަފަހަރަށް ބޮސް ރަސްމީ ދަތުރުތަކުގައި ދާއިރު ގެންދާނީ އޭނަގެ ޓާގެތަކަށް ވެފަ ހުންނަކުއްޖާ.ބޮސް ރުއްސައިގެން ބޮޑުކަން ހޯދަން އުޅޭ މީހުންވެސް މަދެއްނުން.ނަތީޖާ އަކަށް ވަނީ އިސާހިތަކު އޮފީހުން ސީނިޔާ މެނޭޖްމަންޓްއިން އެކުއްޖަކަށް ފުރުސަތުލިބުން.މީ ހަގީގަތަކީ..

    11
  15. ހަރާމީ

    ގައިމު އިއްޔެ ޝަ ރީއަތުގައި ޔާމީނު ބުނި ހު ރިހާ މުވައްސަސާތަކުން ކު ރާ ކަމެއް ރައީސަކަށް ނޭނގޭނޭ. ޢަދި އެކަމުގެ ޒިންމާ ރައީސް ނަގަން ނުޖެހޭނޭ. ވީއި ރު އަލީވަހީދު ކު ރި ކަމެއްގެ ޒިންމާ ރައީސް. ޞާލިހު ނަގަންޖެހެނީ ކީއްވެ. މީ އަ ރަތެއް. ޕީޕީ ކުދިން އަޅެ ބުނެދީބަލަ މިވާގޮތެއް.

    1
    9
  16. ދާންދޫ

    އިސްލާމީ އުސޫލްތަކާއި ޚިލާފަށް ހިލޭ އަންހެނުންނާއިހިލޭ ފިރިހެނުންނަށް ވަޒީފާދެ ދާއިރާގައި ނަމަވެސް އެހެންދާއިރާއަކުން ނަމަވެސް ބައްދަލުވެ އުޅެވޭ ނަމަ ތިކަހަލަ ގޮތްގޮތަށް އަންހެނުން ފިރިހެނުންނަށް މައްލަވަ ކުރުމާއި ފިރިހެނުން އަންހެނުންނަށް މައްލަވަ ކުރުން އެއީ ހިނގާނެ ކަމެއްކަން ﷲ ސުބުހާނަހޫ ވަތަޢާލާ ދެނެވެޑިގެންވާތީވެ ، އެ ކަނބަލުން ރާއްކާތެރި ކުރެއްވުމުގެ ގޮތުން އަންހެނުން ފަރުދާ ވެގެން އުޅެން އަންގަވާފައި އޮތީ. އަންހެން ބޭފުޅުން ޝަިތާނާގެ މަގުން ހިނގުމަށް މަޖުބޫރުކުރުވާފައި އޭގެ ފަހުގައި ޖިންސީ ފުރައްސާރައިގައި މިވެނިއެވެނި މީހަކު ހައްދުފަހަނައަޅައިފިޔޭ ، ބުނުމުގެ ކުރިންއަންހެންބޭފުޅުން ޝައިތާނާގެ ފިޔަވަޅުމަތީގައި ހިނގުމަށް މަގު ތަނަވަސް ކޮށްދިން ފަރާތްތަކާއި މެދު ފިޔަވަޅު އެލުން މާބޮޑަށްވެސް ރަގަޅުވާނެ.

  17. ބޫންބޫން

    ބޫންބޫން ކިޔާފަ ގޮސް އަންހެނުނަށް ޖިންސީގޯނާކުރީ ފަހުން ކޮންޙަޤީގަތެއްގެ ވާހަކަ ދައްކާކަށް. ޢަލީ ވަހީދު މީ ވަރަށްފޮނި ވަރަށް ބޮސީވެގެން އުޅޭ މީހެއް. މީނަކިތައްމެ ދުވަހެއް ހަމަބިމަށް ތިރިކުރަންވީތާ. މީނަ މާލެ އިން ގޯއްޗެއްވެސް ގަތް ޙަޤަީޤަތް ކިޔާލަދީ ކޮންމެސް މީހަކު

  18. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަލީ ވަހީދު އަކީ ރާއްޖޭގެ މަހުޖަނުންނަށް ވިކިފައިވާ މީހެއް. މުވައްޒިފުން ގެ މުސާރަ އެއްކޮން ކަނޑާލީމާ ވެސް އަލީ ވަހީދު ކުރިކަމެއް ނެތް. ކައިރީގައި މި އޮތް ލަންކާ ގައިވެސް ކޮރޯނާ ދުވަސްތަކުގައި މުސާރަ އެއްކޮން ކަނޑާލަން އޯނަރުން އުޅުނީމާ ޓްއަރިޒަމް މިނިސްޓަރ އެންގެވީ މިއީ އެއްގޮތަކަށް ވެސް ކޮންގެން ވާނޭ ކަމެއް ނޫން ކަމުގައި. އެއީ އޯނަރުން ކޮޅަށް ޖެހިބަޔަކީ މުވައްޒިފުން ކަމުގައިވާތީ ކަމަށް. މުސާރައިން ކުޑަކޮށް ކެނޑި ކަމުގައި ވީ ނަމަވެސް އެއްކޮން މުސާރަ ކަނޑާލައިގެން ނުވާނެ ކަމުގައި.

  19. ސަރުކާރު

    މިސަރުކާޜުގެ ތިންވަނަ ގަސް ކަނޑައިފި ފުރަތަމަ ސިދާތާ ދެން އާތިފާ އެންމެ ފަހުން އަލީ ވަހީދު ފުރަތަަމަ ގަސް ވައްޓާލަން އުޅުނީ ބިރުން އިސްތިއުފާ ދިނީ ދެވަނަ ގަސް ހަލުވަން ފެށީމަ އަމިއްލަ އަށް އިސްތިއުފާ... ތިންވަނަ ގަސް ކަނޑާލަން ނުކެރި އަމިއްލަ އަށް ވެއްޓި ގަންނާށޭ ބުނީ ހެ ހެ ހައްހާ މާދަން ބުނާނެ އޮޅުމެކޭ އަލީ ވަހީދަކީ ގައުމަށް ވަފާތެރި ތެދުވެރި މުވާތިނެކޭ... އަންނި އިލްޔާސް އިބްރާހިމު ހުދު ފޮތިކޮޅަކަށް ހެދިހެން...

    6
    1
  20. ސޯލިހު

    އަލިކޮޅު ޔޫ ހާދަ ހޯނީ އޭ ދޯ

  21. އަންނި

    ތިކަމުގެ ހަގީގަތް ހޯދާ ބަލަން ޖެހޭނީ ރިސޯޓުގަ ހިތްޕަވައިގެން އަލީ ވަހީދައް ދޮން ރީތި ކުދިން ލިބޭނެ ، އެނެއް ކޮޅުން ތިޔަދާ ދިވެހި އަންހެން ކުދިންވެސް ނޭނގޭ ނުހިތްޕަވާކަމެއް ، ދެން ފިރިހެނަކާ އަންހެނަކާ އެއްކޮޓަރިއެއްގަ ނުބާއްވަނެ.

  22. މާނާ

    މީނަގެ އޯޑިޔޯތަކާ ވީޑިޔޯތައް "ހަޖަމް" ޕްރޮގްރާމުގައި ދައްކާ އެވާހަކަތައް ދައްކާތާ 3 މަސްވަނީ! ސަރުކާރަށްހަމަ ކަހަރުވަކޭވެސް ހީނުވި! މިއަދު ޕްރެޝަރު ބޮޑުވެ ފަޅައިގެން ދިޔާމާ ތެޅިގަތީ!

  23. ސަމް

    ދައުވާކުރަން ފޮނުވާ އަވަހަށް، ހައްޔަރުވެސް ކުރަންވީ މިހާރުން މިހާރަށް. ބަލަގަ ރައީސް މީހާގެ ކުރިމަތީގަ ހުރިހާ ކަމެއް ސާފުކޮށް ހާމަ ކުރުމުންވެސް އަދިވެސް ކަނޑަފަ ގެޔައްތަ ފޮނުވަންވީ. ކުޑަގޮޅިޔަށް ލާންވީ. ރައީސްމީހާ ހަމައެކަނި ރުއިމަކުން ނުފުދޭ، ކުށްވެރިން ހިފާ ހައްޔަރުކުރަންވީ. ރޯލާފަ ނިންމާލަނީ ތި. ތީތި ކަޑަ އޭ.

    3
    1
  24. ސާބަސް

    މިގޮތައް ޕާޓީގަތިއްބެވި ،ީހުންވެސް ވަކިކުރައްވާ އެކަމަކު ނުކެރޭނެ މިހާވަރު ވީމަ މިކެރެނީ ދެން އޮންނަނީ ވާނެ އެއްޗެއް ވެފަ. އިސްލާމްދީނާއިނ ޚިލާފް ޢަމަލްތައް ހިންގާ މީހުންނާއި ރަސޫލާ އަށާއިﷲ އަށް ފުރައްސާރަ ކުރާމީހުންވެސް މިހާރުލަސްވެއްޖެ މަޤާމެއްގަ ހުރިނަމަ ވަކިކުރަން .ވަކިބަޔަކަށް ނޫން އޭރުން ހަމަހަމަކަމެއްނެަތް

  25. ޢެޑްމުންޑޯ

    ކޮބާހޭ ސަފާރީ ރޭޕް