ޓޫރިޒަމް މިނިސްޓްރީގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ތައުރީފުކުރައްވައިފި އެވެ.

އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި މިކަމާއި ގުޅިގެން ވިދާޅުވެފައި ވަނި، ރައީސް ނިންމެވީ ރަނގަޅު ނިންމެވުމެއް ކަމަށާއި، މިއީ ޑިމޮކްރެސީ އަލުން އިސްލާހުކޮށް "ރީސެޓް" ކުރަން ޖެހޭ ވަގުތު ކަމަށެވެ.

އަދި ޤައުމުގައި ތިބި ނަންހިނގާ، އިދާރާތަކުގެ ވެރީން ޤައުމުގެ ޑިމޮކްރެސީ ހިސޯރު ކުރުމުގެ ކުރީން މި ސިސްޓަމް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް، ރައީސްގެ ރަސްމީ ޓްވީޓާ އެކައުންޓު ޓެގުކުރައްވާ އަލްހާން ވިދާޅުވިއެވެ.

އަލްހާން މިގޮތަށް ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެ މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން، މަޤާމުން އިސްތިއުފާ ދެއްވުމަށް މިނިސްޓަރ އަލީ ވަހީދަށް ރައީސް އަންގަވާފައި ވަނިކޮށެވެ.

ސަރުކާރުގައި އިސްކޮށް މަސައްކަތްކުރައްވާ އަލީ ވަހީދާއި މެދު ރައީސް އެޅުއްވި މި ފިޔަވަޅާއި ގުޅިގެން ސިޔާސީ ވަރަށް ގިނަ ބޭފުޅުން ދަނީ އެމަނިކުފާނަށް ތައުރީފުކޮށް ސާބަސް ދެމުންނެވެ.

މަޤާމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް އެންގެވީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މުވައްޒަފުންނާއި ސީދާ ބައްދަލު ކުރައްވާ އެފަރާތްތަކަށް ދިމަވި ހާދިސާތައް އެއްސެވުމަށްފަހު އެވެ. އެނގިފައިވާ ގޮތުން އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އިއްޔެ ރައީސް އަށް ކަން ހިނގައިދިޔަގޮތް ތަފްސީލުކޮށް ކިޔާދީފައެވެ.

ރައީސް އޮފީހުން އަލީ ވަހީދާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވާއިރު، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންވެސް ވަނީ މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ރައީސް އަދި ޑިޒިޝަންއެއް ނުނަންގަވާ،މިނިސް ޓަރަށް ރިކުއެސް ޓް ކުރެއްވީ، އެހެންވީމަ އަދި މަރުޙަބާ ދަންނަވާ ހިސާބަކަށް ނާދޭ.

    16
    3
  2. ނ

    ސާބަސް ދޭން ޖެހޭނީ... ޥަގުތުން ވަކި ކުރިނަމަ
    ފޯން ކޯލްތައް ލީކު ވުމުން ވެސް ޗުއްޕުވެސް ނުބުނެ ހުރީ ދޯ..... ކަމެއްވާއިރަށް ރޮވެންޔާ ހިތުގެ ޑޮކްޓަރަކަށް ދައްކަން ޖެހޭ....މިކަމާ ކޯފާ ވާންޖެހޭނީ...

    20
    3
  3. ތެދު

    ކޮބާ ރޮޔަލް ފެމެލީ ރޭޕްކޭސް...ރިސެޓެއްނޫންކުރަންވީ..؟! .!؟ ކޮބާﷲއާއި ރަސޫލާއަށް ފުރައްސާރަކުރިމީހުން...!؟ އަލްހާން މީއެއްމެ ބޮޑެތިފާ އެއަށްފިޔަވަޅުނާޅާ...!!!!!!

    23
  4. ރައްޔިތުން

    ތިޔަ ފަދަ ކަމެއްގައި ސިޓީބިޓީ ނުވަތަ އިތުރުއެންގުމެއް އަންގާނެ ކަމެއް. މިހިނދުން މިހިނދަށް ކަރާ ވަޅޯވެގެންއުޅޭ މިނިސްޓަރ އަވަހަށް ކަނޑާލާ ދޫކޮށްލުމަށްފަހު އެކުދީންގެ ކަރާމާތް ގެއްލުވާލުމުން ލިބެންޖެހޭ އަދަބުދެއްވާ

  5. ޢަޒްރާ ޢަލީ

    ރީސެޓ1 ހަދަހަދާ އޮއްވާ މިގައުމު ދެވަނަިންޑިއާއައްވެ ނިމިއްޖެ ކީރިތި ކުރައްވަން ވެއްޖިއްޔާ ކޮބާ އިސްލާމް ދީނާއް ކުރި ފުރައްސާރައިގަ ކީރިތި ކިރެއްވިންތޯ؟2 އަހަެު ނުވާ ކުއްޖަކު ރޭޕް ކުރުމުން ކީރިތި ކުރެއްވިންތޯ؟ ގައުމު އޮޔާ ދާއިރު ނުހިފެހެއްޓި ހުންގާނު ނެއްޓެން ދެން ކީރިތި ކުރައްވާ މަިކުފާން

  6. ދޮންބެ

    އަޅުގަނޑުމެންގެ ރައީސަކީ ވަރަށް ފިނޑިބޭފުޅެކެވެ.މިގޮތަށް ބުނަންޖެހުނީ އިސްލާމީ ޤައުމެއްގެ ވެރިއެއްގެ ކިބައިން ފެނިގެން މިދަނީ ދިވެހިސަރުކާރުގެ އިސްމަޤާމުތަކުގައިތިއްބެވިމީހުންތަކެއް އިސްލާމްދީނަށް ފުރައްސާރަކުރުމާއި އެންމެ މަތީންފެށިގެން އެންމެތިރިޔަށް ފާޅުކަންބޮޑު ގޮތެއްގައި ފާޙިޝް ޢަމަލުތައް ކުރާއިރުވެސް ފަސްޖެހިފައި މަޤާމް ގެއްލިދާނޭކަމަށް ބިރުން ހުންނަތަނެވެ. ރައީސަށް ދިވެހިރާއްޖޭގެ ޤާނޫން އަސާސީން ލިބިފައިވާ ބާރުބޭނުންކުރަނީ ، އަމިއްލަ މަންފައާއި ޒާތީ ކަންކަމުގައެވެ.ލާދީނީ ރިޕޯޓް ތައް ނެރެމުންގެންދާ ޖަމްޢިއްޔާ ތަކުގެ މީހުންނާއި މެދުފިޔަވަޅު އަޅަންވަނީ ފަސްޖެހފައެވެ. މިއީވަރަށް ހިތާމަހުރިކަމެކެވެ. ރައްޔިތުން ޙަވާލުކުރި އަމާނާތް އަދާކުރެވޭތަނެއް ނުފެނެއެވެ.ﷲ އާއި އެކަލާންގެރަސޫލާއަށް ފުރިހަމައަށް އީމާންވެގެންހުރި ވެރިއަކު ސެކިއުލަރނިޒާމާއި އެއްގޮތަށް ކަންކަން ފަހިކުރަން ބަޔަކު މަސައްކަތްކޮށް ، އެއަށް ޢަމަލީ ސިފަގެންނަމުންދާ އިރު އެފަދަ ހަރުކަށި ހައްދު ފަހަނަ އަޅާފައިވާ މީހުންނާއި މެދު ފިޔަވަޅު ނާޅާ ނުހުންނާނެވެ. މިއަދު ރައްޔިޔުން ބޭނުންވަނީ ހަމައެކަނި ދައްކާ ވާހަކައެއް ނޫނެވެ. ބަހާއިއެކުޢަމަލުދިމާވުށެވެ. މިސަރުކާރުގައި ފަސާދަ ޢާއްމުވެއްޖެއެވެ.ދިވެހިރައްޔިޔުން ދިވެހިޤައުމުގައި މިދަނީ ބީރައްޓެހިންނަށް ބަދަލުވަމުންނެވެ. އެހެންކަމުން ރައީސަށް ޤާނޫންއަސާސީން ލިބިފައިވާ ބާރު އިސްލާމްދީނާއި ޤައުމަށްޓައި ބޭނުން ކުރުމަށް ގޮވާލަން.

  7. ޢަލީ ވަޙީދު

    ކަމެއް ދިމާއިރަށް ރޮއިގަންނާތިތަ ސާބަސް ދިނީ، ނޫނީ އެމަޤާމުގެ ދަހިވެތިކަން އޮތީތަ؟ މައްސަލައާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި އިބޫ ނާޅާ ދެންކޮން ސާބަހެއް ހަމައެކަނި ކުރެވުނުކަމަކީ ރޮއިގަތުމާއި އިސްތިއުފާއަށް ގޮވުން ހެހެހެހެހެހެހެހެ ހީހީ ހަލާކު

  8. މިއަދު

    ތިމައްސަލާގައި ރައީސަށް ސާބްސް ހައްގެއްނުވެ ފިޔަވަޅުއަޅަމުންތިދަނީ ކޯލިޝަންގައިތިބި ކުދިޕާޓީތަކަށް އެމްޑީޕީގެ އެއްވެސް މީހަކަށް ފިޔަވަޅުއަޅާކަށް ނުކެރުނު މިކުޑަ ދިވެރާއްޖެ ދުނިޔެއަށް ބަދުނާމުވެގެންދިޔަ ސަފާރީ ރޭޕް މައްސަލަކޮބާ

  9. މަހުލޫފު

    ސާބަސް ހައްގުވަނީ ހަޖަމް ޕްރޮގްރާމަށް.