ޓޫރިޒަމް މިނިސްޓްރީގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން، ކުށުގެ ޝިކާރައަކަށްވީ ހުރިހާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިގޮތަށް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ހައިލަމް ވަނީ، "ކުށުގެ ޝިކާރައަށްވީ ހުރިހާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކުރެވޭނޭހެން ތަޙްޤީޤް ކުރިއަށް ގެންދެވޭކަން" ކަށަވަރުކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ހައިލަމް ވަނީ އެ ޓްވީޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ޖެންޑާ އަދި އެޗްއާރުސީއެމްގެ އިތުރުން ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓު ޓެގުކުރައްވާފައެވެ.

ހައިލަމް މިގޮތަށް އިލްތިމާސް ކުރައްވާފައި ވާއިރު، އަލީ ވަހީދުގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށާފައި މިވަނީ، ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމަތިވެފައިވާކަން އެ މުވައްޒަފުން ރައީސާއި އިއްޔެ ބައްދަލުކޮށް ޙިއްސާކޮށްފައި ވަނިކޮށެވެ.

މި މައްސަލަތައް އިއްޔެ ފެންމަތިވުމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ، އަލީ ވަހީދު މަޤާމުން އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. މިކަމާއި ގުޅިގެން އަލީ ވަހީދު ދެއްވި ވަދާޢީ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތާއި މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ އަދި ފަހުން ހަޤީޤަތް ހާމަވާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    ހައިލަމްގެ ޙިކުމަތްތެރި މެސެޖުން ދޭހަވަނީ މިސަރުކާރުން މިފަދަ ގިނަ މައްސަލަތަކަށް އިންސާފު ނުލިބިވާމިންވަރު، ޚާއްޞަކޮށް ރ. ޔާމީނުގެ މައްސަލަ ބަލއި ޙުކުމްކުރިގޮތް! އަދި ހޯރައިއްބެ ދޫކޮށްލި ސަބަބު.

    13
    1
  2. ރައްޔިތުން

    އިޚްލާޞްތެރި ރައީސެއްނަމަ މަޤާމުން އިސްތިއުފާ ދިނުން ވަހީދު ބޮލަށް ޖަހާނުލައި އެތުހުމަތު ކަށަވަރުވުމުން އެވަގުތުން ވަގުތަށް ޢަލީވަހީދު ކަނޑާލަނެޖޭހޭެނެ. ތިޔަފަދަ ކަންކަމަށް ދޫދޭނަމަ ރައީސްވެސް އިސްތިއުފާ ދެއްވާ. އެހެންމީހުންގެ ކަރާމާތާއި ހައްގުތައް ހިމާޔަތްކޮށްދެއްވާ.

  3. ރަފީގް

    ބޫން ބޫން ގެ އަންހެނުން ކައިރީ ބުނެލަން އޮތީ ތިހެން ނުހުންނަވާށޭ..ފިރިހެނުން ހުހެއްނުވެޔޭ..އަދި ޒުވާން ކުއްޖެކޭ..ތިވަރުގެ މީހަކާއެއްކޮށް އުމުރު ހޭދަ ނުކުރައްވާށޭ..

  4. ޝާން

    މީނަ މިއީ ކާކު؟ މީނައަށް ކިހިނެއް ކަންކުރަންވާ ގޮތް އެންގޭނީ؟

    3
    1