ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ހުށައަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައިވަނީ އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ޞާލިހް އަންގަވާފައި ވުމުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ބެލުމަށް ހުށަހަޅާ ކަމަށެވެ.

މައްސަލަ ހުށަހެޅީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހްލާގީ މިންގަޑުންބޭރުވެ ބޭއަދަބީބަސްތައް ބޭނުންކޮށް ފުރައްސަރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލައަށް ފިޔަވަޅު ނޭޅި އުޅެނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ކަމަށް ކައުންސިލް މެންބަރު ހުށަހެޅި ލިޔުމުގައި ބުނެފައި ވެއެވެ.

އަދި އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވާ އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސް އަށް މަޖުބޫރުވުމަކީވެސް އެ މައްސަލަ ހުށައަޅާ ސަބަބެއް ކަމަށް ބުނެފައި ވެއެވެ.

ޖިންސީ ގޯނައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވިފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ ބެހެއްޓުމަކީ ޕާޓީގެ މައިގަޑު މަގްސަދާއި ހިލާފުވެ އެޕާޓީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވެސް ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައިގައި ވެއެވެ.

އަލީ ވަހީދަކީ ޖޭޕީގެ ރައީސް ކަމުގައި ވީނަމަވެސް އެޕާޓީގެ ހަރަކާތްތަކުގައި އޭނާ މީގެ ކުރިން ވެސް މާގިނައިން ބައިވެރިވާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސައިމާ

    މާ ހަނގު ޢުމުރުގައި ސަރުކާރުގެ ބޮޑެތި މަޤާމުތައް ޙަވާލުކުރުމަކީ ރަނގަޅުކަމެއް ނޫންކަން މިފެންނަނީ. އަދީބަށްވެސް ވީ މިހެން. ތަންކޮޅެއް ދަށުން ފެށިގެން އަންނަންޖެހޭނީ. ސިކުނޑި ހަރުވެ ކުޑަކޮށް ތަޖުރިބާ ލިބިގެންނޫނީ ވަޒީރުކަންފަދަ ކަންކަމަށް ލާކަށް ނުވާނެ. ރައީސް މިކަމާ ވިސްނަވާނެ ކަމަށް އުންމީދުކުރަން.

    31
  2. ތިނަދޫ މީހާ

    ގދ. ގަޒީރާ ބެޑްޓެކްްސް ކޮބާ؟ 15 އަހަރުވީ ބުރުމާ

    15
  3. ކަރާފަޅާބޭ

    މުޑުދާރު ގޮތެއް ނެތް ރޭޕިސް ޓް ޝައިތާނާ މިހާރުން މިހާރަށް ވަކިކުރޭ އަދި ހައްޔަރުކުރޭ...މާތްﷲ އޭނާ ހިންގި ހުރިހާ ނުބައިކަމަށް އޭނާ އިތުރަށް ފަޟީހަތް ކުރައްވާށި. އާމީން

    25
  4. ޖޭޕީ

    ބަލަ މިއަދުތަ ތިޔަ ކަން ކުރަންވީ ނަހުލާއާއި ފޮށި ފުރައްސާރަކޮށް މުޅި ގައުމަށް ފަލޭހަތް ކުރިއިރު ކޮބައިތަ... ތިޔަ ކައުންސިލް... ފަހަރަކު ގަހެއް ވެއްޓެމުްނ ދަނީ އަންނަ ހަފުތާގައ އަނެއްގަސް އެބަ ވެއްޓޭ ބަލން ތިބޭތި އޮގަސްޓް މަސް ފެށޭއިރު ހުރިހާ ގަހެއް ތިރިވާނެ
    މީ އަންނި ގެ ޕްލޭން ބަލަން ތިބޭތި ނޫސް ވެރިން ބްރޭކިން ނިއުސް ހަދަން ތިބޭ ކޮންމެ ދުވަހަކު ރިހޭ ފައިމައްޗަށް ފޮއި ހަމަ ކޮންމެ ދުވަހަކު އޮޅޭނެ ދޮގު ހަދާނެ ފްލެޓް ކަންތައްވެސް ދޮގު ރޭޕް ވެސް ދޮގު ބަންގާޅިންގ ެމުޒާހަރާ ވެސް ދޮގު ކޮންމެ ދުވަހަކު ސަރުކާރު ޕްރެޝަރުގައި އަބަދު ބަދަލް ދޭން ޖެހިފައި ކޮްންމެވެސް ޖަރީމާއެއް

  5. އަޙްމަދު

    ތިކަހަލާ މީހުން ލައިގެން ސިޔާސީޕާޓީއެއް ނުހިންގޭނެ! މީހުނަށް ވަގަށްގޮވާމީހާއަކީ ހީރޯއެއްކަމަށް ބެލުން ހުއްޓަލާ!

  6. ަމަރި

    އާމީން. ބޮޑު ވަގު

    3
    2
  7. ހިންނަވަރު ރޯޔަލް ފެމިލީ

    އިބޫ ސޯލިހް އެއް އަތުން ރައްޔެތުންނައް ކޭކު ކާދެމުން އަނެއް އަތުން ގުއިކާންދޭ އިރުވެސް ރައްޔެތުންނައް ވާނުވާ ނޭގޭތަ؟