އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދިވެސް ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ނުވާކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެއްވައިފިއެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީއެއް އަދި ރައީސް އަށް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ. މިނިސްޓަރު ނަހުލާއަށް އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައަށް ދެތިން ހަތަރު މަސް ވެގެން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ރައީސް ޞާލިހް އަޅުއްވާފައެއް ނުވެއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިހް އެންގެވުމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

މިނިސްޓަރު ކަމުން އިސްތިއުފާ ނުދެއްވި ނަމަވެސް އަލީ ވަހީދުގެ ޓްވިޓާ އެކައުންޓްގައި އޭނާ އަކީ ޓްއަރިޒަމް މިނިސްޓަރު ކަމަށް ބުނެފައި އޮންނަ އިބާރާތް މިހާރު ވަނީ އުނިކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިހަފްތާގައި އޮފީހަށް ވެސް ނިކުމެ ވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިޔަކީހަގީގަތަކަ ނުވާނެ މީހުންއޮޅުވާލުމުގެ މަގުސަދުގާ އިސްތިއުފާދޭށޭބުނިބުނުމެއް ހުރިހާކަމެވެސް އެބާމިހުންކުރަނީ ހީލަތާމަކަރުން

  2. މޫސަ

    ލޮކް ޑައުން ނުވިނަމަ ހުރިހާ އަންހެން ޓޫރިސްޓުންނަށްވެސް ޢަލީވަޙީދުގެ ރޭޕްގެ ވަކިތަކުގެ އަނިޔާ ލިބުނީސް ތޯއްޗެ!

    10
  3. ނަައީމް

    ތިޔަކަލޭގެ އިސްތިއުފާއެއްނުދޭނެ ގަދަކަމުން ބާލަންޖެހޭނީ މިފަހަރު މުޅިކެބިނެޓް އިސްތިއުފާދޭނޭ 19 ހާދަހާ ތަފާތޭ ލިޔެފައޮތް އެތިވެސް ތަފާތު

  4. މުސތޮފާ

    ނުދޭތި

  5. އަލީ

    ސަރުކާރު އޮފީސްތަކުގައި އެބަތިބި ތިކަހަލަ ޕާމަނަންޓް ސެކްރެޓަރީންވެސް. އެފަދަ މީހުން ވަކި ކުރުމަށް ރައީސަށާއި، ސިވިލްސާވިސް ކޮމިޝަނަށް ގޮވާލަން

  6. ނަސޭހަތް

    ގާނޫނުހަދާމަޖިލީހުންވެސް މީނަގެޢަމަލު ކުށްވެރިކޮށް އިތުބާރުނެތްކަމުގެ ވޯޓްނަންގަވަންވެއްޖެނޫންތޯ
    ނަމަވެސް މިހާރުހޮވިފައިވާ މަޖިލީހުންމިކަން ކުރައްވާނެތޯ؟

  7. މިއަދު

    ހިފަހައްޓާލާ ރައިސް ހަމަނޭވާލާފައި އެނިނމުން ގެންވާފާނެ އެއީ އޮޅުމަކުންކަމައްވެސް ބުނެފާނެ މިއީ ވ އޮޅުނބޮޑު ސަރުކާރެއް

  8. ރާޔާ

    އެމްޑީޕީ ރޯޔަލް ރޭޕިސްޓުން އިސްތިއުފާ ނުދިނުން ވެސް ގޯސް.... އެމްޑީޕީ ރޯޔަލް ރޭޕިސްޓުންގެ އާއިލާ ތަކުން ގަދަޔަށް ރޯޔަލް ރޭޕިސްޓުންގެ ހިމާޔަތުގަ... ޖިންސީ ގޯނާ ކުރާ އަނިޔާވެރި މީހުން ހިމާޔަތްކޮތް ދިފާއު ކުރާނީ ވެސް ހަމަ އެހާ އަނިޔާވެރި މީހުން... ފިރިމީހާ އެކަހަލަ ނުބައި ކަމެއް ކޮށްފިނަމަ ދިފާއު ކުރުމުގެ ބަދަލުގަ ފިރިމާހާ ޔަށް ހައްގު އަދަބް ލިބޭތޯ މަސެއްކަތް ކުރާނީ.... ކައިވެނި ކޮށްގެން އުޅޭ ފިރިމީހާޔަކީ އެހެން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މީހެއްކަން އިންގޭ ދުވަހުން ވަރި ވުމުގެ ފޯމް ލާނަން... އެހެން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ފިރިހެނަކާ އެކީ އުޅޭނީ ވަރަށް ދަށު ދަރަޖައިގެ އަންހެނުން...

    12
    1
  9. އަހުމަދު

    ރައީސްގެ އާއިލާ ބޭފުޅުންގެ ރޭޕްފުޅު ހަނދުމަފުޅު ނެތުނީތޯ؟