ޓްއަރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެންގެވުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފިއެވެ.

އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ. މިނިސްޓަރު ނަހުލާއަށް އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައަށް ދެތިން ހަތަރު މަސް ވެގެން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ރައީސް ޞާލިހް އަޅުއްވާފައެއް ނުވެއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިހް އެންގެވުމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހުގެ ވިސަލް ބްލޯވާ ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށެވެ. އޭގެ ފަހުން ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ވަނީ ރައީސް އޮފީހަށް ގޮސް ރައީސް ޞާލިހާއި ބައްދަލު ކުރައްވާ މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ދޮންބެ

    ރައީސް ޞާލިހަށް މަރުހަބާ! ހަމަތިގޮތަށް ލާދީނީގޮތުން ހަައްދު ފަހަނައަޅާފައިވާ މީހުންނާއި މެދުވެސް ޢަމަލިކުރައްވާނޭކަމަށް އުއްމީދުކުރަން.

    154
    9
    • ބުއްޅަބޭ

      ޢެކަމެއް ނުކުރެވޭނެ އެއީ މިބައިމީހުންވެސް ބޭނުން ވެގެން އުޅޭ ގޮތެއް އެއީ ރާއްޖޭގައި ވެސް ހުރިހާ ދީނެއްގެ މީހުނަށްވެސް އަޅުކަންކުރެވޭނެ ގޮތާ އެމީހުން އަޅުކަން ކުރަން ބޭނުންކުރާ ފައްޅިފަދަ ޗާރޗް ފަދަ ތަންތަން ހެދުމަކީ އެހެންވީމަ ތިޔަބުނާ ލާދީނީ އެއީ މިރީދޫ ކުދިންބދަންނަ އެއްޗެއްނޫން އަދި މަމެން ދަންނަ ލާދީނީ ބައި ގަނޑަށް ސަރުކާރުން ސަޕޯރ ޓްކުރުމުން ބޭރުގެ ބައެއް ފަރާތް ތަކުން އެހީވެސް ލިބޭކަމަށްވަނީ އެހެންވީމަ މިސަރުކާރުން ކުރާނެ ކަމެއްނޫން އެޔަކީ އަދި މިނިސް ޓަރަކަށް ރީދޫބައިގެ ކުއްޖަކުހުރެފަ ތިޔަފަދަ ކަމެއް ދިމާވި ނަމަ މަ ހިތުން ކުށްވެރި ވާނީ ޖިންސީ އަނިޔާއާ ޖިންސީ ފުރައް ސާރަ ލިބުނު މީހުން

      20
      3
  2. ލޮލްލް

    މިކަހަލަ ކަންކަމަށޭ މަކިޔަނީ ލޮލް އޭ..ހުންނާނީ ފުރައްސާރަ ކުރެވިފަ މިހާރު..

    63
    2
  3. ރަތުރަނު

    ކަލޭގެ ކަމަކީ ރާބޮއެގެން ޖިންސީ އެދުންފުއްދުން ، ކަލޭ ގައުމަށާއި ރަށްޔިތުންނަށް ކޮށްދިން ކަންކަން މިހިރަގެން ފާޅުވަނީ. ދެންވެސް އަނގަ ނައަރުވާ ގޮސް ގޭގަ އޮވެބަލަ.

    94
  4. ށާރިފް

    ދި ސަން ވިލް ޝައިން އެގެއިން

    54
    2
  5. ޢަބްދުﷲ

    ބޫން ބޫން ބޫންންންންން..........................

    70
  6. އަލީ ނާޒިމް

    އަނެއް ހަކަންތަށް އެއް މިޔަރު އަނގައިން އަނެއް މިޔަރު އަނގަޔަށް ! ބަނޑު ހަސަނު ކުރި ކުށުގެ އަދަބު ނުލިބި ! ފައްޔާޒުއަށް މަޤާމު! ކޮބާ ޝިފާޒުގެ ވާހަކަވެސް މީޑިޔާގަ ތިލަވެ ކުދިންތަށް ރޮއެ ރައީސް ކަރުނައެޅީމަ ފިޔަވަޅެއް އެޅެނީ! ފަލީހަތްވުމުގެ ކުރިން ނެތްތަ ކަމެއް ކުރެވޭކަށް؟

    82
    1
  7. ޢިއްރަތްތެރި ރައިސް

    ސާބަހޭ ރައީސް ތިޔަކުރާ މަސައްކަތައް، ދެން އަވަހަށް ދީނަށް ފުރައްސާރަކުރި ފަޑިޔާރުންނާއި އަރިސް ބޭބޭކަލުންނާއި ކަނބަލުންވެސް ވަޒީފާތަކުން ވަކިކުރޭ. އަދި އެމީހުންގެ މައްސަލަވެސް ބަލާދެއްވާ!
    ފުރަތަމަ ދީން.

    89
    5
    • އަހްމަދު

      ނުވާނެ ތިކަމެއް. ސޯލިހަށް ތިކަން ކުރަން ނުވެސް ކެރޭނެ.

      15
      1
  8. ނަންރީތި

    އެމީހަކާ ރާއްޖޭގެ ޤާނޫނު އަރާހަމަނުކުރިޔަސް އިލާހީ ޤާނޫނު އަރާ ހަމަކުރާނެ. އެކަން ރައްޔިތުންގެ ކަންކަމާހަވާލުވެތިބި އެންމެން ދަންނަށްޖެހޭ. މަޖްލިހުގެ ރައީސަށްވިޔަސް އިލާހީ ޤާނޫނުއަރާހަމަކުރަނެ. މަރުވެ އަލުންދިރޭނެ ބަޔަކު ޤަބޫލުނުކުރިޔަސް.

    90
    2
  9. ރާޔާ

    އެމްޑީޕީ ރޯޔަލް ރޭޕިސްޓުން ގެ ކަންތަށް ބަލާ ވަޒީފާ ތަކުން ވަކި ކުރަން ޖެހޭ... ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ... ޖިންސީ ގޯނާޔަކީ ޖިންސީ ގޯނާ... އެމްޑީޕީގެ މަތީ ވަޒީފާ ތަކުގަ ތިބި ވެރިންނާ ދެކޮޅަށް ބޮޑެތި ޖިންސީ ގޯނާގެ މައްސަލަތަށް އެބަހުރި ހުށަހަޅާފަ.. އެމައްސަލަތަށް ބަލާ އެމްޑީޕީ ރޯޔަލް ރޭޕިސްޓުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ... ޝަހިންދާ އިސްމާއިލްގެ ބޭބެ މި ސަރުކާރުގެ އިސް މާގާމެއްގަ ހުރެ އަންހެން ރިޕޯޓަރަކަށް ޖިންސީ ގޯނާ ކުރި ކޭސް ބަލަން ޖެހޭ... ޖިންސީ ގޯނާ ކުރާ މީހުން އެކަންތަށް ކޮންޓިނިއު ކުރޭ ފިޔަވަޅު އަޅަން ދެން، ބަސްޓް ވަންދެން... އަދަބް ދޭން ޖެހޭ

    76
    • ޖަޒީރާމަނިކު

      ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް މިހާރު ބަލަން ހަމަޖެހިފައިވަނީ ވިސްލްބޯލް ޕޯޓަލުން ރައީސް އަރިހުގައި އެކަންހިނގިގޮތް ކިޔާ ދިނުމުން. ސަފާރީ ރޭޕްގެ މައްސަލަ ބެލޭނީވެސް އެއަންހެންމީހާ ރައީސް ސޯލިހަށް އެވާހަކަ ކިޔާދިނުމުން. އެވާހަކައެއް ކިޔާދިނުމުން ރައީސް ކީރިތި ކުރައްވައިފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ.

      11
      2
    • ޒައި

      ވަޒީފާގަ ހުރި މީހަކު ނެތް އެތާނގަ.. ވިކްޓިމް އެއީ ރޭޕެއް ނޫންކަމަށް ބުނެ ފުލުހަށް ބަޔާންދީފަ ދެން ކޮން ޤާނޫނަކުން އެ ތަހުޤީޤު ހިންގަނީ؟ ފުލުހުން ބަދުނާމުކުރެވޭކަށް ނެތް ދެނެއް.. އެކަމަކު ވެސް ނަޝީދު ފުލުހުން ބޮލަށް ކަނޑަނީ މިކަންވެސް

      3
      1
  10. ކަނބާ

    ޢަލީ ވަޙީދު ބޭރުކޮށްލުމަކުން އަދި ނުފުދެއެވެ. ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގެ މައްސަލަވެސް ބައްލަވައި ފިޔަވަޅު އަޅުއްވާދެއްވާ!

    88
    2
  11. މުހައްމަދު

    ދެން މަނަމަ ތައްޔިތުން ކުރިމައްޗަށް ލަދުންވެސް ނުކުމެ ނޫޅޭނަން....
    ދުަލަކީވާ ހާދަހާވާ ރައްކާރެރިކޮށްގެން ގެންގުޅެންޖެހޭ ގުނަވަނަކޭ...
    މީނާގެދުލުން ހާދަހާވާ ނުބާއެއްޗެތި މީސްމީހުންނާދިމާލަށް ކިޔެވެ.
    ނުދެނެހުއްޓާ މީހާހެ އަބުރާގަދަރާ އިއްޒަށް ވެއްޔާމޮޑެވި މިދިޔައީ ކުޑަހުނދުކޮޅެއްގެތެރޭގާ.

    69
  12. ޑރ. ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަލީ ވަހީދު އަށް މިހިސާބަށް އާދެވިގެން ވެސް ނުވާނެ. މިހެން މިދެންނެވީ ނަގުދު ފައިސާ ދީފައި މާލެ އިން ގޯއްޗެއް ގަނެލިކަން ނުދަންނަ މީހަކު މި ރާއްޖޭގައި ނެތަތީ. ހަމަ އެފަދައިން ކުރީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރ ކަން ކޮށް ފެއިލްވެ، ޕާރފޯމަންސް އެއް ނުދެއްކުނު މީހުން ނަށް މިނިސްޓަރު ކަން ދިނުމަކީ ވެސް ހިތާމަ ހުރި ކަމެއް. އެހެން ދިމާ ވުމުން މިޖެހެނީ ގެރިބަކަރިން ލައްވާ މަސައްކަތް ކުރުވާ ގޮތަށް މަޖްލިހުން ވަޒީރުން ލައްވާ މަސައްކަތް ކުރުވަން. ބެކް ގްރައުންްޑް ނުބަލާ އަލީ ވަހީދު މެންކަހަލަ މީހުންނަށް މިނިސްޓަރު ކަން ދިނުމަކީ ހިތާމަ ހުރި ކަމެއް. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް.

    70
    2
  13. ރަބަރޭ

    މިނިސްޓްރީގެ ތިޖޫރިޔަށް ލައްވާއި ގެން އުޅުއްވި އިރުވެސް އޮބިއޮންނަގޮތެއް ނުވި ދެއްތޯ
    ބޮޑުވަރު

    46
  14. ނން

    ނަހުލާ ވެސް ބޭރުކޮށްލާ. ނުހުޅުވާ އޮތޯރިޓި

    42
    5
  15. ތާރާ

    ސަފާރީ ރޭޕް އޮއްބާލަން ކިތަންމެ ފުލެއްކެހިޔަސް އެކަން ދިވެހިން ހަނދާންހުންނާނެ!

    68
  16. އަހްމަދު

    ތިމާއަކީ ރޮޔަލް މީހެއްނޫކަން އެނގިހުރެ ކީއްވެތޯ އިސްތިއުފާ ނުދިނީ! މަޤާމެއްލިބުނީމާ މޭފުއްޕާފައި ނޫޅެންވީީ މިދުވަސް އަތުވެދާނެތީ! މީޑީގައިވެސް ވަރަށް ފުއްޕި މީހަކު މިއޮތީ ސައިޒުފެވައި! އަވަހަށް އިނގިރޭސި ވިލާތަށްގޮސް ވެރިކަން ވައްޓަން އުޅޭ! ނޫނީ މިސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަންފަށާ! ތިމާ އާއި ހިސާބުން ފަށައްޗޭ!

    61
  17. ޝުޢައިބު

    ކަލޭގެ ވަޒީރުކަމުގައި ތިޔަ ދައިރާއަށް ކޮށްދިން ޚިދުމަތެއް ބުނެބަލ! ރައީސް ޔާމީން އިންދެވި ގަސްތަކުގެ ގޮވާން ކަލޭ ކެނޑީ! ދެން ވަންނިވަންނީގެ ވީޑިޔޯތައް ހަދާ ދެއްކި!

    58
  18. އާމިނަ

    އޯ ކޮށިދަނޑު ގެއްލި މަރިޔަނބު ގެއްލި ކަތިވަޅިވެސް ގެއްލުނިއްޔޯ

    70
    • ޢަބްދުއްލަޠީފު

      ކަރާދަނޑު އަދިވެސް އެއޮތީ އޮތްގޮތަށް އާނ ދޮގޭ!!!!!!!!!!!!

  19. Anonymous

    މިހާރު އެންމެން އިބޫ ވަރެއް ނެތް ދޯ ޔާމިން މަތިން ހަނދާން ނެތުނީ ދޯ

  20. ލޯބި

    ނަނާ ހުވަފެންދުށީމޭ ނުލާހިކު ރީތިއަންހެންކުއްޖަކު އައިސް މޫނުގަ ޖަހާތީ ނަނާ ހުވަފެން ދުށީމޭ

  21. މުހައްމަދު ޝާހް، ރ.ވާދޫ

    މީނަ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ، ބަންދުގައި ބަހަށްޓައިގެން މައްސަލަ ނުބަލަނީ ކީއްވެ؟ މީ ސީރިއަސް މައްސަލައެއްނޫންބާ؟

    10
  22. ޒަޔާން ކައިޒީން

    އަދި ފުލުހުންގެ ތަހުޤީގު ފެށުނީވެސް ރޭގަ. ވަކި ކުރީވެސް ރޭގަ. ހާދަ އަވަހަށް ނިންމާލި ތަހުޤީގެކޭ ދޯ ؟ އިބޫ މިހާތަނަށް އިތުރު އެއްވެސް ކަމެއްގަ ނެތް އެހާ އަވަސް ނިންމުމެއް ނިންމާފަ. ކުޗް ތޯ ގަޅްބަޅް ހޭ

    8
    1
  23. ވިސްނާ

    ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް
    ކޮންމެ ދުވަހަކު ކޮންމެ ވެސް ކަމެއް ސަރުކާރު ޕްރެޝަރަށް
    ދޮގުވެސް އެވަރަށް ހަދަނީ
    އޮޅެންވެސް އޮޅެނީ
    ރޯންވެސް ރޮނީ
    ރޭޕް ވެސް އެވަރަށް
    ބަދަލު ދިނުން ވެސް އެވަރަށް
    ފްލެޓް ކަންތަކުގައި ވެސް ހޫނުފެނަށް
    ކޮންމެ ޕްރެސްކޮންފަރެންސް އަކުން ފަލޭހަތެއް
    ކޮންމެ ދުވަހަކު ކޮންމެ ވެސް ކަމެއް
    އަންނަ ހަފުތާގައި ބޮޑު ބްރޭކިން ނިއުސް އެއް އެބަ ތިލަވޭ ނޫސް ވެރިން ތައްޔާރަށް ތިބޭ

    13
    1
  24. ލ

    ލާދީނީ ކަންތައް ނުބަލާނެ މިވެސް ދެން ގޮތެއް ނެތިގެން ރައްޔިތުން ރަތައް އަރާނެތި ގޮތް ހުސްވީ އެހެންނޫންނަމަ ވަގުތުން ވަކި ކުރާނެދޯ...

    9
    1
  25. ބްރޯ

    ނިންމުން ރަނގަޅު. އެކަމަކު ހޯރަ އިއްބެޔައް ހެދިގޮތްދޯ!!!

    10
    1
  26. Anonymous

    އޭނާ ފުރަތަމަ ވެސް ކިކްއައުޓެއް ނޫންތަ ކޮށްލަން ޖެހޭނީ.
    އަމިއްލަ އަކަށް އިސްތިއުފާ ދޭން އަންގަން ޖެހޭތަ

    10
    1
  27. Anonymous

    ނައިބު ރައީސް ފައިސަލް ނުފެންނަތާ ލައްކަ ދުވަސް ވެއްޖެ އޭނަގެ ބަހެއް ނުލިބުންތަ އެއީ ދެން ކީއްކުރާ މީހެއް

    • ތެލުލިމަސް

      ނައިބު ރައީސް އެއީ ކެނައެއް

  28. Anonymous

    "ކިތައްމެ ތިމާގެ ނަންމަތިވެރި އަރާހުއްޓަސް މިދުނިޔޭގައި،
    ކިތައްމެ ނިވާތަނެއްގައިވެސް ނަސީބުގެ ބައްތިނިވިދާނޭ"

    10
  29. ފާޠިމާ ( ލަންޑަން)

    ޢަލީ ވަޙީދު ގެ މައްސަލަ ނިމުނު ގޮތައް އޭގެ ކުރިން ސީ.ޕީ.ޙަމީދު ރާބޯތާކު ކުޅިބަލަން ހުރި ވީޑިޔޯ މައްސަލަ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ވެސް ބެލިނަމަ ފުރިހަމަވީސް ކަމަށް ފެނެއެވެ، އިންޞާފަކީ ވަކި ޕާޓީ އެއްގެ މަޞްލަޙަތު ބޮޑުވާ ގޮތައް ފެނުންކަމުގައި ވާނަމަ ސުވާލުތަކަށް ޙައްލެއް ނެތެވެ.

    9
    1
  30. ބަޑިތަކުރު

    އަލީ ވަހީދު އިސްތިއުފާ ދެއްވަން ވަކި މުއްދަތެއް ކަނޑަނާޅާ ކަމަށް ވަންޏާ އިސްތިއުފާ ނުދީގެން ވަކިކުރުމަކީ ވަރަށް ބޭއިންސާފުކަމެއް.

    8
    2
  31. ސަފާރީ

    ކޮބާ ޅިޔަން ސޮރުވެސް ހައްޔަރު ކުރަންވާނެ ނޫން. އަދި ޅިޔަނު ކުޅޫނީ ކެންޔާ ކުއްޖަކާ ނަމަވެސް. އެކަން ހަނދާން ނައްތާލަން މަސައްކަތް ކުރާ ހެން ބޮޑަށް މިހީވަނީ.

    13
  32. އަހުމަދު

    ރައީސްގެ ތިމާގެ ބޭފުޅުންގެ ރޭޕް ފުޅު ހަނދުމަފުޅު ނެތުނީތޯ؟

    13
  33. ޢަބްދުއްލަޠީފު

    "ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި" ޕްރޮމޯޝަންގެ ދަޅަ ދައްކައިގެން ރުހުމުގަ ސެކްސް ކުރުން. މިހެން ކިޔަމާ. ކިހިނެއް ތަކުރާރުވީ ނުރުހުމުގަ؟

  34. އެމަންޖެ

    ތިޔައީ ހަމަޔަގީން މޑޕ ގެ މޮޅު ރޭވުން ގަނޑެއްކަން.

  35. ނިކަމެތި

    މިގައުމުގެ ހަލާކު ލާދީނީ ބުއްޅައްބޭ ކީވެތޯ މަގާމުން ވަކި ނުކުރެއްވިގެން ތިޔަ އުޅުއްވަނީ ، ރައީސް ސޯލިހުވެސް ތިޔަހުންނެވީ ބުއްޅަބޭ ދަށުވެފަ.

    13
  36. ރަސާދު

    މި ކުޅެނީ ރާވައިގެން ކުޅޭ ކުޅިގަނޑެއް ، ކޮންމެވެސް ކަންތައްގަނޑެއްގެ ފެށުން މީ

    11
  37. ޢާކް

    ރޯޔަލް ރޭޕް އާ ހާދަ އެއްގޮތް ސިަފތަކެކޭދޯ. ކޮންމެއަކަސް ރައީސް ސަލާމަތް ވާނެ އުކުޅެއް..
    ޙޯރައިއްބެ އާ ރޯޔަލް ބްލަޑްއާ، ނޫސްވެރި އަންހެން ކުއްޖާއަށް ފުރައްސާރަކުރި ރައީސް އޮފީސް މުވައްޒަފުގެ ކައްފާރާ... ޢަލީވހީދު

  38. Anonymous

    ފިރިހެނަކު ގޮވާލި ނަމަވެސް އަންހެނާގެ އިޝާރާތެއް ނުލިބޭނަމަ ޖިންސީ ގޯނާއެއް ނުހިނގާނެ ތިކަމުގައި އަންހެނުންގެވެސް އެއްބާރުލުމެއް ލިބޭތީ އެފދަކަމެއް ހިނގާނީ. ދެން ގަޔަށް އަތްލާ ޖިންސީ ޢަމަލެއް ހިންގާފިނަމަ ވަގުތުން ވަޒީފާއަށް ބެލުމެއްނެތި ކަމާބެހޭ ފަރާތަށް އަންގަންޖެހޭނެ.

    5
    1
  39. ލޯންޗު

    އިންޑިއާ އަށް ވިކިފަ

  40. ހަސަނު

    އަލި ވަހީދު ގެ މައްސަލަ ވެސް ބަލަން ޖެހޭނެ،
    ޢަދި މައްސަލަ ބަލާއިރު ޝަރީއަތް ނިމެންދެން ބަންދުގައި އަލީ ވަހީދުވެސް ބަހައް ޓަން ޖެހޭނެ.

  41. އެޖެންޑާ ކޮވިޑް -19

    ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާފަ އަސްލު ރީނދޫ ވަގުން ހައްޔަރުކުރޭ ރައީސްޔާމީން ވަގަށްނެގިލާރިތައް ހުރީ ރައީސްޔާމީން އެކައުން ޓްގަޔޯ ކިޔާފަވަގަށްގޮވަނީ ރައީސްޔާމީނުއަށް އެކަމަކު އަތުޖެހޭހިސާބުގައި ލާރިތައް ހުރިއިރު މިހާރު ވެރިކަން ކުރަމުންމިދާ ތެދުވެރިވަފާތެރި ކޯލިޝަން ސަރުކާރަށް އެލާރީގައި އަތްލަން ނުކެރިގެން މިއުޅެނީ ނީއްވެޔޯ އެހެންނު ވާނީ ތިމާމެން ވިއްޔަ އެބޮޑުވައްކަން ކޮށްގެމިތިބީ މާތްﷲ ތިބައިގަނޑުގެ ނިމުމުގެ ހިތިރަހަ ތިބައިގަނޑުގެ އަރުބުޑުގައި ލައްވަވާށި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއާމީން

  42. # ގައުމުގެ ހާލަތު

    އެހެން ވާނީ އަދިވެސް ބަލަ ވީޑިއޯ ހެދޭތޯ އަންހެނުން ފެނިއްޖިއްޔާ މޮޔަ މިބައި މީހުންނަށް ވަނީ. އިސް މަގާމު ތަކުގައި ބަހައްޓާފައި ހުންނަނީ ކޮންމެވެސް ކަމަކު ދޯ އެކަން ވެސް ހަދާން ނައްތާލާފަ އަމިއްލަ އެދުން ފުއްދޭތޯ