ލ.ހިތަދޫ ސްކޫލުގެ މެނޭޖުމެންޓުން ދަރިވަރުންގެ މެދުގައި ތަފާތުކުރުން ބޮޑުވެ އެ ސްކޫލްގެ ގްރޭޑު ތިނެއްގެ ދަރިވަރުން ސްކޫލަށް ފޮނުވުން ހުއްޓާލައިފިއެެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ ސްކޫލް ގްރޭޑް ތިނެއްގެ ބެލެނިވެރިއަކު ބުނީ މިހާރު އެ ގްރޭޑާއި އެހެން ގްރޭޑެއްގެ ދަރިވަރުންގެ މެދުގައު ތަފާތުކުރުމުގެ މައްސަލަ ބޮޑުވެ ކުދިން ސްކޫލަށް ނުފޮނުވާތާ ތިން ދުވަސް ވެފައިވާކަމަށެެވެ.

އެ ބެލެނިވެރިޔާ މައުލޫމާތު ދިން ގޮތުގައި އެރަށު ސްކޫލްގެ ޕްރައިމެރީ ގްރޭޑުތަކުގައި ޓީޗަރުން ގެންގުޅުމަށް ވަކި އުސޫލެއް ސްކޫލްގެ މެނޭޖުމެންޓުން ވަނީ އެކުލަވާލާފައެވެ. އެގޮތުން ގްރޭޑު އެކަކުން ފެށިގެން ތިނަކާއި ހަމަޔަށް ކްލާހަށް ހާއްސަ ޓީޗަރަކު ހަމަޖައްސާފައި ހުންނަ ކަމަށާއި، ނަމަވެސް މިއަހަރު އެ ކްލާހަށް ގްރޭޑް އެކަކުން ފަށައިގެން ކިޔަވައިދެމުން އައި ޓީޗަރު ބަދަލުކޮށް އެންމެ ގަޑިއެއްވެސް އެ ޓީޗަރަށް ނުލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ގެއްލުންވަމުން އަންނަ ކަމަށް އެ ބެލެނިވެރިޔާ ބުންޏެެވެ.

"ދެން މީގެ ކުރިން ގްރޭޑް 3 ގެ ދަރިވަރުންނަށް ކިޔަވައިދިން ޓީޗަރަކީ ރަށު ސްކޫލްގެ ހުރި އެންމެ ރަަނގަޅު ޕްރައިމެރީ ޓީޗަރުކަމުން، ގްރޭޑް 2 އަށް އެ ޓީޗަރު ބަދަލުކުރީ. އަސްލު ދެއަކަށް ކިޔަވައިދޭން ޖެހެނީ އެޓީޗަރެއް ނޫން. މިކަން ކޮށްފައި ވަނީ ތިނެއްގެ ދަރިވަރުންގެ ކިޔެވުމަށް އަންނާނެ ބަދަލަކަށް ވިސްނާލުމެއް ނެތި" ބެލެނިވެރިޔަކު ބުންޏެވެ.

އަދި މި މައްސަލަތަކާއި ގުޅިގެން ސުލްހަވެރިކަމާއި އެކު ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މުއިއްޒު އަހުމަދު އާއި ބައްދަލު ކުރުމަށް ހުރިހާ ބެލެނިވެރިން ގޮސްފައިވާނެ ކަމަށާއި ނަމަވެސް ބައްދަލުކޮށް ބެލެނިވެރިން ދައްކާ ވާހަކަތައް އަޑުއެހުމަށް އޭނާ ދެކޮޅު ހަދާފައިވާކަމަށް އިތުރު ބެލެނިވެރިޔަކު ބުންޏެވެ.

"އަހަރުމެން ހުރިހާ ބެލެނިވެރިން ޕްރިންސިޕަލާއި ބައްދަލުކުރަން ދިޔައީމަ ޕްރިންސިޕަލް ވިދާޅުވީ ނިކުންނާށޭ ސްކޫލުގެ ގޯތިތެރޭން ވެސް. އަދި އަޅުގަނޑުމެން ދައްކަން ދިޔަ ވާހަކަަތައް ބޭރުތެރެއިން އަޑު އިވުނު ކަމަށްބުނެފައި އެތަނުގައިވެސް ނުހުރެ ދިޔަ. ޕްރިންސިޕަލް ވިދާޅުވީ އަހަރުމެންނާ ބައްދަލުކުރާނީ އެޕޮއިންޓުމެންޓެއް ހައްދައިގެން ދިޔައީމައޭ" އެ ބެލެނިވެރިޔާ ބުންޏެވެ.

މިފަދަ މައްސަލަތަކަކީ ފަސޭހައިން ހައްލުކުރެވިދާނެ މައްސަލަތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެން ނަމަވެސް ސްކޫލުގެ އިސްވެރިން މިކަމަށް އެއްބާރުލުން ނުދީ، ބެލެނިވެރިންނަށް ބީރު ކަންފަތެއް ދެމުން ދިއުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ބެލެނިވެރިންގެ ފަރާތުން މިހާރު ވާނީ، މި މައްސަލަ ސްކޫލަށް އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ހުށަހަޅާފައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އިން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް މުއީޒް އަށް ގުޅުމުން އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. މުއިއްޒު ވިދާޅުވީ މިކަމަށް ސްކޫލުން ދޭނީ "ނޯ ކޮމެންޓު" ކަމަށާއި، މިނިސްޓްރީ އިން މި މައްސަލައަށް ބަހެއް ހޯދުމަށް އެދޭ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އިން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން އެމިނިސްޓްރީ އިން ވިދާޅުވީ މުވައްޒަފުންނާއި ގުޅޭ ޒާތީ މައުލޫމާތު މީޑިއާތަކާއި ހިއްސާނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ބޮޑުބެ ބެ

  ޢެމް ޑީ ޕީ ވެރިކަމެއްގަ ތިހުރިހާ ކަމެއް ވެސް ހިނގާނެ ، އަދި ބޯގަންވިލާ އާއިލާ ބޭފުޅުން ތިބެގެން ބާސްކެޓް ކުޅިވަރު ހަލާކުގެ ތެރެއައް ވައްޓާލާފި

  12
  5
 2. ބޭބެ

  ޢެމް ޑީ ޕީ ވެރިކަމެއްގަ ތިހުރިހާ ކަމެއް ވެސް ހިނގާނެ ، އަދި ބޯގަންވިލާ އާއިލާ ބޭފުޅުން ތިބެގެން ބާސްކެޓް ކުޅިވަރު ހަލާކުގެ ތެރެއައް ވައްޓާލާފި

  6
  3
 3. ރަބަރޭ

  ވޯޓައް ސަލާން ޖަހަން އައުމުން ރައްޔިތުންނަށްވެސް ބުނެވިދާނެ ނޫންތޯ ގޯތިތެރެއަށް ނުވަންނާށޭ ތިވާހަކަތަށް ތިމަންނާ މެންނަށް ބޭރުތެރެއިން ވަނީ އަޑުއިވިފައޭ
  ބޮޑުވަރު

  30
  1
 4. ފާތުން

  ތީގައިވަނީ ބެލެނެވެރިޔާ ދީފައިވަނީ ސައްހަ މައުލޫމާތެއް ނޫން. ހަމަ ބެލެނެވެރިއަކު އެއްޗެކޭ ބުނެލާ އިރަށް ތިގޮތައް މުޅި ސުކޫލު ބަދުނާމުކޮށް މީޑިއާގައި ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ.

  18
  1
  • ޒުބޭ

   މިހިރަ ފެންނަ ބީތާޔާ 19 ކުދިން ކިޔަވާ ގްރޭޑަކުން 16 އެއީ ހަމަ ބެލެނިވެރިޔަކު ދައްކާ ވާހަކައަށް ވާނެ؟ ކަލޭމެންނަށް ހަޖަމު ނުވަނީ. ތީ ޕްރިންސިޕަލު ތިމާގެ މީހުން ކުރާ ކޮމެންޓު.
   ބަލަގަ ފަލީހަތް ވެފައޭ ތިއޮތީ. ދެން ލަލަލާ

 5. ހިތަދޫ މީހާ

  ބެލެނިވެރިންނަށް ވަރަށް ސަލާމް
  ކުލާހަށް ފޮނުވާނެ ޓީޗަރުން އެގޭނީ ސުކޫލްގެ މެނޭޖް މެންޓް އަށް. ކޮންމެހެން ނުޖެހޭ ތިބުނާ އެންމެ މޮޅުޓީޗަރ 3 އަށް ފޮނުވާކަން. ތީކީ ތަފާތު ކުރުމެއްނޫން ބެލެނިވެރިންގެ ހުރި ނާތަހުޒީބުކަން... ކުދިންނަށް ދެވޭ ނުރަނގަޅު ފިލާވަޅެއް.....

  34
  1
 6. މުހައްމަދު

  ކުދިންނަ ނަމޫނާ ދައްކަން ތިބޭ މީސްމީހުން ފެންވަރު ތިފެންނަނީ. އެޕޮއިޓްމެންޓް ހައްދަން ތީ މާމޮޅު މަގާމެއްގަ ހުރި މީހެއްދޯ.. ރައްޔިތުން ބުނީމަ ކިޔަމަން ނުވެއްޖެ ނަމަ ގަދަރާ އިޙްތިރާމު ގެއްލި އަގުވެއްޓޭތަން ދެން ފެންނާނި..

  6
  1
 7. ސަފަރު

  ގްރޭޑު 3 ގެބެލެނިވެރިން ނަށް ހަޖަމް ނުވެގެން ތިއުޅެނީ?

  5
  3
 8. ސަފަރު

  ???? ?????????????????????????????????????????????

  1
  2
 9. މާމެންދޫ މީހާ

  ކޮންމެ ކަމ

 10. ދިރާސާކުރާ މީހާ

  ހާދަ ފޮނި ބެލެނިވެރިންތަކެކޭ. ޕްރިންސިޕަލް ވެސް ހަމަ އެހާ ފޮނި.

  5
  1
 11. މޭޔަރު

  ގުރޭޑު 3 ކިޔަވަދޭން އެޑިޔުކޭޝަން މިނިސްޓްރީ އިން ޓީމެއް ފޮނުވަދީ...ޒާތީ ވިޔަސް ބޮޑުވަރު

  5
  1
 12. ކާފަ

  އަމިއްލަ ދަރިފުޅު ހުންނަ ކުލާހައް އިސްކަންދެވޭނެ ވަރައް ވާހަކަ މުއީޒު

 13. ޕުރިންސިޕަލް

  ހަމަ މިހާރު ނިކުމޭ މި ތަނުން

 14. ދެރަކަމެއް މީ

  ސްކޫލްގަ ކިޔަވަދޭނެ ޓީޗަރ އަދި ކިޔަވަދޭނެ ގްރޭޑް ނިންމާނީ ސްކޫލުން
  ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވާނީ

  ހުރިހާ ކަމެއް ބެލެނިވެރިން ބުނާ ގޮތަށް ކުރަން ފަށައިފިނަމަ ތައުލީމީ ދާއުރާ ހަލާކުވާން ނަގާނީ ކުޑަ ދުވަސްކޮޅެއް

  ޑިމޮކްރަސީ އޭ ކިޔުނު އާފާތް މުޅި ގައުމު ހަލާކު ކުރާތަން މި ފެންނަނީ

  ހިތާމަ ހުރި

  8
  2
  • އަލީ

   ތީ މުއީޒްގެ ކޮމެންޓެއް ?

 15. އަލީ

  ބެލެނޮވެރިން ކުއްވެރިކޮށްފަ މިތަނުގަ އެކި ނަންނަން ޖަހައިގެން ކޮމެންޓުކޮށް އަޅަނީ އެއް ބައެއް. ޕްރިންސިޕަލް ކޮޅަށް އަރާނެ މީހުން ނެތްކަން އެނގޭނެ ފޭސްބުކަށް މި ހަބަރު ލީމަ ކޮށްފަ ހުރި ކޮމެންޓުތަކުން.
  މުއީޒް އަކީ ވަޒީފާއިން ދުރު ކުރަން ޖެހޭ މީހެއް. އޭނަގެ ސަބަބުން ހިތަދޫ ކުދިންތަކެއް އޭލެވެލްގަ ބައިވެރި ނުވެވިވެސް އެބަ ތިބި.

 16. ބެލެނިވެރިޔާ

  ބެލެނިވެރިން ދައްކާ ވާހަކަ އަޑު އަހަން ޖެހޭނެ ސްކޫލެއްގެ ޕްރިންސިޕަލެއް ވިއްޔާ

 17. ޒޫ

  އަހަރެން ކިޔެވި އަހަރު ތިޔަ ޕްރިންސިޕަލް އޮތީ ކުޅީގެ މަޅިފަތި ޖަހައިގެން ދޫނި ހިފަން.
  ކުޅިޔަށް ދަނީ ޓައި އަޅާ ބޫޓަށްވެސް އަރައިގެން ?

 18. ޙައްލު

  މުއީޒު މަސްހިފާފަ ދޫނި ހިފާފަ ބާކީ ވަގުތުގަ ދޯ ޓީޗަރުން ހަމަޖެއްސޭނީ ! އަދި އަމިއްލަޔަކައް ކޮމެންޓް އެބަކުރޭނު ޓީޗަރުން ހަމަޖައްސުމަކީ ޕުރިންސިޕަލްގެ ޒިންމާއެކޭ

 19. ޤަމެ

  ޢިހައްދު ސުކުލްވެސް

 20. ހައްދުންމަތި

  ހައްދުން މަތީގެ ކޮއްމެ ރަށެއްގަވެސް ކަންކަން ހުންނާނީ ، ހައްދުން ނައްޓާފަ...އެހެން ނޫންތޯ!!!

  1
  2