ކޮވިޑް-19 އަށް ޓެސްޓް ކުުރުމަށް ތަރުތީބެއް ނެތި މާލެ އިން ސުންކު (ސާމްޕަލް) ނަގަމުން ގެންދިޔައިރު ސުންކު ނެގި މީހަކު އޭނާގެ ރަށް ކަމަށްވާ ހދ.ނޮޅިވަރަމަށް ގޮސް ކަރަންޓީންގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ރަށަށް ދިޔަ ފިރިހެން މީހާ ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭނާ އާއި އެކު އެއް ކޮޓަރިއެއްގައި އިތުރު މީހަކު ވެސް ދިރިއުޅެމުން އެބަގެންދެއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ނޮޅިވަރަމް މޮނޮޓަރިންގެ ހާލަތަކަށް ނުގެންދާނެއެވެ. އެއީ ކޮވިޑް-19 އަށް ފައްސިވި މީހަކީ ކަރަންޓީންގައި ހުރި މީހަކަށް ވާތީއެވެ. ނަމަވެސް އޭނާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރިއިރު މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ގޮސް އަމިއްލަ ގޭގައި ކަރަންޓީން ވުމުގެ އުސޫލު އެކުލަވާލި ފަހުން އަދި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ ރަށުގައި ކަރަންޓީންވި ތިން މީހެކެވެ. އެއީ ގއ.މާމެންދުއަށް ދިޔަ ތިން މީހެކެވެ.

ރާއްޖެ އިން މިހާތަނަށް 2517 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 2158 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބީ 341 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    Kihaa dhera kameh caranteen eh nukuraane ohh
    Thi positive vi kuvja aa dhimaavi ekuhja rashah gendhiya launch dhuvi kuhja anehkaa ekuhja aa thimaavaneh ekuhja aailaa myhun e geyga ulhey volley kulhey kuhjei mulhi rashu ehmen dhaaneh volley balan eyge fahun ekuhja launch ga dhathuru kuri myhun vx baivaru ??

    2
    1
  2. ރަށުމިހާ

    ގޭގަހުންނަކަން... ފާރުމަތިން އަނބިންނަށް އެެއްޗެހިދީ.. މަގުންދާމިހުންނާ ވާހަކަ ދައްކާހަދާ އިރު 3ފޫ ޓު ދުރުމިން ނުބަހައް ޓާއިރު ރަށުތެރެއަށް ބަލި ނުފެތުރި ހުރެދާނެތޯ...؟

    12
    2