ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމާއި ގުޅިގެން ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ފަހު އެ ވުޒާރާގެ ހިންގުން ވަގުތީ ގޮތުން އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހަވާލުކޮށްފިއެވެ.

އަލީ ވަހީދަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އޭނާ އަށް އެންގެވީ އިސްތިއުފާ ދެއްވުމަށެެވެ. ރައީސް ޞާލިިހުގެ އެ އެންގެވުމަށް އަލީވަހީދު އަމަލުނުކުރެއްވުމުން، އަލީ ވަހީދު ވަޒީރުކަމުން ވަކިކުރެއްވީ މިއަދުއެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެ މިނިސްޓްރީގެ ތަފާތު މުވައްޒަފުންނަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުތަކެވެ.

މީގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރިކަމަށވެސް އަލީ ވަހީދުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ. އެ މައްސަލަ އާއި މެދު ރައީސް ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ.

އިސްތިއުފާ ދިނުމަށް އެންގެވުމުން، އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ފަރާތުން މިފަދަ ގޯނާތަކާއި ކުރިމަތިވިކަމަށް ބުނާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކުރައްވައި ކަން ހިނގައިދިޔަގޮތް އެމަނިކުފާނާއި ޙިއްސާކޮށްފައެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކުގެ ވާހަކަ އަޑު އައްސަވާފައި ރައީސް އަށް ކީރިކުރެއްވުނުކަމަށްވެއެވެ.

އަލީވަހީދު ވަކިކުރުމުގެ ބަދަލުގައި އޭނާ އަށް އިސްތިއުފާދިނުމުގެ އިޚުތިޔާރު ދިނުމުން އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ކުރިން އޭނާ ވަކި ނުކުރީ ކީއްވެތޯވެސް ސުވާލު އުފައްދާފައިވެއެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ ރައީސް އަށް ތައުރީފްކޮށްވެސް ވާހަކަދައްކަވާފައެވެ.

އަލީ ވަހީދަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ރައީސްގެ މަޤާމުވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަޤާމުން ވަކިކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގައި، އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ޞާލިހް އަންގަވާފައި ވުމުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ބެލުމަށް ހުށަހެޅީ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުއްތަލިބް

    މަރުހަބާ ފައްޔާޒް މަނިކުފާނަކީ މިސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން އެންމެ ރަގަޅު އެއްވަޒީރު، މިދެންނެވީ ވަރަށް ގިނަ ގޮތްގޮތުން.

    5
    58
  2. ފްލޯޓިން ވޯޓާރމެލަން

    ތިވެސް ހަމަ ބޮލެއް މިވީހާތަނަށް ކުރިކަމެއް ހަރާން
    ތީވެސް ރިޒޯރޓް ކުދިންނަށް ހުރި ބިރެއް

    52
    3
    • ޞައްތި

      ހަމަގައިމުވެސް މުސާރަ ނަންގަވާ، ގޮނޑިހޫނުކުރޭ

      13
  3. Anonymous

    ތިއޮތީ ކުރަން އުޅުން ކަންތައް ވެފަ. ކޮންމެވެސް ގާތް މީހަކަށް މަޤާމު ހަވާލުކުރަންވެގެން ވަހީދު އެއްރެއިން މަޤާމުން ވަކިކޮއްފަ

  4. މިލާ

    އަލީވަޙިދުގެ ކިބައިން ސަލާމަތް ވީކަން ނަސީބެއް،،އުފާވެރި ހަބަރެއް ،

    4
    3
  5. އަލެކްސް މޮހޮދާ

    ގަދަފައި ވިއްދައިފަ ބާރު ދިނީ ބުއްޅަބޭ، އައިޝާގަ މައްސަލަ ހިލުނީމަވެސް ބުއްޅަބޭ ބުނީ އައްޔައަށް 500 އިތުބާރު އެބައޮތޭ. އަސްލު އެއީ ބުރުމާ ރުޅިއަރުވަން ކުރިކަމެއް، ރ/ެގަވެސް ގުޅާފަ ބުނަނީ އިސްތިއުފާނުދޭށޭ!

    6
    1
  6. އަޙްމަދު

    މީ ޓޫރިޒަމްގައި އުޅޭ ދިވެހިންދެކެ ވަރަށް ރިޅިއަންނަ ރޮޔަލިޓީއެއް! އަނެއްކާ ދިވެހިންގެ ބަދަލުގައި އިންޑިޔާ މީހުން ގެނެސް ނާޅާފިއްޔާ ރަނގަޅު!

    12
  7. އަލަކަ

    އަނެއްކާ އަނެއްވަގު.

    11
  8. ޅަތީފާ

    އަނެއް ވަގު

  9. ލަކީ

    ހެހެ ދެން ކަލޭމެންނަށް ހެޔޮގޮތެއް ނޯންނާނެ

    1
    9
  10. ސުވާލު

    މި މަގާމަށް

  11. އަހުމަދު

    މި މަގާމަށް އެންމެ އެކަށިގެންވާ ބޭފުޅަކީ އަދީބު.

    4
    3
  12. ބޯގަންވިލާ

    މީ ބަނޑޭ ގެ ބޭބެ އެއްނުން އޭނަ އަންހެން ކުއްޖަކާ ބެހިގެން މިހާރުވެސް ޕޮލިހައް މައްސަލަ ހުށައަޅާފަ އެއްނު ވީ

    10
  13. އެމަންޖެ

    ފައްޔާޒް އަކީވެސް ބޭކާރު އަންގައެއް ހިފައިގެން އުޅޭ ކަމެއް ވާމީހެއްނޫން.

  14. މ

    މި ސަރުކާރުގެ އަދީބު...ބޭރުގެ އިނވެސްޓަރުންގެ އަތުން
    ފައިސާ ހޯދަން މަރެއް....

  15. ޓ

    ސަރުކާރުގެ ކަލެކްޓަރު
    ކުރިން އަދީބު....
    މެލޭސިޔާ ވިޔަފާރި ކުންފުންޔަކުން
    3 މިލިއަން ޑޮލަރ ހޯދަން މީނާ ދިޔަޢީ
    ޜާއްޖޭގައި ރިސޯޓެއް ހަދަން ތައްޔާރު ވި ބައެއްގެ އަތުން
    ޢެމީހުން އެކަމާހެދި އެކަން ހުއްޓާލީ

  16. ހަސަދު

    ސަރަކާރު އެއްކޮށް ބޯގަންވިލާ އަށް.

  17. ރަމްޒިއްޔާ

    މީނަވެސް ނަޑޭ ބޮަލަށް އެރިގެން ހައެއްކަ ރަށް ނަގައިގެން ތެޅި ބޭލި! ބިގް ކިޔާ ކުންފުންޏަކުން ޕީއެސްއެމްއާ އެެއްކޮށް އެގްރީމަންޓެއް ހަދައިގެން ލިބޭ ފައިސާގެ ފަހެއް އިންސައްތަ ކޮމިސަން ލިބޭ ގޮތަށް ނިންމައިގެން އެކަން ނުވީމަ ކޯޓަށް ގޮސްގެން ފަސް މިލިޔަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނާ ތަނަކުން ހަތްދިހަ ފަސް މިލިޔަން އާން ހަތްދިހަ ފަސް މިލިޔަން ހޯދަން ހިފާލައިގެން އުޅެނީ! ކޯޓުން އެ މައްސަލަ ނިންމި ދުވަހު، އިސްތިއުނާފު ކުރަން ޗާންސްވެސް ނުދީ އޭގެން ބަޔެއް މިހާރު ވަނީ ނަގާފަ ކަމަށް ވަނީ! އެވަރުގެ މީހެއް މިހާރު ޓުއަރިޒަމް މިނިސްޓަރަކަށް އެ ލީ!

  18. ސަޓޯ

    ހާދަފަސޭހައިން ކީރިތި ކުރައްވާ ރައީސެކޭދޯ ؟؟