މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ތާވަލް ކުރީ އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީޢަތް މިއަދު 13:00 ގައި ކުރިއަށް ގެންދިއުމަށެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީޢަތް މިއަދު ކުރިއަށް ގެންދަން ތާވަލް ކުރިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލްކުރުމަށް ނިންމާފައިވަނީ މިއަދު 12.00 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްކުރަން ހަމަޖެހިފައިވާތީ ކަމަށެވެ. އަދީބުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަތަކަކީ އެމައްސަލަތަކުގައި ގިނަ ލިޔެކިޔުންތަކެއް ހުރި މައްސަލަތަކަށްވެފައި އެމައްސަލަ ކުރިއަށް ގެންދެވޭނީ ޕީޖީ އޮފީހުގެ ޓީމު އޮފީހަށް ހާޒިރުވެގެން ނޫނީ އަޑުއެހުން ކުރިއަށް ގެންދިއުމަކީ ނުހުނަު ދަތިކަމެއް ކަމުގައި ޕީޖީ އޮފީހުން އަންގާފައިވާ ކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އެދިފައިވަނީ މިއަދުގެ އަޑުއެހުންތައް މެންދުރުފަހު 15.00 އަށް ފަސްކޮށްދިނުމަށް ކަމަށާއި ނަމަވެސް އެވަގުތުގައި ޖަލުގެ ކޮންފަރެންސް ރޫމު ލިބެން ނެތުމުން މިމައްސަލަތަކުގެ އަޑުއެހުން ކެންސަލްކުރުމަށް ނިންމާފައިވާ ކަމުގައި ކުރިމިނަލް ކޯޓުން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން އެންމެ ފަހުން ތާވަލް ކުރީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން ޖަނަވަރީ 26 ވަނަ ދުވަހާއި ޖަނަވަރީ 21 ވަނަ ދުވަހު ވެސް ޝަރީޢަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ.

މިއަދު ތާވަލް ކުރި މައްސަލަތުގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެއެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިއުތިރާފުވެ، ފުލުހުންނަށާއި ޕީޖީ އަށް ޝަރީޢަތައް އެއްބާރުލުން ދޭނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އަދީބުގެ އަދަބު ކުޑަކޮށްދިނުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމީ

    މިރޭޕިސްޓު ސަރުކާރުން ހިންގާނީ ޔާމީނުގެ ޝަރީއައް އެކަނި އެއީ މި އަދީބު ކިއާ މީހާއަތުން ފައިސާ ހޯދާގެން މިސަރުކާރު ގެން ނަން ބަހާ ހުސްކުރީ ،،،،

  2. ވިސްނާލުމަށް އެދެމޭ

    ހިއްވަރެ ހުރެގެން އިބުރާހިމާ އަދީބުގެ މައްސަލައިގަ އަތްލެވޭނީ...އަމިއްލަ ސޯ ޓުބޭލޭނީ އަދީބުގައިގަ އަތްޖައްސާފިއްޔާ...ލާހިކެނޫން އަދީބުގެ މައްސަލަ ބަލާކަށް..އަނެއްކާވެސް ޓަގްބޯ ޓަކަށް ލާފަ ފުރުވާލާ...ކާނަލް ނާޒިމަކަށްވެސް ނުކެރޭނެ ފްރޭމްވި ފިސްތޯލައިގެ މައްސަލަ އަލުން ރިވިއުކުރަން އެދޭކަން....ޒީރޯ ޓޮލަރެންސް ފޮއް ޓަށްލައިގެންތިބޭ..އަނގައަރުވަން...އަސްލު ވަގުން ފޮށިފަޅަންތިބެފަ ހައްގުން ބޭރުން މީހަކަށް އަނިޔާދެމުންދަނީ...

  3. Anonymous

    ކުރިންވެސް އިނގޭ މިވަގު އަދީބަށް މިސަރުކާރުން އެއްވެސް ތަހުގީގެއް ދަޢުވާއެއް އަދި ޝަރީޢަތެއް ނުހިންގާނެކަން، ހިންގައިފިއްޔާ އޭނަކުރީގަވެސް ބުނެފައިވާފަދައިން އޭނައަތުން އެމްއެމްޕީއާރސީގެ އެއްމެ ބޮޑުއަދަދެއްގެ ފައިސާފުނި ބޭނުންކޮށްފައިވަނީ ގައުމުގެ އެއްމެ އިސްވެރިޔާ ރ.އިބޫކަން އިތުރަށް ފަޅާއަރުވާނެ އަދި ޔާމީނުގެ ވެރިކަން ބަދަލުކުރަން ހިންގިހާ މަކަރާއި ރިޝްވަތަށް ހޭދަކުރި ފައިސާތަކާއި އެމްޑީޕީގެ އިސްވެރިން މަޖިލިސް މެމްބަރުންވެސްވަނީ ހަމަ އެ ޚިޔާނާތް ފައިސާތަކުން ފެންވަރާފައިވިއްޔާ....

  4. Anonymous

    ސަފާރީ ރޭޕް ކޭސް އޮއްބާލަން މިދުވަސްކޮޅު ރައްޔިތުންގެ ސަމާލުކަން އެހެންދިމަދިމާލަށް ގެންދެވޭތޯ ކުއްލިގޮތަކަށް ކިތަންމެ ފުލެއްކެހިޔަސް އެކަން ދިވެހިން ހަނދާންހުންނާނެ!

  5. މުހައްމަދު

    ތަންކޮޅެއްކުރީގައި މަރްހޫމް އިބްރާހިމް ޝިހާބު ވިދާޅުވިއަޑުއެހިން،
    "އަޅުގަނޑުމެން ކުޑައި ފަނޑިޔާރުމަނިކުފާނު ވަރަށްގިނައި ބުނާއަޑު އިވޭ "ކަލްދޯބަޖޭ" މިވާގޮތަކީ ވޯރާވިޔަފާރިވެރިންގެ މައްސަލަހައްލުކުރަން ފަނޑިޔާރުގެއަށް ވައްދާފައި އޮންނަ މައްސަލައިގެ ޝަރީއަތެއް ކޯޓުގައި ހިންގަމުންދޭ، ދެން މިޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްލާފައި ވޯރާވިޔަފާރިވެރިންނާއި ދައުލަތުންނާއި މީހުން އައިސް ފަނޑިޔާރުގެއަށްވަނީމައި، ދެން އެދިމާވާ ކޮންމެވެސް މައްސަލައަކުން އެދުވަހުގެ ޝަރީއަތް ކެންސަލްވަނީ. ދެން ފަނޑިޔާރު މަނިކުފާނު ވިދާޅުވަނީ ކަލްދޯބަޖޭ. ދުވަހަކުވެސް މިމައްސަލަ ބެލޭނެދުވަހެއްނާދޭ. މުޅިންވެސް ކަލްދޯބަޖޭ، ކޮންމެވެސް ކަމެއްވީމައިތާ މިޝަރީއަތް ލަސްވަމުން މިދަނީ"
    އެހެންވީމައި މިއަދުގެ ޝަރީއަތުގައިވެސް މިވަނީ އެކަހަލަގޮތެއް. ކަލްދޯބަޖޭ.

  6. ޓަކަފިރޯށި

    ހެހެ މިސަރުކާރު އޮތްހާދުވަކު އަދީބަކާ ނުކުޅެވޭނެ