ކޮންމެ ދުވަހަކު ސަރުކާރުގެ އިސް ވެރިންނާ ގުޅޭ ޚަބަރުތައް ކިޔާ ލުމުން ސަރުކާރު މިއަދު ސިފަ ކުރެވެނީ ޝަހުވަތުގެ ނައިޓް ކްލަބެއް ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ވެރިން މޫދުގައި ރާބޯން ތިއްބެވި ވާހަކަ އާއި، ވަޒީރުން ވަޒީރުން ނަށް ޖިންސީ ފުރައްސާރަ ކުރާ ފޯންކޯލް ތަކުގެ އަޑާއި ރައީސް އޮފީހުގެ އިސްވެރިން ރަސްމީ ކަންކަމުގައި ގުޅާ އަންހެން ބޭފުޅުންނަށް ޖިންސީ ފުރައްސާރަ ކުރާ ވާހަކަ އާއި، ސަފާރީ އެއްގައި 'ރޯޔަލް ރޭޕް' ހިގާ އެކަން ފަސް އަޅާ ފޮރުވި ވާހަކަތައް އަޑުއިވެމުން އަންނަ ކަމަށެވެ.

"މި ދައުލަތުގެ ކަރާމަތާ ޢިއްޒަތް ވެއްޔާ މޮޑެވިއްޖެ. މި ނޫން އާމިސްރާބަކަށް ހިންގަވާ" އުމަރު ވިދާޅުވިއެވެ.

އުމަރު މިފަދައިން ވިދާޅުވެފައި މިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މައްޗަށް އެ މިނިސްޓްރީގެ ތަފާތު މުވައްޒަފުންނަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރިކަމަށވެސް އަލީ ވަހީދުގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ. އެ މައްސަލަ އާއި މެދު ރައީސް ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ.

އިސްތިއުފާ ދިނުމަށް އެންގެވުމުން، އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ފަރާތުން މިފަދަ ގޯނާތަކާއި ކުރިމަތިވިކަމަށް ބުނާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކުރައްވައި ކަން ހިނގައިދިޔަގޮތް އެމަނިކުފާނާއި ޙިއްސާކޮށްފައެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކުގެ ވާހަކަ އަޑު އައްސަވާފައި ރައީސް އަށް ކީރިކުރެއްވުނުކަމަށްވެއެވެ.

އަލީވަހީދު ވަކިކުރުމުގެ ބަދަލުގައި އޭނާ އަށް އިސްތިއުފާދިނުމުގެ އިޚުތިޔާރު ދިނުމުން އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ކުރިން އޭނާ ވަކި ނުކުރީ ކީއްވެތޯވެސް ސުވާލު އުފައްދާފައިވެއެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ ރައީސް އަށް ތައުރީފްކޮށްވެސް ވާހަކަދައްކަވާފައެވެ.

އަލީ ވަހީދަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ރައީސްގެ މަޤާމުވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ އެ މަޤާމުން ވަކިކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ ޕާޓީގެ ކައުންސިލް މެންބަރަކު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގައި، އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ޞާލިހް އަންގަވާފައި ވުމުން ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ފެނޭތޯ ބެލުމަށް ހުށަހެޅީ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޕީޖޭ

  ހައްލަކީ އުމަރު..ހަމައެކަނި އިސްލާމީ ޝަރިއަތް މިރާއްޖޭގައި ޤާއިމުކޮށްދޭން ބުނީ އުމަރު...ﷲ ގެ ރަޙްމަތްފުޅުން އެކަން ވާނެ ދުޢާއަކީ އެއީ..

  10
 2. ލޮލްލޮލް

  މަށަށް އުމަރު ސިފަވަނީ ޓިންކަބެލްގެ ގޮތަށް..ހެހެހހެ

 3. ޑައެލޯގް

  އުމަރު އެބުނީ ރަގަޅުވާހަކައެއް

  13
 4. މުހައްމަދު

  އައްޑޫ ހިތަދޫ މީހުންނަށް އުމަރު ފެންނަނީ ބެކްބޯން އުމަރުގެ ގޮތުގައި. ޕޮލިހުގައި އުޅުނު އިރު މީހެއްގެ ނޫކަށިފުރައިގެ ޒުވާން ދަރިއެއްގެ މައިބަދަ ބިންދާލާފައި ހުރެފައި ކޮންވާހަކައެއް ތިދައްކަނީ އުމަރާ. މިވަރު މީހުން މިއުޅެނީ ވެރިކަމަށް އަރަން ހިތުލައިގެން.

 5. ލަކީ

  ހެހެ މަ އަބަދުވެސް ބުނަން އުމަރަކީ މޮޔަތަޅާ މީހެކޭ
  ހަމަ އެހެން ނޫންތޯ މިވަނީ

  2
  3
 6. އެމަންޖެ

  އުމަރު ނުބުންޏަސް ތިޔަކަން އެނގޭ ހީނުކުރާތި މޮޅެތި ވާހަކަ ދައްކައިގެން 2023 ގަ ވޯޓު ދޭނެޔޭ.

  1
  2
 7. ޖޫދު

  މިއޮތީ މުގުދަރު އެބުރުމާ ބޯހޯލް ތޮރުފުމުގައި އެއްވަނައިގެ ބުރާންތި ސަރުކާރެއް

 8. ޙެހެެހެ

  ޙޯހޯ
  ޢުމަރަކަސް ވެރިކަން ހޯދަން ސުޓަންޓު ނުޖައްސަވާ

  1
  1
 9. ތަރަތަރަ

  އުމަރު ހުރި ރާއްޖޭގެ މިނިސްޓްރީއެއްގަ ކޮންކަމެއްވީ ބޭކާރު އަންގަ ތަޅަނީ ހޯހޯ