ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ނިމުމެއް ގެނައުމައްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު"ގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށިގެން އައިފަހުން ޑރ. މުއިއްޒު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މުއިއްޒު ވަނީ ނޫމަޑި މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މުއިއްޒު އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް މަޖިލީހުގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބޭނުންވާ ކަމަށެވެ.

މުއިއްޒު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު 11:00 އަށެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މަޖިލީހުގެ ކޮމިޓީއަށް މުއިއްޒު ހާޒިރުވުމަށް އަންގާފައިވާއިރު، މިހާތަނަށް ކުރީގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިންވެސް މުއިއްޒުއަކީ މި މަޖިލީހަށް ހާޒިރުކުރެވޭ ހަމަ އެކަނި ވަޒީރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    މިބަލާވެރިމަޖިލްވެއްޖެނުން އުވާލަން މުޅިގައުމު ބަޑުއަޅަންއުޅެނީ

  2. Anonymous

    ސަފާރީ ރޭޕް ކޭސް އޮއްބާލަން މިދުވަސްކޮޅު ރައްޔިތުންގެ ސަމާލުކަން އެހެންދިމަދިމާލަށް ގެންދެވޭތޯ ކުއްލިގޮތަކަށް ކިތަންމެ ފުލެއްކެހިޔަސް އެކަން ދިވެހިން ހަނދާންހުންނާނެ!

  3. Anonymous

    ކިހާ ބޮޑު ދުއްތުރާއެއްތަ ހެޔޮ ވެރިކަން ކުރަން އައިސް ތިބި މީހުން މި ޖައްސަނީ ކުރިން ގައުމަށް ހިދުމަތް ކުރި ކޮންމެ މީހަކަށް
    ބަދަލު ހިފުމުގެ ރޫހު ނޫން އެއްޗެއް ނެތް

    14