ލޯކަލް ކައުންސިލަތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެ ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭނެތީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އާއްމު ފަރާތެއް ކަމަށްވާ މޫސާ އަންވަރެވެ. މި މައްސަލަ ކުރިން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ. އެހެންކަމުން މޫސާ އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައި އޮތުމުންނެވެ. ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލުގައި ވަނީ އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުން ކަމަށެވެ.

މޫސާ އަންވަރު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައެޅައިދިނުމަށެވެ.

މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާއިރު އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވެއެވެ. ފުވައްމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާ އާއި ކުޅުދުއްފުށީގެ ހަ ދާއިރާއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުންތަރި

    ތިޔަ މައްސަލއަކީ ވަރަށް ސީރިއަސް މައްސަލައެއް ސްޕްރީމް ކޯޓުގަ ތިބީ އެމްޑީޕީގެ އެކްޓިވިސްޓުން އެމްޑީޕީން ކޮންމެ ފަދަ ޤާނޫނެއް ހެދިޔަސް އެ ޤާނޫނު ގޯހޭ ބުނާކަށް މިހާރުގެ ސްޕްރީމް ކޯޓަކަށް ނުކެރޭނެ އަދި ހައިކޯޓަށްވެސް ބުނަން ކެރޭނެކަމަކަށް ޤަބޫލެއް ނުކުރެވޭ ހުރިހާ ފަނޑިޔާރުންނަށް އެމްޑީޕީ މަޖިލިސް މެމްބަރުންނާ ރައީސްދަނީ ބިރު ދައްކަމުން ބިރު ދެއްކިޔަސް ޙައްޤުބަސް ބުނުމުގަ ފަސް ނުޖެހުމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ގޮވާލަން ތިޔަ މައްސަލަ ހައިކޯޓުގަ އޮންނާނެ ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ނިމެންދެން މައްސަލަ ބަލައި އިންސާފުން ޙުކުމެއް ކުރަންކެރޭނެ ހެން ވަރަށް ހީނުވޭ މި ޤައުމުގެ ޝަރުޢީ ނިޒާމު އޮތީ ކެނެރީގޭ ނަޝީދާ އެމްޑީޕީ އަންބޮޑިތެރޭގަ

  2. ދުންތަރި

    އެ ޤާނޫނަކީ ޤާނޫނު އަސާސީއާ މުޅިން ޚިލާފު ޤަނޫނެއް އެއްވެސް ޙައްޤެއް ވަކިބަޔަކަށް މިލްކެއްނުކޮށްދެވޭނެ ވަޒީފާތަކާ އައްޔަންކުރާ މަޤާމުތަކާ ވޯޓުނަހޮވާ މަޤާމުތަކަށް މެމްބަރުކަމަށް ކުރިމަތިލުމަކީ އެންމެންގެވެސް ޙައްޤެއް އަންހެނުންވެސް ކުރިމަތިލާވްނީ ރާއްޖޭގަ ވޯޓުދޭނެ އަންހެނުން މަދެއްނޫން ހިބަކޯށްފަ ވަކިބަޔަކަށް ދިނުމަކީ ހަމަހަމަކަމަށްއެކު ވާދަކުރުމަށް އޮތް ބޮޑު ހުރަހެއް އަންހެނުންވެސް ވާދަކޮށް ކާމިޔާބުކުރަންވީ އެމީހެއްގެ ލަޔާޤަތާ ޤާބިލްކަން ހުންނަންޖެހޭ ބޯކިބަ ފަޅާހެން ފަޅާފަ ވަކިބަޔަކަށް ވަކި ބައެއް ނުދެވޭނެ

  3. ކެއްކުރުން ނޫން

    ރ.ސޯލިހަށް ދަންނަވާލަން އަންހެނަކަށް ޖިންސީ ފުރަށްސާރަ ކުރުންތޯ ﷲ ރަސޫލަ އިސްލަމްދީނަށްކުރާ ފުރށްސާރަ ކުރުންތޯ ސޯލިހަށް ބޮޑީ ސޯލިހު ކޮބަހޭ ދީނަށް ފުރަށްސާރަކުރި ލާދަިނީ ބައިގނޑު މިހާރުނމިހަރށް ހިފާ ހައްޔަރުކޮށް ވަޒީފާންވަކިކުރޭ ރ.ސޯލިހުގެ ގާގާ އިސްލަމްދީނަށް ލޯތްބެއް ހުރިއްޔާ އޭރުން މަވެސް ރ.ސޯލިހަށް ސަނާކިޔާނަން ނޫނަނަމަ މިގޮތަށް ހިޔާލު ފާޅު ކުރާނަން

  4. އަބްދޫ

    ގާނޫނުއަސާސީގެ 17 ވަނަ މާއްދާ ބުނާގޮތުން އިންތިހަބު ކުރާ މަގާމެއް ވަކި ޖިންސަކަށް ވަކިމިންވަރެއް ކަނޑައެއް ނެޅޭނެ. ކޮންމެ ޖިންސެއްގެ މީހަކު ނަމަވެސް އެ ކެންޑިޑޭތަކަށް ގިނަބަޔެއްގެ ތާއީދު ހޯދުމަކީ އެކެންޑިދޭޓެއްގެ ހައްގެއް ވަކި ޖިންސެއްގެ މިހަކަށް ވޯޓްލުމަށް ރައްޔިތުންނަށް މަޖްބޫރު ކުރެވިދާފަދަ ގާނޫނެއްގެ ބައެއްވިޔަސް އަކުރެއްވިޔަސް ވާނީ ބާތިލް.

  5. އަބްދޫ

    ގާނޫނު އަސާސީގަ ބުނާގޮތުން ހުރިހާ ކައުންސިލް ގަ ވެސް ރައީސް ނައިބުރައީސް އިންތިހާބު ކުރެވިފައިވާ މެމްބަރުންގެތެރެއިން ސިއްރު ވޯޓަކުން އިންތިހާބު ކުރަންވާނެ . މޭޔަރު ގެ ވާހަކަ ގާނޫނުއަސާސީގަ ނޯވޭ. ވަކި މަގަމަކަށް ވަކިނަމެއް ހާއްސަކޮށްފަ ގާނޫނުއަސާސީގަ ލިޔެވިފައިވަނަމަ އެމަގާމުގެ ނަމަކަށް ގާނޫނުއަސާސީގަ އޮތް ނަންނޫންނަމެއް ގާނޫނަކުން ކަނޑައެއް ނެޅޭނެ.