އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސްގެ މަގާމުގައި ހުރި ސައުދުއްﷲ ހަސަން ދީދީގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ސައުދުގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރަމުން އަންނަ ގެސްޓްހައުސް އެސޯސިއޭޝަނުގެ އެޑްމިން ސްޓާފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެ އެސޯސިއޭޝަނުގެ އޮފިޝަލަކު ވިދާޅުވީ މަސައްކަތުގެ މާހައުލުގެ އެތެރެ އާއި ބޭރުން ވެސް އެ ސްޓާފަށް ސައުދު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރިމަތިވީ ސައުދު ސެކްރެޓަރީ ޖެނަރަލް ކަމާ ހަވާލުވުމަށް ފަހު، އޭނާ ވަޒީފާ އަށް ވެއްދި އަންހެން ސްޓާފަކަށެވެ. ސައުދުގެ ފަރާތުން އޭނާ އަށް ކުރިމަތިވި ގޯނާތަކުގެ ތެރޭގައި، އަންހެން މުވައްޒަފުގެ ގުނަވަންތަކުގައި އަތްލާ، ހަޑިހުތުރު ވާހަކަތައް ދެއްކުން ފަދަ ގިނަ ގޯނާތަކެއް ކޮށްފައިވާ ކަމަށް ވެއެވެ.

އެކަން ކުރިމަތިވި ސްޓާފް އެ މައްސަލަ ގެސްޓްހައުސް އެސޯސިއޭޝަނުގެ ސަމާލުކަމަށް ގެނައުމާ އެ މައްސަލަ ބަލަންފަށައި، ސައުދު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ތުހުމަތުކޮށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާސިހު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީފަ އެވެ.

އެނގިފައިވާ ގޮތުގައި ނާސިހު އިސްތިއުފާ ދީފައިވާއިރު، ސައުދު ވަނީ އެ މައްސަލަ ފެންމަތިވުމާއި އެކު ވިކްޓިމް އަށް އިންޒާރުދީ އެ މައްސަލަ ބެލުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. އަދި އެ އަންހެން ކުއްޖާގެ އާއިލާ އަށް ގުޅައިގެން އެކަން ހުއްޓުވަން ސައުދު މަސައްކަތް ކުރި ކަމަށް ވެސް ވެއެވެ.

މިފަދަ ސީރިއަސް ތުހުމަތުތަކެއް ސައުދުގެ މައްޗަށް ކުރެވިގެން ގެސްޓްހައުސް އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކުރި އިރު، އެމްޑީޕީން އޭނާ އާ މެދު ފިޔަވަޅެއް ނާޅާ ސަބަބެއް ސާފެއް ނުވެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އަންނަނީ އޭނާ އާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ލޭޑީގާގާ

  ލާދީނީ އެމްޑީޕީ ބައިގަނޑު ބެންކޮކަށްގޮސް ތިކުރާ ކަމެއް ކުރަންވީނުން ހެޔޮނުވާނެ ވަޒީފާއަށް ކާންބޯން ލާރި ހޯދަން މަސައްކަތްކުރަން ދާ މީހުންނަށް ގޯނާ ނުކުރޭ ... މިހާރު ވަޒީފާގެ މައިދާނުގަ އަންހުންނަށް އެއްވެސް ރައްކާތެރި ކަމެއްނެތް.. ފިރިހެނުންނަށް ހުރި ހުތުރެއް ތިމީހުން ތީ

  39
  1
 2. އިބްރާހީމު

  ދެން ފެންނާނީ ކީރިތިކުރައްވާ ތަން. މިއޮތީވާ ދުވަހެއް ދައްކަވާފަ.

  38
  3
 3. އެމަންޖެ

  މޑޕ އަކީ ފެށުނީސުރެންވެސް މިގައުމުގެ ހަލާކު ، ކެނެރީގޭ ބުއްޅަބޭ ދިވެހި ގައުމުން ބޭރުކުރޭ.

  41
  1
 4. މޯދީ

  ތީ ހައްދުފަހަނައަޅާފަހުރި ޖަނަވާރެއް. އަންހެނެއް ފިރިހެނެއް ނުބަލާނެ. ބެހޭނެ.

 5. ޢާއިޝާ

  އެމް.ޑީ.ޕީ ގައި މިތިބެނީ މައިތިރި ނާރައިގެން އުޅޭ ބައެއްތަ. މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ

  7
  1
 6. ދުންތަރި

  ލާދީނީ އެމްޑީޕީ އިސްބޭފުޅަކު ޖަރީމާ ހިންގިޔަސް އެ ނުވާނެ މާ ބޮޑުކަމަކަށް އެވާހަކަ ދައްކާ ބަޔަކު ކުށްވެރިވާނީ މިހާރު އެކަން ވަރަށް ރަނގަޅަށް ހާމަވެގެން މިދަނީ ލާދީނީ އެމްޑީޕީގެ އިންސާފާ ހަމައަކީ މަކާންވީމާ ހަލާލު މަކުރީމާ ހުއްދަ އެހެން މީހަކު ކާންވީމަ ހަރާމް އެހެންމީހަކު ކުރީމަ ކުށަށެއް ކިހާ އިންސާފުވެރިތަ މިކަހަލަ އިންސާފު ހޯދައިދޭން ވައުދުވީވެސް

 7. ްައަހްމަދު

  ތިޔަމައްސަލަތީ ހިނގިކަމެއްކަންޔަގީންކޮށްފަނޫނީ ތިވާހަކަނުދައްކާ އެހެންނޫނީ ބޮޑުވެގެންވާ ފިޔަވަޅެއް އަޅައިފާނެ ފަހަރުގައި ނޫސްއުވާލުމާ އެވާހަކަ ކިޔައިދިންމީހާގެ އަނގަފެހުންވެސް އެކަށީގެންވޭ

 8. ޕެރެޑައިސް

  މިދުވަސްކޮޅު މޑޕ ގައުމީކުދިންކޮޅައް ސިލޯނައް ނުދެވޭތީ ދޯ!

 9. ޑައެލޯގް

  ރޭޕް ސަރުކާރު

 10. ކިހިޅު

  ރޭޑިއޯ ސައުދު. އޮންނާނެ ރޭޑިއޯ އިއްވަމުން ދުވެވިފަ. އަނގަހައްދު ޖަހަންޖެހިފަހުރި މީހެއް.