ގދ. ރަތަފަންދޫ ސްކޫލްގައި ޕޮންޑެއް ހަދަނިކޮށް ގަބުރެއް ފެނިއްޖެއެވެ.

މި ގަބުރު ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ސްކޫލްގައި ޕޮންޑެއް ހެދުމަށް ވަޅެއް ކޮނުމުގެ ތެރެއިން ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް، ހުނެއިފް އަސްލަމް "ވަގުތު" އަށް ވިދާޅުވީ، ޕޮންޑެއް ހެދުމަށް ވަޅެއް ކޮނުމުގެ ތެރެއިން ފެނިފައިވާ ގަބުރަކީ ބެލެވޭ ގޮތުގައި ބޮޑު މީހެއްގެ ގަބުރު ކަމަށާއި މީގެ ކުރިންވެސް ސްކޫލްގެ އެކި ކަންކަމުގައި ވަޅުކޮންނައިރު ގަބުރުތައް ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ ގަބުރެއް ސްކޫލްގެ ތެރެއިން ފެނުމުން އިތުރު ގަބުރުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީ، އިތުރު ސްކޫލްގެ އެކި ސަރަހައްދުތަށް ކޮނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އާންމު ގޮތެއްގައި ސްކޫލް ކޮންނައިރު ވަރަށް ގިނަ ގަބުރު ފެނޭ. ބެލެވޭ ގޮތުގައި ސްކޫލް އެޅިފައި އެހުރީ ގަބުރުސްތާނެއް މަތީ" ހުނެއިފް ވިދާޅުވިއެވެ.

މިއަދު އެރަށް ސްކޫލްގެ ތެރެއިން ގަބުރެއް ފެނިފައިވާއިރު، މީގެ ކުރިން ދަނޑުވެރިކަން ކުރަން ނުކުމެ އުޅުނު ބަޔަކަށް ރަށުގެ ފުއްޓަރު ފަރާތު، ބޯޅަ ދަނޑު ސަރަހައްދުންވެސް ތިން ގަބުރެއް ފެނިފައިވާ ކަމަށް ހުނެއިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މާދަމާ މަޖިލީހުން ތި މައަސަލަ ބަލާނެކަން ޔަގީން

    • ކަމަނަ

      މަޖިލީހޭ. މަޖިލީހޭ. ޕަކަޕަކަޕަކަޕަކަޕަކާސް

  2. ޢަންމާ

    ބުނެވޭ ގޮތުގައި އެއީ ހޮޅިން އުޅުނު އިރުގަ ވަޅުލާފަ
    ޙަމަ އެގޮތަށް ރަށުގެ ފުއްޓަރު ފަރާތުން ދޫކޮށްފަ ހުރި ގޯތިތަކުން އެތަންތާގަ ކެޔޮ އިންދަން ވެސް އަދި ގެވަޅު ރާނަން ވެސް ކޮނުނު އިރު ބައިވަރު ގަބުރު ތައް މީގެ ކުރިން ފެނިފަ އެބަހުރި.
    ސުކޫލުގެ ވެސް މީގެ ކުރިން ވެސް އެބަހުރި ގަބުރުތައް ފެނިފަ.
    ޥަރަށް ދިގު ބޮޑު ބައެއްގެ ކަށިގަނޑު

  3. ރަތަފަންދޫ ރައްޔިތެއް

    ތިއީ ޤަބުރުސްތާނެއް ކަން އެނގި ތިބެ އިސްކޫލު ހެދި ދުވަހު ޤަބުރުސްތާން ފަޅު ކުރާކަށް ނުވާނެޔޭ ކިޔާފައި އޭރުގެ ކަތީބު އެޅި އިސްކޫލެއް އެއީ....
    އޭރު ވެސް އެންމެންނަށް އެނގޭ އެއީ ޤަބުރުސްތާނެއްކަން.... މިހާރު ދިރިއުޅޭ މުސްކުޅިން ބުނާނެ އެ އިސްކޫލަށް ދާކަށް ނުވާނެޔޯ އެއީ ޤަބުރުސްތާނެކޯ!!!

    2
    1