މީޑިއާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް މަޖިލީހުގެއަމީން އާއްމު ފާތުމަތު ނިއުޝާ ސޮއިކުރައްވާ މީޑިއާ ކައުންސިލަށް މިމަހުގެ އެއް ވަނަ ދުވަހު ފޮނުވާފައިވާ އެ ސިޓީގައި މިގޮތަށް ބަޔާންކޮށްފައިވާއިރު، އެ ސިޓީގައި ހުޅުމާލެގައި ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރާފައިވާ މައްސަލަ ބަލައިދިނުމަށް ފޮނުވި ސިޓީއެކެވެ.

އެ ސިޓީގައި، އެ ހަބަރު މީޑިއާތަކުން ގެނެސް ދީފައިވާ ގޮތުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހަގަ ކުރައްވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ހަބަރު އެއްވެސް މީޑިއާއަކުން ފަތުރާފައިވާނަމަ އެކަން ބަލައި ދިނުމަށް މަޖިލީހުން ފޮނުވި ސިޓީގައި ވެއެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ، ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"މީޑިއާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކާމެދު އިސްވެދެންނެވި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުލަވާލައްވައި، އެ ގަވާއިދު 8 ޖުލައި 2020 ވާ ބުދަ ދުވަހުގެ 10:00 /އިއްޔެ ހެނދުނު/ގެ ކުރިން މި އިދާރާއަށް ފޮނުއްވައިދެއްވުމަށްވެސް އެ ކޮމިޓީން އެދިވަޑައިގަންވާ ވާހަކަ ދެންނެވީމެވެ". އެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަންމި

  ހަބަރު ފަތުރި މީހުން ދޯ ގޯސްވަނީ ރޭ-ޕިސްޓުން އެއީ ހީރޯ އިން . ރޭ-ޕިސްޓުނަށް މިޤައުމުގަ އިއްޒަތާއި ޤަދަރު ދޭންޖެހޭ ދޯ

  44
  1
 2. އެމަންޖެ

  އޭރައްތާ ލާދީނީ ބައިގަނޑާ ދިމާލައް އެއްޗެކޭ ނުބުނެވޭނީ.

  41
  1
 3. މާމީ

  މިހާރު މީޑިއާތައް ގޯސްވީ ކަންކުރިމީހުން ހުދު ކާފޫރައް .. މިއޮތީވާ މަޖިލިހެއް މިމީހުން މަޖިލިހޭ ކިއާތަނައް ހޮވަން ވޯޓުދިނީ ނުތާހިރާތިބެ ހެން ހީވާކަހަލަ....

  41
  1
 4. އަހަރެން ރާއްޖެތެރެ

  އެޖެންޑާ 19 ގެ ހިތި ދިވެހިންނަށްދައްކަވާ އެކަމުން އިބްރަތް ލިބޭބަޔަކަށް ދިވެހިން ލައްވާންދޭ

  34
  2
 5. ދުންތަރި

  ކޮބާ ނޫސްވެރިކަމުގެ މިނިވަންކަމޭ ފޭއްޔޭ ކީ މީހުނަށް ވެރިކަން ލިބުނީމާ ކޮންތާކު މިޖެހުނީ ބައިކޮޅުމީހުން ހިންގާ ޖަރީމާގެ ވާހަކަ ލިޔުނީމާ ނޫސްތަށް ކަމު ނުދަނީ ޖުރުމަނާކުރަންވީ ރޯމާދުވާލުގެ އަލިތކަންހެން އެންމެނަށްއެގޭ ކަންކަންވެސް އޮޅުވާލައި ޕާޓީމީހުން ހިމާޔަތްކޯށް އެންމެ ފަހުން އެވާހަކަ ލިޔުން ނޫސްތަށްކުށްވެރިކުރީ ކޮބާ ހޯދާދެވުނު މިނިވަންކަމަކީ ކޮބާ ހޯދާދެވުނު އިންސާފަކީ ވަކިބަޔަކު ޖަރީމާހިންގީމަ އެކަން ފަސްއަޅަ ފޮރުވައި އެވާހަކަ ދެއްކިބަޔަކު ބުރިން ހަނެގުން މީތަ އެމްޑީޕީން އެބުނާ އިންސާފާ ހަމަހަމަކަމާ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ؟؟؟

  11
 6. ޚ

  ކޮބައިތޯ..
  ޢަބުރު ފަނޑު ފޮށި ހުޅުވި ރާއްޖެ ޓީވީ
  މިހާރު އެވާހަކަ ނުވެސް ދައްކާނެ

  13
 7. ޒާ

  ކުރިން ދޮގުޚަރު ފެތުރީމާ މީޑިއާކައުންސިލުން ފިޔަވަޅު އެޅުމުން އެމްދީޕީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ. މިހާރު ކީކޭމިކިޔަނީ؟ އެވެސް މަޖިލިސް މެންބަރެއްގެ ފިރިޔަކަށް ރޭޕްގެ ތުހުމަތު ކުރެވޭ ވާހަކަ ދައްކާ ތީ މަޖިލީހުން ބޭނުނީ؟ ތިވަރުން ނޫޅެ މަޖިލަިހުން ސަރުކާރު ހިންގަންވީނު. 3 ބާރު ވަކިވާނީdenq މިވަރަށް. ލަދުކޮބާ؟

 8. ފިކުރު

  ޔާމީނު އަރާ ކުރިކަމެއް ހަނދާނެއް ނެތް ދޯ؟

  1
  16
  • Anonymous

   ޔާމީން ޔާމީން ކުރީ ސަރުކާރު ކުރީ ސަރުކާރު. މިނޫން ވާހަކައެއް އަނގައިން ނުނިކުމޭ ދޯ

  • ލ

   މި ސަރުކާރުން މީޑިއާ ހިމާޔަތް ކުރާނެކަމަށް ބުނި.... މިހާރު ފްރީ ޕްރެސް ފަހަތުން ދުވަނީ... Dictatorship

 9. ޑައެލޯގް

  ބަލަ ޔާމީނުގެ އިރުގަ ރީދޫކުދިންނާއި ރާޓީވީން އުޅުނީ ދުލުގެ މިނިވަންކަންނުލިބިގެން މިހާރު ކިހިނެއްމިވީ ހަޖަމެއްނުވޭދޯ ކިބޫމެނަށް

  15
 10. ޖޫރިމަނާ

  މީޑިއާ ތައް ތޯ؟ ނުވަތަ ބައެއް މީޑިއާ ތޯ؟ ނޫނީ ތެދު ހަބަރު ގެނެސްދޭތީ 13 ތޯ؟؟ އެންމެ ތާހިރުވާނީ މަޖިލިސްގެ ޖަލްސާކުރުއަށްދާއިރު ހަތަރެސްފައިން ވައްވައް ޖައްސާ ހޯއްގޮވާ ބުރުއެެއްލާ ހެއްދެވި ނުހެއްދެވުއަށް ގޮވާ މެމްބަރުން ޖޫރިމަނާ ކުރިއްޔާ..