ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ހައްސާން މަގާމުން ވަކިކޮށްފިއެވެ.

ހައްސާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަގާމަށް އައްޔަން ކޮށްފައިވާ މީހެކެވެ. އެއިރުންސުރެ އޭނާ ހުންނަނީ އެ މަގާމުގައެވެ. އޭނާ އަކީ މަގާމުން ވަކިކުރި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ވަރަށް ގާތް ބޭފުޅެއް ކަމަށްވެއެވެ. ނަމަވެސް ހައްސާން މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް ނޭނގެއެވެ.

ހައްސާން މަގާމުން ވަކި ކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ. ޓްއަރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެންގެވުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރު ކަމުން މިއަދު ވަނީ ވަކިކޮށްފައެވެ.

އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ. މިނިސްޓަރު ނަހުލާއަށް އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައަށް ދެތިން ހަތަރު މަސް ވެގެން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ރައީސް ޞާލިހް އަޅުއްވާފައެއް ނުވެއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިހް އެންގެވުމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހުގެ ވިސަލް ބްލޯވާ ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށެވެ. އޭގެ ފަހުން ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ވަނީ ރައީސް އޮފީހަށް ގޮސް ރައީސް ޞާލިހާއި ބައްދަލު ކުރައްވާ މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހ

    ޙައްޔަރު ކުރޭ ކަރާ ވަހީދު

    19
    2
  2. އަހްމަދު

    އައްޔާއަވަސްގޮތަކަށް އެމްޑީޕީއާގުޅިވަޑައިގަންނަވާ އެއީހައްލަކީ

    20
    1
  3. ކަރަބޮޑު

    ދިވރހި ހުރިހާ ފިރި ހެނުންނާ ޒުވާން ފިރިހެނުންނަށް ގޮވާލަން މިހާރު މިގައުމުގާ އަންހެނުންގެ ހައްގު މިއޮތީ އަތްނުފޯރާފަށަށް ގޮސްފަ ދެން އެއް ވެސް ފިރިހެނަކު ޒުވާނަކު އަންހެނަކާދިމާ ލަށް ބަލަލިޔަސް އަނގައިން ބަހެއް ބުނެލިޔަސް ކުއްވެރިވަނެ އެވާނީ ގާނޫނީ ކުށަކަށް ހުރިހާއެންމެން ފިރިހެނުން ހަދަންވީ ގޮތަކީ މިތާ އިއުޅޭ އަންހެނުންގެ ހައްގު އުތުރިއަރަން އެމީހުނަށްދީފަ ރާއްޖޭން ބެރުން ރީތި ސޯލިހު ދިންވެރި ތެދުވެރި އަންހެނުން އެއޮތީ ބައިވާރު އިންޑިޔާ މެލޭސިޔާ ޗައިނާ ނޭޕާލުގަ އެތިބީ އންނަން މިހާރުވެސް މި ދިވެހި އަންހެނުނނަށް ވުރެ އިޙުލަސްތެރި ތެދުވެރިވާނެ އޭރުން މިހައްގު ހިފާގެން މިވެރިން މިތާ ނަޗަރަންގީ ކުޅެން ތިބެދާނެ ނުން އަނބިމީހާވެސް މިހަރުވެސް ފޯނު ކޮށްލާފަ ބުނަންވީ ތިމަންނަ ރޭޕް ކޮށްފިޔޭ ވަރިވާންވީއޭ ވަގުތުން ފިރިހެންމީހާ ގޮޅިޔަށް 10އަހަރު ފިރިހެންމީހާ މުޅި މިޑިޔާގަ ފަލީހަތްކޮށް ހަދާލާނެ މިދެން ކޮންފަދަކމެއް ފިރިހެނުންނަށް ކުރާ ގޯނާ ކޮބާތަ ސެކިއުލާ ގަނޫނު ހަދާގެން ފަސާދަ ކުރުންނޫންކަމެއް

    6
    7
    • އިސްތިރި

      ދީނުގަ އޮންނަނީ އިސްތިރިކުރަން

      2
      1
  4. Anonymous

    މިއީ ސައްތައިންސައްތަ މުސްލިމު ގައުމެއް. ތިޔައީ މުޖުތަމަޢާ ނުގުޅޭ ނިޒާމެއްގެ ސަބަބުން ވާގޮތް. ޑިމޮކްރަސީއަކީ މުޖުތަމަޢުގެ ހަލާކު. އައްޔާ ކޮންކޮޅެއް ޚިޔާރު ކުރަނީ!

    6
    1