އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގަވައިދަށް އެ އިސްލާހު ގެނައީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ބިޑިން ޕްރޮސެސް އިތުރަށް އަވަސް ވެގެން ދާނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

ކުރިން މާލިއްޔަތު ގަވާއިދުގައި އޮންނަނީ މަދުވެގެން ތިން ބިޑު ހުށަހަޅަން ޖެހޭ ގޮތަށެވެ. އެކަން އެގޮތަށް އޮތުމުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކުދި ކުދި މަޝްރޫއުތައް ލަސްވާ ގޮތްވާ ކަމަށް ފިނޭންސުން ބުނެއެވެ. މިހާރު ގަވާއިދު އޮތް ގޮތުން ޝަރުތު ހަމަވާ ނަމަ އެންމެ ބިޑެއް ހުށަހެޅިއަސް އެ ބިޑަކާއި އެކުގައި ކުރިޔަށް ދެވޭނެއެވެ.

މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެއެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް އަގުތަކުގެ ޕްރޮޖެކްޓްތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅާ ކުރިއަށް ގެންދިއުމުގެ ބާރު އޮފީސްތަކުގެ ބިޑް ކޮމިޓީ އަށް ލިބިގެންވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވެސް ފަސް މިލިއަނަށްވުރެ ދަށް އަގުތަކުގެ މަޝްރޫއުތައް އެ ރަށެއްގެ ރަށު ކައުންސިލުން ބިޑު ކޮށްގެން ކުރިޔަށް ގެންދެވޭނެއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލަށް ލިބިގެންދާ އާމްދަނީވެސް އިތުރުވާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމޭދާން

    ކޮރަޕްޝަން ނައްތާލަން އައިމީހުން ކޮރަޕްޝަނަށް ބޮޑެތި ދޮރާށި ހުޅުވަނީ.

    20
    1
  2. ޑައެލޯގް

    މީޔާމީނު ކުރިކަމެއްނަމަ ހުންނާނެ ފިސާރިފޯރި ރީދޫކުދިން

    19
    1
  3. ހުދުބޯކިރު

    ޒީރޯ ޓޯލަރެންސަށް ވައްޓާލީ.

    19
    1
  4. ކަންބަލާ މީހާ

    ހުރިހާ ކަމަކުނ ކޮރަޕްޝަނާއި ފަސާދަޔަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރަމުން މިދަނީ! އެޖެންޑާ 19 ތަފާތޭ ބުނަނީ މިހެންވީމައެވެ.

  5. ލައްޓި

    ސާބަސް ކޮން މެ ގޮތެއް ހަދައިގެން ވެސް ބަނޑު އަޅާލާ ބޭނުން ބަޔަކައް ބަހާލާ ގައު މު ފުނޑާލާ އެކަ މަކު ޒީރޯ ޓޮލަރެންސްގެ ދަށުން ކުރާތި.

  6. ކީއްކުރަން

    ކީއްކުރަން އެއް އެސްޓިމޭޓު ހުށަހަޅާ ގޮތަށް ވެސް ބާއްވަންވީ؟ އެސްޓިމޭޓެއް ދުވަހަކު ހުށަނޭޅިއަސް ބޭނުން ފަރާތަކަށްް ބޭނުން އަގަކަށް ހަވާލުކުރެވޭ ގޮތަށް ނިންމީމަ ނިމުނީ.