ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާއި ހިލާފަށް ޕާޓީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ޕާޓީގައި އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓް، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމް ކޭކެއް ފަޅާ މަންޒަރު ފެނެއެވެ. އެތަނުގައި ދިހަ ވަރަކަށް މުވައްޒަފުން ތިއްބެވެ. އޭގެ ތެރޭގައި މިއަދު ޓްއަރިޒަމް މިނިސްޓަރު ކަމުން ދުރުކުރި އަލީ ވަހީދެއް ނުހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާޓީ ބާއްވާފައި ވަނީ މާގިރި ހޮޓަލުގައެވެ. ޕާޓީ ބާއްވާފައި ވަނީ ދާދިފަހުން މާލެ ފުރަބަންދު ކޮށްފައި އޮތް އިރުއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އިރު އެއްވެސް ތަނަކަށް ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ޕާޓީ ކުރުން ފަދަ ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި ކޮންމެހެން ބައްދަލުވުމެއް ބާއްވަން ޖެހުނު ނަމަވެސް މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އޮތީ ކަނޑައަޅާފައެވެ.

ނަމަވެސް ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ޕާޓީ ކުރިއިރު އެތަނުގައި ރަނގަޅަށް މާސްކް އަޅައިގެން ހުރި އެއްވެސް މީހަކު ނެތެވެ.

ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް މާގިރި ހޮޓަލުގައި ޕާޓީ ކުރިއިރު މާގިރި ހޮޓަލުގައި ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތިބިއިރު މިއަދު މަގާމުން ވަކިކުރި މިނިސްޓަރު އަލީ ވަހީދު ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢލަި

    އަލީވަހީދު އަންހެންކުދިންނގެންގޮސް އެތަނުަގައި ކުރިކަންތަކުގެ ފޮޓޯ އެބަހުރި އަދި އަނަނާނެ ސްމިތް އަންހެން ކުދިން ކާރައް އަރވޤގެންނގެންގޮސް އަލީވަހީދު އަދި ބޮޑެތިމީހުން ޕާޓީ ކުރީ. ސޮމިތް ކާރީގަ އަހާބަލަ މީ ދޮގުތޯ ލައްކަ ގަނޑެއް ގަނެފި

    43
    1
  2. ޙަމަހަމަ

    ތިހުރިހާ އެންމެނަށް ފިޔަވަޅު އަޅަންޖެހޭނެ! ކިހާ ބޮޑު ނުރައްކަލަކަށް މުޖުތަމައު ތި ވައްޓާލީ!

    91
    1
  3. ދަ ސަން ވިލް ޝައިން އެގެއިން

    ކަރާބޭ މައްސަލަ ނެތީ
    ޗުމިތު މައްސަލަ ނެތީ
    ޗޮއްޔިބު މައްސަލަ ނެތީ
    ދެން ބޭބެ ކޮން މައްސަލަ ހުންނަނީ
    ހުރިހާ މީހާ އަބަދު ކިއްލި ތަޅާ ހުންނަނީ
    ބޭބޭ ކިއްލި އިނގެނީނު
    ނޭނގޭ ؟

    35
  4. ހަސަން ތައްކާނު

    ތިތަނުން އެއްވެސް މީހަކައް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ފިޔަވަޅު އަޅަން ޖެހޭނީ މިހަބަރު ލިޔުނު ނޫސް އައް

    60
    4
  5. މމމ

    ޕާޓީ ކުރުން ކިޔާނީ .. ކޭކެއް ފަޅާލުމަށް ހެއްްޔެ؟ ނޫނީ ބަޔަކު ކުރާ ޕާޓީ ކުރުން ތިޔަ މާނަ އޮޅުވާލަނީ ހެއްޔެ؟

    13
    26
  6. އައިވިޓު ނެސް

    ޕާޓީ ބޭއްވީ އެމީހުން ލޮކްޑައުން ވެގެން ތިބި ހޮޓަލުގައެވެ@ ބޭެރުން އެކަކު ވެސް ޕާޓީގައި ބައވެރިވެފައެއް ނުވެއެވެ

    13
    15
  7. ނަައީމް

    އެތަކެއްހާސް ރައްޔިތުންނަށް އުފަލާއި ހިންހަމަޖެހުމާއި ތައްޔިތުންބޭނުންވި ތަރައްގީ ބާރުސްޕީޓްގާ ގެނެސްދެއްވި ވެރިމީހާ މިއަދު ޖަލުގަ ބާއްވާފަ ތާހިރު ވެރިކަމެއްކުރަން އައި ބައިގަނޑު ގަންނަގަނޑު ރަގަޅުތަ ވަގަށް ނަހަމަގޮތުގަ ވެރިކަން ޖަހައިގަތުމުގެ ނަތީޖާ ކޮންމެ މީހަކު ހަޑިގޮތަކަށް ރައްޔިތުންކުރިމަތީ އަބުރާއި އިއްޒަތްގެއްލި ފަލީހަތްވަމުނ ތިހިރަގެންދަނީ ނަހަމަ ގޮތުގާ ވެރިކަންޖަހައިގަތުމުގެ ނަތީޖާ

    35
    5
  8. ޢަންސާރު

    ޢެކުދިން އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެ ...އެއީ ބަސްއަހާ ކުދިން

    6
    15
  9. Anonymous

    ވަހީދު މަޤާމުން ވަކިކޮށްލެވުނީމަ އެކަމުގެ އުފާ ފާހަގަ ކޮށްލީތަ... ވަރަށް ހީވޭ ބަޔަކު ރާވައިގެން ކުރިކަމެއްހެން ފައިސާގެ ދަހިވެތިކަމުގަ

    2
    2
  10. ފާތު

    ތި ހުރިހާ އެންމެންނަށްވެސް ފިޔަވަޅު އަޅަންޖެހޭ! ޢިންސާފު އެންމެންނަށް ހަމަހަމަ!! ސަފާރީގައި ހިންގި ޖިންސީ އަނިޔާގެ ވާހަކަ އަޑުއިވުމުން ރައީސަކަށް ނުވި ދޯ ކަމަކަށް!!!!!

    6
    1
  11. އަލީ ވހދ

    ތި ހުރިހާ ރޫމްއެއްގައިވެސް ހުރީ ދުފާ އެއްޗެހި. ފޯއް ހުރިއްޔާ ދުފަން ވަންނާނެތާ ދޯ

    3
    1
  12. ާއަހަންމައިދީ

    ޢެކުދިން ބިރަކާ ނުލާަ މަަޖާ ކޮށްލަނީ. ޢެކުދިން ގޯސް ކަމެއް ނުކުރާނެ ކުރަން ނުވެސް އެގޭނެ