އައްޑޫ ސިޓީގައި މަސައްކަތްކުރާ ބޭރު ޑޮކްޓަރަކު، ހޮސްޕިޓަލުގެ ދިވެހި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އެ ޑޮކްޓަރާއި ދިވެހި މުވައްޒަފަކީވެސް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ މީހުންނެވެ.

އެނގިފައިވާ ގޮތުން މި މައްސަލަ ފެންމަތިވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިކަން މިހާރު ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އޭއީއެޗް އިން ވެސް މިހާރު މި މައްސަލަ ބަލަމުންދާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް އަދި މުވައްޒަފަށް ޖިންސީ ގޯނާކުރި ޑޮކްޓަރު ވަޒީފާއިން ވަކިކުރި ކަމެއް ނޭނގެއެވެ.

މި މައްސަލައިގައި ޝާމިލުވާ ޑޮކްޓަރަކީ މިސްރުގެ ޑޮކްޓަރެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ އޭއީއެޗްގައި މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މީގެ ކުރިންވެސް އޭނާގެ ފަރާތުން ހޮސްޕިޓަލުގެ އެހެން ބައެއް މުވައްޒަފުންނަށް ވެސް ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނުކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި އޭއީއެޗްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޖިންސީ ފުރައްސާރަ އާއި ގޯނާގެ ގިނަ މަސައްލަތައް އަންނަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    ވެބްކެމް ފިލްމު އުފެއްދި އިސް މީހުން ތިބެގެން މިފަހަރު މިއުފައްދަނީ ޖިންސީ ގޯނާ ކިޔާ ފިލްމެއް.

  2. އާޝާ

    ތިޔައީ މަޝްހޫރުވާން ވެގެން ދައްކާހާ ވާހަކަ، ތިޔަ އަންހެންވެރިންގެ ކަންކަންވެސް ހުންނަ ގޮތުން ތިހެން ތިވަނީ