މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ބާރު އެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޭޒުކޮޅުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު ކަން ކުރައްވާ ސައީދު ވިދާޅުވީ މީޑިއާތައް ތަޅު އެޅުމުގެ މި ނިންމުން ފެށެނީ ސީދާ ރައީސްގެ މޭޒުކޮޅުން ކަމަށެވެ. އަދި މިކަމުން އެނގިގެން ދަނީ ސަރުކާރު ބަލިކަށިވެ، މިސްރާބު އޮޅި، ވަރަށް ބޮޑަށް ފެއިލްވެއްޖެ ކަން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެހެންވެ، މިނިވަން މުއައްސަސާތަކުން ސަރުކާރުގެ ބިރަށް ދީއްލާނުލުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ. ސައީދު އެ ޓުވީޓު ކުރެއްވީ ރައީސް އޮފީހާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ރައްޔިތުންގެ މަޖިލިސް ޓެގް ކުރައްވައެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނަށް އަމާޒުވާ ޖިންސީ ފުރައްސާރައިގެ ނާތަހުޒީބު އެތައް ކަމެއް ފެންމަތިވި ވަގުތު މީޑިއާގެ ކޮންޓެންޓް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހިންގާ ނާތަހުޒީބް އަމަލީ މައްސަލައިގެ މިސްރާބު ބަދަލުކޮށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

މީޑިއާތައް ޖޫރިމަނާ ކުރުމުގެ ވިސްނުން ގެންގުޅެން ފަށާފައި މިވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، މީޑިއާތައް ޖޫރިމަނާކުރެވޭނެ ގޮތް ހަދަން، އެމްއެމްސީ އަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފިއްތުންތައް ކުރިމަތި ކުރަން ފެށުމުންނެވެ.

މިކަމާ ގުޅިގެން ގިނަ މީޑިއާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ައޮފްބެ

    ނާތެދެއް.. ކަލޭމެން ތިހެންކިޔަން ރަގަޅު.. ރ. ޔާމީން ވެރިކަމުގައި މުޅިމީޑިޔާތަޢް އޮތީ ހިސޯރުކޮށް މުށުތެރޭގައި..އަބުރުފުޅު ދައުވާކޮށް މިލިޔަނުން ޖޫރިމަނާކޮށް ނުފޫޒު ފޯރުވުމުގައި ހައްދުފަހަނައާޅާފައި..

    10
    27
    • Anonymous

      ކަލޭމެން އެހާ މޮޅުވެގެން ގެނައި ސަރުކާރެއްނު މީ އެހުރިހާ ކަމެއް ހުއްޓުވަން؟ ދެން މިހާރު އެއްތާކުނު މިޖެހުނީ. އަދިމާ ހާލު ދެރައެއްނު

      11
      2
    • Anonymous

      2018 ގެ ކުރިން ރާއްޖެޓީވީން ގަތްގަޑު ހާދާންވެސްނެތުނީތޯ ފުލުހުންގަޔައްއަރާ ފާޑުފާޑު ވީޑިއޯނަގާ ސަލާމަތީ ބާރުތަކާ މެދު ދިވެހިރައްޔިތުންގެ ހިތުގަރުޅިއަރުވަންކުރިމަސައްކަތް ތިއޮތީ ޑިމޮކުރަސީގެ އައްޕަގެހުރިފެންވަރުފެނިފަ.

      10
      2
    • Anonymous

      ރައީސް ޔާމީން ހެއްދެވީ ހަމަ ރަނގަޅަށް، އެހެން ނޫންނަމަަަ ބޮޑު ނޮހޮރޮއްޕާނަކަށް ވާނީ.

      11
      2
    • ބޯހަލާކު

      މިތިބަ ޖާހިލުންތަކާ...ކޮމެންޓް ކުރީމަ ނިމުނީދޯ ތަނެއްދޮރެއްނޭންގުނަސް..!!؟ އޭރުގާނޫނުގަ ބޭނުންހާއެއްޗެއް ނުގޮވޭނެ މިމީހުންއަސް ގާނޫނުބަދަލުކޮއްފަބުނީ ބޭނުންއެއްޗެއްކިޔޭނެޔޭ...އެހެންތަމިހަދަނީ..!؟ ރާޓީވީ ޖޫރިމަނާކުރީ އެހެންވެގެން..!؟

      13
      2
  2. ޔަންބެތަންބެ

    ރާއްޖެޓީވީ އެރައްފަހަރަކު ލައްކައިން މިލިއަނުން ޖޫރިމަނާކުރީ ރައީސްގެ މޭޒުން އަންގައިގެންތޯ

    10
    27
    • Anonymous

      މި ސަރުކާރު ވީމަ އޯކޭ ދޯ އެހެންވެ

      8
      2
    • ފައިރޫޒު

      އޭރު ރާއްޖެޓީވީން ކުރީ ކޮންކަމެއް ޤައުމު ބިނާކުރީތަ. ދޮގުވާހަކަ ދެއްކުން ނޫން ކޮންކަމެއް އޭރު ކުރީ

      13
  3. ސަގަރު

    މޭޒުކޮޅުން ކުޅެނީ ދަށުންދަމާ

    7
    2