ރާއްޖޭގެ ކަނޑު ގަދަވުމުގެ ސަބަބުން އައްޑޫގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ރާޅު އަރަން ފަށައިފިއެވެ.

އައްޑޫ ސިޓީގައި އެންމެ ބޮޑަށް ރާޅު އަރާފައި ވަނީ އައްޑޫގައި ގުޅިފައި އޮންނަ މަރަދޫ އާއި ފަޅުރަށް ގުޅޭ ސަރަހައްދު ފަތާ ޓްރެކް ސަރަހައްދު ފުއްޓަރު ފަރާތުންނެވެ.

އެ ސަރަހައްދަށް ރާޅު އަރަން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖަހާއެހާކަންހާއިރު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެ ސަރަހައްދަށް ރާޅު އެރުމުގެ ސަބަބުން ތާރު މަގުގައި ފެންބޮޑުވެ އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ދަތުރު ނުކުރެވޭ ގޮތް ވަނީ ދިމާވެފައެވެ.

https://www.facebook.com/517853624992093/posts/2966377376806360/

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ އާއި ފޭދޫ އަށްވެސް ދަނީ ރާޅު އަރަމުންނެވެ.

އައްޑޫގެ ބައެއް ރަށްތަކަށް ރާޅު އަރާ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ރާޅުގެ އަސަރު ކުރަމުން އަންނައިރު، މެޓް އޮފީހުން މިއަދު ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ރާޅު އަރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލެއް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއަށް ފޯރާނެ ކަމަށާއި މިކަމުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާހިލް

    މާމިގިލިއަށް ވެސް ވަރަށް ބޮޑައް އުދައެބަ އަރާ.

    10
    • މާމިގިލި ޑޮން

      އަރާޅެ އަރާޅެ އުޅެވޭ ގޮތެއް ނޭނގޭ

      2
      2
    • # ގައުމުގެ ހާލަތު

      ނުވާން ހުންނަ ކަންތައްތައް ވެސް ވާނެ އުޅެވޭ ގޮތެއް ނޭނގޭ މާމިގިލި އަކަސް ކޮންމެ ތަނަކަސް

  2. ޙަލަ

    ޢަދިވެސް ހޭލާކަށްނުވޭތަ ދިވެހިން ހާދަބޮޑު އިންޒާރެކޭ މިއީ ވިސްނާބަޔަކައް އިބުރަތެއް

    38
    • މަންޒޫރް

      މަމެން ކީއްތަ ކުރަންވީ މިތިބީ ގޭގައޭ މާސްކު އަޅައިގެން

  3. ޢަންސާރު

    ޢަދިވެސް ޖާހިލުކަމާއެކު ރޭޕާ،ވައްކަމާ،ނާއިންސާފާ،އޮޅުވާލުމާ (ފަސާދަ).ކުރުމައިގެން އުޅެވޭތޯ ބަލާ...70 ޕަސެންޓް އައްޑޫ މީހުން ދިން ވޯޓުން އައްޑުއަށް ވީ ކަމެެއް އެބަ ފެނޭތަ؟ކޮބާ ސޯބެ މިއަދު ހަތަރުދަމު ވެސް އޮތީ ގޭގަ...ކަލޭމެން ހޭވެރިކަން ވާ އިރު ވަގުތު އޮންނާނީ ފާއިތުވެފަ....

    3
    1
  4. ކަމަނަ

    މީ ދުނިޔޭގެ ޤާނޫނަކީ، ރާއްޖޭގެ ޤާނޫނު ހަދާ ކޮމެޓީ ކޮބާ ކުރީސަރުކާރުނަމަ މިވެރިން ދައްކާފަ ނުދައްކާނެ ވާހަކައެއް ނޭނގެއި