ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ބޯޓު ކެޕްޓަނުން މަސްތުވާތަކެތި ބޭނުން ކުރާކަމަށާއި އެފަދަ ފަރާތްތަކުން ހައްޔަރު ކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔާ، ޖާބިރުގެ ދަތުރު ކުރައްވާ ބޯޓު ފަހަކަށް އައިސް މާ ގިނައިން ފަރަށް އަރާ ކަމަށާއި، އެއީ ކީއްވެގެންތޯ އާއި، އެފަދަ ހާދިސާ އެއް ދިމާވާ ވަގުތު އިއްތިފާގުން ނަމަވެސް ޖާބިރުއަށް އެ ބޯޓުގައި ހުރެވޭ ކަމަށް ސުވާލު ކުރެއްވުމުން ޖާބިރު ވިދާޅުވީ، ސަމުގާ މައްސަލަ ދިމާވެ އެފަދަ ހާދިސާ ހިނގާފާނެ ކަމަށެވެ.

މިފަދައިން ވިދާޅު ޖާބިރު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބޯޓު ތަކުގެ ބައެއް ކެޕްޓަނުން މަސްތުވާ ކަމަށް ތުހުމަތު ކޮށްފައެވެ.

"ދިވެހި ރާއްޖޭގެ ކެޕްޓަނުން ހަކުރު ބޮނީ. ދެރަ ދެއްތޯ. ގިނަ ކެޕްޓަނުން އެހެން ބޯޓުގައި އެކަނިތިބެ ހަކުރު ބޮނީ. ދެން އަންނަ ބޭރު މީހުންނަށްވެސް ހަކުރު ދޭން މީހުން އުޅެނީ. ދެން އަނެއްކާ ހަކުރު ދީގެންވެސް މީހުން މަސައްކަތް ކުރާ އާދަކާދަވެސް ހުރީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެފަދަ ފަރާތްތައް ފާސްކޮށް، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.

ޖާބިރު ދަތުރުކުރައްވާ ބޯޓުތައް ފަރަށް އަރާ ވާހަކައަކީ ގިނަ ބައެއްގެ މެދުގައި އާ ވާހަކައެއް ނޫނެވެ. ދާދިފަހުންވެސް ޖާބިރު ދަތުރުކުރެއްވި "ގްރާންޑޭޒާ" ނަމަކަށް ކިޔާ ޔޮޓް ބޮޑުމޮހޮރާ އިން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ވަނީ ފަރަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނު ކައި--

    ބޭފުޅާގެ ބޯޓު އަބަދު އުޅޭނީ ފަރުން ނުނެއްޓިގެން ކަމަށް ވާތީ ބޭފުޅާ ގެ ބޯޓު ކެޕުޓަނު އެންމެ ފުރަތަމަ ކޮވިޑާެއި ޑުރަގު ޓެސް ހަދަން ފެންނަނީ

    26
  2. މާމީ

    ޢަބަދު ބޮއެގެން ތިބޭމީހުނައް ހީވާނީ އެހެން މީހުން ވެސް ތިބެނީ ބޮއެގެން ހެން. އެއީ ވާގޮތަކީ.

    12
  3. ރަބަރޭ

    މަނިކުފާނު ދަތުރު ކުރަށްވާ އުޅަދުތަކުގާއި މިމަށްސަލަ ސުވާލުއުފެދޭހާ ގިނައިން ދިމާވާތީ އަޅުގަޑަށް ވިސްނެނީ މަނިކުފާނު ފެންފޮދު ހިއްޕަވާ ކަރުދިގު ފުޅިން ކެޕްޓަނަށްވެސް ފެންބޯން ދެއްވަނީހެން ވީމާ ކެފްޓަނަށް ސަންރައިސް ފެންނަގޮތް ވީމާ ފަރުތަކެއް އަދި ސަމުގާއެއްވެސް ނުފެނޭ
    ބޮޑުވަރު

    16
  4. ކައްބެ

    އަޑުއެހިން މަޖިލީހުގެ ވަންނަގޭޓުގަ ހަކު ރު ޓެސްޓުކިޓެއް ހަ ރުކު ރަން އުޅުނުވާހަކަ އެބަސް ނިސްބަތްވަނީ ކާކަށްތޯ.

  5. މަބޭ

    މަޖުލިސްވެސް މިދުވަސްކޮޅު މުޅިންހެން ފަރައްއަރާފަ އެތަންވެސް އަމަވަރައް ހާލުގަ

    14
  6. ލަކީ

    ހެހެ ކަންޑަ އެޅިގެނ ރާވާއިގެން ކުރާކަމެއް މި ވާގޮތަކީ
    ބޯޓް ފާރަށް އަރުވާލަނީ ކަންޑައެޅިގެން ދެން ބޯޓް އަރުވާލަނީ އެހިސާބުގެ ފަޅުރަށަކަށް ދެން އެފަޅުރަށް ހޯދަން ދަނީ ކައުންސިލަށް ގޮސްމިބުނަނީ މިރަށުގަ ޑީކޯ
    ޗެމްބަރ ހަން ރައް ދޭށޭ އޭރުން ވަރަން ރަނގަޅުވާނެޔޭ

  7. ހަމަ މީހާ

    ބޯޓު ކެޕުޓަނުން އެކަންޏެއް ނޫން. ތިކަން ކުރާ ޕައިލެޓުން ވެސް މަދެއް ނޫން. މީ ސީރިއަސް މައްސަލަ ތަކެއް!

    10
    1
  8. ޖާޕޭ

    ޗެކްކުރާނަމަ ކަލޭވެސް ތިތާކު ނުހުންނާނެއްްނު.