ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވަގުތުން ވަގުތަށް އެމީހުންގެ ގައުމަށް ފޮނުވާލަން ޖެހޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ބިދޭސީން ގައުމަށް ފޮނުވާލަން ޖެހޭ ކަމަށާއި، އެ މީހުން އޭނާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވިޔަފާރިވެރިން ބިދޭސީ މީހުން ރާއްޖެ ގިނަ ކުރާ ވާހަކައަކީ އެއީ ދޮގެއް ކަމަށެވެ. އަދި ވިޔަފާރި ވެރިން އެފަދަ ކަމެއް ނުކުރާނެ ކަމަށްް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން ޖާބިރު ވަނީ ބިދޭސީންނާއި ނުލާ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ހިންގޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޖާބިރު ވަނީ ބިދޭސީންގެ ބަޔަކު އޭނާއަށް އިންޒާރު ދިން ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން ހުޅިމެންދޫ ފަރަށް އޭނާ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިގެން އެރަށަށް ފައިބައިގެން މިސްކިތުގައި ހުއްޓާ ވަލު ތެރެއިން ފަސް ވަރަކަށް ބަންގްލަދޭޝް މީހުން އައި އައިސް މަރާލާނެ ކަމަށް ބުނި ކަމަށެވެ.

އަދި އެވަގުތު ތަންކޮޅެއް ބަލި ކަށިކޮށް ހުރުމުން ގަތް ބިރެއްގެ ބޮޑުކަމުން މިސްކިތަށް ވަދެ ދެ ރަކުއަތުގެ ނަމާދެއް ކޮށް، ދުއާ ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެކަހަލަ ކިތަށް މީހުން އެރަށުގައި އެބަ އުޅޭ ކަމަށް އެވަގުތު ހިތައް އެރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އެމީހުން ކުރި ކަންތަކުގެ ވާހަކަ ކިޔައިދިން ކަމަށާއި އޭގެ ޖެހިގެން އައި ދުވަހު ބަންގްލަދޭޝް މީހުން ދިވެހި ސިފައިންގެ ގަޔަށް އަރާފައިވާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"ވަގުތުން ވަގުތަށް ބަންގާޅު ހުރިހާ އެންމެން ބޯޓަކަށް ލާފައި، މިހާރުން މިހާރަށް ދިވެހި ރާއްޖޭގެ ޑިފެންސް ފޯސް ޖެނެރަލް ޝަމާލް މިހާރު އެމީހުން ފޮނުވާލަންވީ. އަޅުގަނޑު ޖެނެރަލް ޝަމާލްއަށް އެންގިން އަޅުގަނޑު ގައިގައި ޖަހަން އެމީހުން އައި ވާހަކަ" ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖ

  ޖާބިރު މުސާރަ ދީނީންތަ؟ އެމީހުންނާ މެދު ކަންތަށް ކުރީ ކިހިނެތް؟

  28
 2. ލޫސިފާރ

  ތީ ހީވަނީ ބޮޑަށް އެލްއެސްޑީ ޓްރިޕެއްހެން

  21
  2
 3. ތަޚާނުގެ ޢަލިދީދީ

  ގައުމުގެ ވެރިމީހާ ބުނަނީ މިގައުމަށް އަދިވެސް އިތުރު ބިދޭސީން ބޭނުންވެއޭ. ޖާބިރު ތިބުނަނީ ބޭނުމެއްނުވެޔޭ. ކާކުގެ ބަހެއްބާ ގަބޫލުކުރާންވީ؟

  22
 4. ފެކްޓް

  މި ކޮވިޑްގެ ކަންކަމާއެކު ބަންގާޅު ރައްޔިތުންގެ މައްސަލަވެސް ނިމެން ޖެހޭނީ ހައްލުވެގެން. އެއީ މަޖިލޯހުންވެސް ބާރު އަޅަނިކޮާް ހައްލު ވާނެ ކާމެއް.
  އޖކކނޮމިކް މޖނިސްޓްރީން އަންހަންވީ ރަށުކައޖންސިލްތަކަށް، އެ ރަށެއްގައި ޤަވާއިދާއި ޚިލާފަށް އުޅޭ މީހުން ހޯދާ މިނިސްޓްރީަަށް އެންގުމަށް. ހަމަ މިގޮތަށް އަމިއްލަގޮތުން ރާއްޖެ އައިސް އުޅޭ މީހުންވެސް ޖެގޭ ފޮނުވާލަން

  13
 5. ސަލީބް

  ކަލޭގައިގަ ޖަހަން ދިވެހިންނާދެތަ..؟

  25
  1
 6. ބިލެތުގެ ދާމޫގަނޑު

  ތިކޮންމެވެސް ދިވެއްސަކު ފޮނުވައިގެން އައީ ކަމަށްވާނީ ނަސީބެއްނު މަގޭ ޖާބެ ސަލާމަތްވިކަން ހައްތަހާވެސް އުޅެނީ ރޯޔަލް ބަންގާޅު ބޭފުޅުން

 7. ައަހުމަދު

  ޖާބިރު ބުންޏަސް ރަނަގަޅުވާހަކައެއް ވާނީ ރަނގަޅުވާހަކަޔަކަށް ، ތިބައިގަނޑު މިހާރުންމީހާރަށް ބޭރުކޮށްލަން ވީ ތީމިޤައުމށް ހުރިބޮދުނުރައްކަލެއް،

  15
  3
 8. ނަން ދޫ ލާލު

  އެމީހުންލައްވާ ބުރަ މަސައްކަތް ކުރުވާފައި ލާރި ކޮޅު ނުދީ ކިތަކެއް މީހުން ރަށަށް ފޮނުވީ@ ވީމާ މީހުންގެ ހައްގު ތަކަށް އަރާފައިވާ ކަމަށް ބެލެވޭތީ ބޭފުޅާ އަށް ވިޔަފާރީގައި އެއްވެސް ކުރިއެރުމެއް ނުލިބެނީ@ އެހެންވީމާ ލާރި ކޮޅު ދޭން ޖެހޭ މީހުންނަށް ދީފައި ބޭެރު ކުރާ ވާހަކަ ދައްކަ ބަލަ

 9. ޖާބޮއި

  ބިދޭސީންނާ މި ކިޔާނީ ބަނގްލަދޭޝް މީހުނަށްކަމަށް ލަފާކުރެވެނީ، ރޭސިޒަމްގެ ބޮޑެއް

 10. ޖަހަންގިރި

  ޔޮޓްޓުއާސް، ގެ ކިތަށް ބިދޭސީ މުވަށްޒަފުންގެ މުސާރަ ދީފިންތޯ؟ ދައުލަތަށް / މީރާ އަށް ދައްކަވަންޖެހޭ ދަރަނި ހަލާސްކުރައްވައިފިންތޯ؟ މިސާލަކަށް (ވެސްޓްޕާކް)