ރޯޔަލް ރޭޕްގެ ވާހަކަ ދައްކާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އެލެކްސް އަހްމަދު" ޓްވިޓާ އެކައުންޓުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

އެލެކްސް އަހްމަދުގެ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ "ރޯޔަލް ކަލްޓް" ކިޔާފައި ޓްވީޓް ކުރަނީ ރައީސް މައުމޫނުގެ 30 އަހަރު މި ރާއްޖޭގައި ރޭޕް އަކަސް ޖިންސީ ގޯނާ އަކަސް އަދި ވައްކަމާއި އަނިޔާ ކުރުމުގައި ހެސް ކިޔާފައި އުޅުނު މީހުންނާއި އެމީހުންގެ ގާތް މީހުން ކަމަށެވެ. "ދެފުއްކެހެރި ވިޔަސް ފުކެއް ބޮޑު، ރޯޔަަލް ވީމަ އެނގޭނެ، މީހުން ތިބެނީ އަނދަގޮނޑީގައި،" އެލެކްސް އަހްމަދުގެ ޓްވީޓްގައި ވެއެވެ.

އެލެކްސް އަހްމަދުގެ ޓްވީޓަށް ރިޕްލައި ކުރި ގިނަ މީހުން ވަނީ "ރޯޔަލް ރޭޕް" ގެ އަޑު ކަނޑުވާލަން މަސައްކަތް ނުކުރުމަށް ނަސޭހަތް ތެރިވެފައެވެ. މިއީ ކުރީ ސަރުކާރުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމްޑީޕީން ކަންކަން ރަނގަޅު ކުރަންވީ ވަގުތު ކަމަށް ވެސް ގިނަ މީހުން ކުރި ރިޕްލައި ތަކުގައި ބުނެފައި ވެއެވެ.

ހުޅުމާލޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުނުކޮށް ދޫކޮށްލާފައި ވަނީ އޭގެ ތެރެއިން އެކަކީ ރައީސް ޞާލިހްގެ އާއިލާ މެންބަރަކާއި ގުޅުން އޮންނަ މީހެއް ކަމަށް ވާތީ ކަމުގައި ބައެއް މީހުން ބުނެއެވެ.

ހުޅުމާލޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ މީޑިއާތަކުން ގެނެސްދިން ގޮތުން އެމައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަޒާ

    އެލެކްސް އަހްމަދަކީ އަސް ނަޝީދުގެ ފަރަންޖީ ނަން ދޮގެއްތޯ؟؟؟

    86
  2. ކޮރޯނާ

    ކަލޭ ކިތަންމެ ރުޅިއަޔަސް ހަމަ ކަލެޔާ ކަލޭގެ ރޯޔަލް ރޭޕް ސަރުކާރު

    112
  3. ދަންބެރު

    ނުރުހުން ފާޅުކުރިޔަސް މުޒާހަރާ ކުރިޔަސް ގޮނޑިދުއްވިޔަސް ރޯޔަލް ރޭޕުގެވާހަކަ ދައްކާނަން އެވާހަކަމޭޒުދަށުން ނިންމާލުމުގެ ބާރު ރައީސްސޯލިހަކަށްވެސް އަދި މަޖިލީހުގެ ހުދުމުހުތާރު ވެރިޔާއަކަށްވެސް ލިބިގެނެއްނުވޭ އެނގިވަޑައިގެންފިތޯ.!!

    118
  4. ލައިލާ

    ގޯސްކޮށް ކަމެއް ކުރެވުނީމަ އެކްން އިސްލާ ހް ކުރުމުގެ ބަދަލުގަ އެހެންމީ ހުންގެ ކުށް ދައްކައި އެވާ ހަކަ ދައްކާނީ ޖާހިލުކްން އިންތި ހާއަށް ގޮސް ފައިވާ މީ ހުން އެހެންނާ ފަ ހެ 30 އަހަރު މައުމޫނު ވެތޮކަން ކުރިގޮތް ކަމު ނުގޮސްގެން ނޫންބާ ވެތިކަން ބަދަލުކޮށް ވެރިކަން ހޯދަން ބުއްޅަބޭމެން މަގަށްނުކުތީ ތިޔަ އެލިކްސް އަކީ އަދި ތަންދޮރު ނޭގޭ މީ ހަކަށްވާނީ ނޫނީ ހަދާން ނެތީކަންނޭގެ ބަދަން ކާން އާދަކުރޭ ހަދާން ގަދަވާނެޔޯ ބުނާތީ އިވޭ

    54
  5. ކަނބާ

    ލާދީނީ ކޮންމެ ކަމަަށް މީނާ ތާއީދު ކުރާނެ. މިކަންކަމަކީ މިޤައުމުގައި ފަތުރަން މީނާ ބޭނުންވާ ކަންތައްތައް.

    94
    1
  6. ކައުންސެލަރު

    ހަހަހާ، މިކަލޭގެއަށް މިކަންބޮޑުވީދޯ. ހަޖަމުނުވީ؟ ވަރަށްސޮރީ!!! އެކަމަކުވެސް ކިޔާނަން.. #ލާދީނީ... #ރޯޔަލްރޭޕް ކަޑަ؟؟

    68
    2
  7. އީތޭން

    ރޯޔަލް ރޭޕިސްޓުން ހައްޔަރު ކުރޭ... އެލްކްސް ހައްޔަރު ކުރޭ... އެލްކްސް އަކީ މަސްތުވާތަކެތި ބޭނުން ކޮށްގެން ރޭޕް ކުރަން ސަޕޯޓް ކުރާ މީހެއް... Say No to Rape،

    83
  8. ކައްބެ

    ޢެލެކުސް ހައްޔަރު ކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން..

    52
  9. އަހުމަދު

    މީވާ ރޭޕަށް ފޯރިހުރި ސަރުކާރެއް، ޕާޓީތައް ބާއްވައިގެން ގަތްގަނޑުމީ ނަޝީދަށް މިކަންބަލާކަށް ނުކެރޭނެ

    51
  10. އަހުމަދު

    ރިހޭ ފައި މައްޗަށް ފަޮއި ކޮންމެ ދުވަހަކު ކަމެއް ނުހިގާ ދުވަހެއް ނުދޭ
    މިއޮތީ ވާ ސަރުކާރެއް އަބުރުގެ ގާނޫނު އުވާލެވުމުގެ މޮޔަ މިއަދު ހިތައް އަރާނެ
    ސަރުކާރު ނޭވާ ހޮޅި އަށް އެޅިއްޖެ ހަދާނެ ގޮތް ހުސްވެގެން ރައީސް ރޮނީ
    ސަރުކާރު ގެ ބޮޑު ތަނބެއް ބިނދިއްޖެ
    ބަލަ ހަސަން އިސްމާލު ބަނޑޭ ކީއްވެ ސަސްޕަންޑު ނުކުރަނީ ވަކި ނުކުރަނީ
    އެކި މީހުނަށް އެކި ގޮތް އަލީ ވަހީދު ވީމާ ވަކި ކުރީ

    39
  11. ސަޓޯ

    އަންނިއަކީ ވަގުއައިޑީ ހަދައިގެން އުޅޭ ވަގެއް!!!

    54
  12. އެއްލޯޖޯބެ

    މި ނަޝީދުއަކީ މިގައުމަށް ޖެހިފައި ހުރި ބޮޑު ބަލާވެރިކަމެއް!!!

    64
    2
  13. ޙިޔަޅު

    7 ފެބްރުއަރީގަ ހެދި ގޮތަށް ނިކުމެ ނިކަން މީނަ ހަންމަތަ ކޮށްލަބަލަ..މި ފަހަރު ފިލަން ދޫކޮށްގެން ނުވާނެ.ބޮޑު ބަލާއެއް މީނަޔާ ހެދި

    26
    1
  14. މަރީ

    ތިޔަ ސަފާރީގައި އަނެއްކާ އެލެކޮސް އުޅުނުބާ؟

    23
  15. ތާކިހާ

    ގެލެކްސީ އަހުމަދޭ، އޭނަ ޓްވީޓްވެސް ކުރޭތަ؟ އެއީ އޮލިންޕަހުގައި ގިޓާ ޖަހާމީހެއްނޫންތަ؟ ހޫން މިއުޅޭ އެލެކްސް ދޯ؟ލަންޑަނުއެލެކްސް ހޫންހޫން ދިވެހި އެލެކްސއަކީ ދިވެހި ރަންނަމާރި ކަމަށްވެދާނެބާ؟

    16
  16. ނަައީމް

    އައްނިއަށް ތާއިދުހުރާކުދިން މިހަމާބުނަނީ ކީކޭބާ ؟؟؟ ގައުމު ހަލާކުވިޔަސްއައްނިބޭނުންވާމީހުން މިގައުމު ފުނޑާލުމުގާ ބައިވެރިވީ ކަމުގާބެލެވިދާނެތޯ؟؟؟؟

  17. ކަތިވަޅި

    އެއް އަކައުންޓު މި ގެންގުޅެނީ ރަސްމީކޮއް ތިމާގެ ފުށުގަ ނެެތްް “މާތް ކަމާ އަދަބުވެެރިކަމާ ރިވެތި އަޚްލާގް އާ ބަނީ އާދަން ކަން” ދައްކަން. އަނެއް އެކައުޓް މި ގެންގުޅެނީ ތިމާފިލާ އޮވެ ތިމާގެ އަސްލު ސިފަ ނެރެ، ހިތުގައޮތްނަފްރަތާ، ކަޅު އަދިރިކަމާ، ފެންވަރުދައް އަޚްލާގުގެ ގެ އަސްލު ސިފައިގަ އެއްޗެހި ގޮވަން. މީ ދެފުއްދެގޮތް ވުމުގެ ލާމަސީލު މިސާލެއް!

    13
  18. ޢަބްދުއްލަޠީފު

    "ހުޅުމާލޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުނުކޮށް ދޫކޮށްލާފައި ވަނީ އޭގެ ތެރެއިން އެކަކީ ރައީސް ޞާލިހްގެ އާއިލާ މެންބަރަކާއި ގުޅުން އޮންނަ މީހެއް ކަމަށް ވާތީ ކަމުގައި ބައެއް މީހުން ބުނެއެވެ." ރައީސް ޞާލިޙުގެ ދެދަރިންގެ ޙިއްޞާ އޮންނަ ޕޭން ރިއަލްސްޓޭޓް ކުންފުންޏައް ގެއްލުން ލިބިދާނެތީވެ ހުޅުމާލޭގެ 7000 ފުލެޓްގަ ބަގުޑި ބެއްދިފަދައިން ތިޔަކަންވެސް ނުހިންގާނެހެން ލަފާވެސް ނުކުރެވޭ.

  19. ނަައީމް

    ދައްކާށެވެ ހަމަ ގިނަގިނައިން ދައްކާށެވެ ބިރާނެތި މަޖާކުރާވާހަކަވެސް ގިނަގިނައިންދައްކާށެވެ ކާހިނުކަލޭގެއަށް ފައިސާނުދޭތީވެ ބާރުކެނޑެނީއެވެ ސިހުރުހާހޫރައިގެބާރުން ވެރިކަން މަކަރާއި ހީލަތުން ދަމައިގަނެގެން ވަކި ޖެހުނު ހިންހަމަ އެއްއެބައޮތްތޯއެވެ ތިޔަކަލޭގެ ތިތަނަކަށް އެރިފަހުން އަބަދުމެ ކޮންމެވެސް މުސީބާތެއް ރައްޔިތުނަނަށް އެބަލައްވާތައެވެ. ރައްޔިތުންނޭވެ