ގދ.ނަޑެއްލާ އަށް މިއަދު ހަވީރުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރައި ބައެއް ގެތަކަށާއި، ގަސްތަކަށާއި ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެއެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވީރު 16:00 ހާއިރުން ފެށިގެން އެރަށަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"އަށް ސަތޭކަ ވަރަކަށް ފޫޓަށް ވަނީ އުދަ އަރާފައި. އުދަ އެރި ސަރަހައްދުތަކުގައި ހުރި ހުރިހާ ގަހެއް ވެސް މަރުވެގެން ދާނެ. މިހާތަނަށް ނުވަ ވަރަކަށް ގެއަށް ވަނީ ލޮނު ވަދެފައި. އެގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ. މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ލޮނުގަނޑު ހިއްކަން." ފައިސަލް ނަޖީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ވެސް ނަޑެއްލާ އަށް އުދަ އަރައިގެން މިވަރުގެ ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ.

ނަޑެއްލާ އަށް އުދަ އަރަން ފެށުމާއި އެކު އެމްއެންޑީއެފް އާއި ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަދި އަތޮޅު ކައުންސިލަށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ނަޑެއްލާ ކައުންސިލުން މައުލޫމާތު ދެއެވެ. ނަޑެއްލާގެ އިތުރުން ބައެއް އެހެން ރަށްރަށަށް ވެސް މިއަދު އުދަ އަރައި ގެއްލުންތަކެއް ލިބިފައި ވެއެވެ.

މިއަދު ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް ރާޅު އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢެކަމަކު ވާ

    ސުނާމީ އަކާ ކޮބާ ތަފާތަކީ؟މީހުން މަރުނުވާހާ ކަން...ހޭ އަރާ...

    18
  2. ދަވާލި19

    އުދައެރުން ހުއްޓުވަން އުޅަކީ ރަނގަޅު ވިސްނުމެއްނޫންކަމައް ހިއްތަކުގެރައީސުބުނަނީ

    19
  3. ކައުންސެލަރު

    މިދުވަސްކޮޅު ރާއްޖޭގެ ބަޔަކުދަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން، އަނެއްބަޔަކުދަނީ މީހުން ރޭޕް ކުރަމުން. އަނެއްބަޔަކުދަނީ މީހުންގެ ޙައްގުތަކަށްއަރައިގަނެ އެމީހުންގެ ހަލާލު މުސާރަނުދީ ބިކަކުރަމުން، އަނެއްބަޔަކުދަނީ މަތިންއަންގާ އޯޑަރަށް އެމީހުންނާ ހަވާލުކުރެވިފައިވާ ތަހުގީގު ނުކޮށްދޫކުރަމުން، އަނެއްބަޔަކުދަނީ ގެސްޓްހައުސްތަކުގައި ބިރަކާނުލާ މަޖާކުރަމުން.
    ހަމަބުނެލީ.
    ވަރަށްވެދުން

    38
  4. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

    ރައްޔަތުންނޭ ﷲއަށްބި ރުވެތިވޭ އަދުލުއިންސާފަކީ ވަކިބަޔަކުބޭނުންގޮތަކަށްހިންގާ ސަ ރީއަތަކަށްވެންނުވާނެ ކޮންމެމީހަކައްވެސް އިންސާފްލިބެންޖެހޭނެﷲއަށް ފު ރައްސާ ރަކު ރުން ރަސޫލާސަލަﷲއަށް ފު ރައްސާ ރަކޮށް އިސްލާމްދީނައް ފު ރައްސާ ރަކޮށް ފައިތިބިމީހުން ސަ ރުކާ ރުންހިމާޔައްކޮށްގެން ގެންގުޅެމަތީމަގާމުދީ ބައިތިއްބައިގެން މިއަދުމިވަނީނިކަމެތިވެހާލުގަޖެހި އިތު ރުމުސީބާތުގެ ބި ރުވެ ރިކަމާކު ރިމަތިލާންޖެހިފަ ކާކުތޯމިކަމުންސަލާއްމަތްކޮށްދޭނީ އެވަ ރުގެކުޅަދާނަކަމެއް އެބުހު ރިތޯނިކަމެތިބާ ރެއްނެތްއިންސާނާ

  5. މަޖުބޫރީހާލަތް

    މީހުން ނުހައްގުން ޖަލައްލާ ސިޔާސީ ދައުވާކޮއް ރޭޕުގިނަވެ ވައްކަން ގިނަވެ ރިސޯޓު މުވައްޒަފުން ހާލުގަ ޖެއްސާ ދީނައް ހަޖޫޖެހީމަ ވާނެގޮތްތީ

    10
  6. ރާޖެ ތެރެ

    ތިވެސް ރ.ޔާމިން ވެރިކަމުގަ ހުންނެވިނަމަ ކޮންކުރިޓް ހިލަ ތޮަށިން ރަށްވަށާ ތޮށިލުމަށް މަސައްކަތް ކުރީސް ކީއްކުރާނީ ކަލޭމިން މޮޅުތަކެއްވާނެ ކަށް މި އޮއް ނުކުޅެދޭ ސަރުކާރު ގެނައީމަ ދެންތިބޭ ރޯޔަލް ސޯލިހު އޭކިޔަކިޔާ އިރާދަކުރެއްވިއްޔާ ރ.ޔާމިން ވެރިކަމަށް ﷲ އިރާދަފުަލުން އާދެވިއްޖިއްޔާ ރާއްޖޭގެ ރައްތަކުގެ ވަށާ ހިލަ ތޮށި ލުމުގެ މަސައްކަތް ފައްޓަވާނެ އިންޝާ ﷲ

    10