ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 11 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު އިތުރު 64 މީހަކު ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2617 އަށް އަރާފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2238 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބީ 361 މީހެކެވެ.

މިއަދު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް މިއަދަކީ ހުކުރު ދުވަސް ކަމަށް ވާތީ މިއަދު ކޮވިޑް-19 އާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން ފައްސިވި މީހުންގެ އަދަދު އިތުރުވުމާއި ގުޅޭ ގޮތުން އެޗްއޯސީގެ ބަހެއް ނުލިބެއެވެ.

ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން މިދަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލިތާ ދެހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު