މަޖީދިއްޔާ ސްކޫލްގެ އަންހެން ޓީޗަރަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ބެލި ބެލުމުން އޭނާ މާލެ އާއި ހުޅުމާލޭގައި އުޅެމުންދާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އަދި އޭނާ ފެނިފައިނުވާ ކަމަށް އާއިލާ އިން ބުނެފިއެވެ.

އޭނާ ގެއްލިގެން އާއިލާ އިން އޭނާ ހޯދަމުން ދަނީ ރޭ 19:30 ހާއިރު ގެއިން ނިކުތް ގޮތަށް ގެއަށް އައިސްފައި ނުވާތީ ކަމަށް އާއިލާއިން މީޑިއާ އަށް މައުލޫމާތު ދީފައިވެއެވެ. އޭނާ ގެއިން ނިކުތީ ސްކޫލްގައި އޮތް ބައްދަލުވުމަކަށް ކަމަށް ބުނި ކަމަށާއި ނަމަވެސް ފަހުން ބެލިބެލުމުން ސްކޫލްގައި ބައްދަލުވުމެއް ނެތްކަން އެނގިފައިވާ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.

ފުލުހުން މިރޭ ވިދާޅުވީ އުމުރުން 32 އަހަރުގެ އަންހެނަކު ގެއްލިގެން އާއިލާގެ ފަރާތުން މިއަދު ހެނދުނު 09:48 ގައި ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

"އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އަދި އެހެނިހެން ގޮތްގޮތުން ކުރެވުނު. ފުލުހުން ކުރި މަސައްކަތުން މާލެ އާއި ހުޅުމާލޭގައި އޭނާ އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި." ފުލުހުން ވިދާޅުވިއެވެ.

އާއިލާގެ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސީސީޓީވީ ކެމެރާތަކުން އޭނާ ހުޅުމާލޭގައި އުޅެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި ނަމަވެސް އޭނާ އަދި ނުފެންނަ ކަމަށެވެ.

އަންހެން މީހާ ގެއިން ނިކުމެގެން ގޮސް، އެހެން ތަނެއްގައި އުޅެނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަޅުގަނޑު

    ތިވާނީ ގޭގަ އުޅޭ މީހުންގެ އުނދަގޫ ބޮޑު ވެގެން ގެއިން ނުކުތީ ކަމަށް.
    އެހެންވެ މީޓިން އަކަށޭ ކިޔާފަ ދޮގު ހަދަން އޭނަ އަށް މަޖުބޫރުވީ.
    ބައެއް އާއިލާ ތަކުގަ އުޅުމަކީ ޖަލުގަ އުޅުމަށް ވުރެ އުނދަގޫ ކަމެއް.
    މަޖީދިއްޔާ ޓީޗަރަކު ބުނީ އެ އަންހެން މީހާ އަށް ބަލާލީމަ ވެސް އެނގެޔޯ ކޮންމެވެސް މައްސަލައެއް އުޅޭކަން، ވަރަށް ވާހަކަ ވެސް ނުދައްކާނެޔޯ.
    އެއްވެސް މީހަކު މަޖުބޫރު ވެގެން ނޫނީ އެ ގޮތައް ގެއިން ނުކުމެގެން ނުދާނެ. ކިތަންމެ ލޯބިވާ ކަމަށް ހެދިގެން އުޅުނަސް ބައެއް އާއިލާ ތަކުގެ މީހުންނަކީ އެއްވެސް ރަހުމެއް ހުންނަ ބައެއް ނޫން......

    111
    9
    • މަލްހާ

      އެހެން ވިޔަސް ފުލުހުންނަށް އޭނަ ވީތަނެއް އިނގެން ޖެހޭނެ ދޯ އޭނަ ސަލާމަތުން ހުރިތޯ ނެތްތޯ ވެސް ބަލަން ޖެހޭނެ ދޯ؟ ޑިޕްރެސް ވެގެން ސުއިސައިޑްވެސް ކޮށްފާނެ ނޫނީ މީހަކު މަރާލަވެސްފާނެ . ތީނަ ކިހިނެއް ތިހާ ޔަޤީން ކަަމާއެކު ތިބުނަނީ އޭނަ އަމިއްލައަށޭ ދިޔައީ؟؟؟؟ މަށަށް މިހާރު ތީނައަށް ޝައްކު ކުރެވެން ފަށައިފި

      21
  2. ހ

    ޖުންޑަރ މިނސްޓްރީ!

    39
    1
  3. Anonymous

    ފޯނުވެސް ނުލާތަ ދިޔައީ... ލޮކޭޝަން ޓްރޭސް ނުކުރެވޭތަ

    59
    • ކުއްޖާ

      ލޮކޭޝަން ޓްރޭސްކުރެވޭ ޚިދުމަތް ގޫގަލް ފަދަ ކުންފުނިތަކުން ރާއްޖެއަށް ނުދޭކަމަށް އައިޓީ ސޮރަކު ބުނީ. ލޮކޭޝަން ޝެއަރިންފަދަ ޚިދުމަތް ލިބޭނަމަ މީހުން ހޯދަން ކޮންމެ ފަހަރަކު ފުލުހަށް ދާން ނުޖެހޭނެ.

      16
    • ކަމަނަ

      ފޯނު ނިއްވާލަ އޮތީމަ ހަދާނީ ކިހިނެއް ޓް ރޭސް އެއް ނުކު ރެވޭނެ އެއްނު އަދި މި ރާއްޖޭ ޕޮލިހުން އެހާވަ ރަކުން ހިޔެއްނުވޭ މީހަކު ހޯދަން އުޅޭނެ ހެނެއް

      27
      • ޢަބްދުއްލަޠީފު

        ފޯނު ނިއްވާލި އިރު ހުރި ލޮކޭޝަން ޓްރޭސް ކުރެވޭނެ. އަދި އެހިސާބުގަ ސީސީޓީވީ ހުރިނަމަ ދެންދިޔަ ދިމާލެއްވެސް ބަލާލެވޭނެ. ބަޔަކު ބޭނުމިއްޔާތާ މިހުރިހާކަމެއްކުރެވޭނީވެސް؟

  4. އަލީ ވަހީދު

    އެ ކަނބުލޭގެ ފޯނުން ސިގުނަލް އެންމެ ފަހުން ލިބިފައިވަނީ ކޮން ހިސާބަކުން ކަމަށް ބެލިތަ؟

    18
  5. ދިވެހިކޮރަކަލި

    މާތްﷲ އޭނަޔައް ރަހްމަތްލަށްވާށިވެ

    27
  6. ބަދޫރާ

    މިހާރު ތިއޮތީ ނޫސްތަކުގަވެސް ޖަހާފަ މިހާރު ހަމައެކަނި އާއިލާއެއް ނޫން ދޯ އިންވޯލްވް ވަނީ . ފުލުހުން މީހަކު ހޯދަން އުޅެގެން ފުލުހުންނަށް ފިލާ އުޅުމަކީ ޤާނޫނީ ކުށެއް. 32 އަހަރުގެ މީހެއް އޭނާ ބޭނުންތަނެއްގަ އުޅުމުގެ ހައްޤު އޭނާއަށް އޮންނާނެ އެއްވެސް އާއިލާއަކަށް މަޖުބޫރެއް ނުކުރެވޭނެ އެއްވެސް ކަމަކަށް . އެކަމަކު ފިލައިގެން އުޅެން ޖެހޭ ސަބަބެއް ނޭނގުނު

    10
    1
  7. ހަސަން ތަކުރު

    ފޮޓޯ ޖަހާލިނަމަ ހޯދަން ފަސޭހަވީސް.އެއިރުން ތަނަކުން ފެނުނަސް ރިޕޯޓް ކޮށްލެވޭނެނުން.

    14
    1
  8. މަންޖެ

    އޭނަގެ އާއިލާގަ މައްސަލަ ޖެހިފަ ނުވާނަމަ ގެއިން ނިކުމެގެނ ފިލައިގެން ނުދާނެ. ހީވާ ގޮތުން ތީ ވަރަށް ނުފޫޒު ގަދަ އާއިލާއެއް. އެ ނޫން ނަމަ އެހާ ވަރަށް އޮޅުވާލާފަ ފިލައިގެން ނުދާނެ.
    އެ ވާނީ ބުނެފަ ދާން އުޅުނިއްޔާ ހިފަހައްޓާނެތީ ދޮގު ހަދާފަ ދިޔައީ ކަމަށް.
    އެ ނޫނިއްޔާ ފިލައިގެން ދާންވީ އެއްވެސް ސަބަބެއް ނެއް..

    21
    3
    • ހުސެން

      ބިޓުކާރިއަށް ވެސް ގޮސްދާނެ! ތި އުމު ރުމީހުން އާންމުކޮށް އުޅޭނީ މީހުންނާ އިދެގެން! ފި ރިމީހާ އަކީ ޕާޓޭ އެއްބާ! މި ރާއްޖޭގަ ޕާޓޭ ސޮ ރުންވެސް އެހާ ގިނަ!

    • ރަނާ

      ބޮލައް އެރީމާ ހިލޭ ހެދޭ ދޮގެއް ހަދާފަ ގޮސްދާނެއްނުން ހަމަ.

  9. Anonymous

    އަޅުގަނޑަށް އެނގޭ މިއައިލާ. އެމީހުން ރގޯސްބައެއް ނޫން. ފިލާގެން އުޅެނީ އައިލާ ގޯސްވެގެނެއް ނޫން. އެ ކުއްޖާއަކީ ނަފްސާނީ ގޮތުން މަސައްލަތަކެއް ހުރި ކުއްޖެއް. ކުރިން ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖެގެ ސަބަބުން ކަމަށް ބުނާ އަޑުަހަން

    7
    2
  10. އަޙުމަދު

    ނިޒާމުގެ ތެރެއިން ގެއްލުވާލީ ނޫންބާ؟ ރިލުވާނު ހޯދާނަމޭ ބުނާގޮތަށް މިމީހާ ހޯދަނީތަ.

  11. މޫސަ

    ތިޔަ ކަމުގައި ފެންނަނީ ދެ ގޮތެއް އެއްގޮތަކީ އާއިލާގެ މެމްބަ ރެއްގެ ފަ ރާތުން ފު ރައްސާ ރަ ނުވަތަ އަނިޔާ ލިބުން. އަނެއް ގޮތަކީ އޭނާ ހިތާވެގެން އުޅޭ މީހާ އާއި އާއިލާ ނުގަބޫލުވުން

  12. ބާނާ ބާނާ

    އަނެއްކާ ބުލެކްމޭލެއްތާ ؟ ޕޮލިހުން މިއަށްވުރެއް ޒިންމާދާރުވާންވެއްގޖެ! އޭނަ ދުނިޔޭގައި އެބަ އުޅެއޭ ބުންޏަކަސް ޒިންމާ އަދާ ކުރެވުނީ ކަމަކަށް ނުބެލެވޭ، އާއިލާއިން އެދުނީ އެކަނބުލޭގެ ގެއްލިގެން ހޯދައިދިނުމަށް ،، ކަމެއްވީމަ ދޯ ހޯދަން އެދޭނީ ؟ ކޮންމެ ކަމެއް ގޯހުން ގޯހަށް ދިޔައިމަކާނޫ ތެޅިގަންނާނީ؟ ގެއްލިއްޖެ އަބުރެއް، އިއްފަތްތެރިކަމެއް ، ފުރާނައެއް އަނބުރާ ނުލިބޭނެ ...

    4
    1
  13. ނަައީމް

    މިފަދަކަންކަމުގައި ގާތްތިމާގެމީހުނަށް މުޅުން ވަރަށް މުހިންމު ހަމުގައިފޭ ބޭނުމަކީ މީހަކާދިމާވިޔަސް އެގޭނީ އޭނަވެސް ދަންނަމީހަކަށްވާނަމައެވެ

  14. ސޮނިފުހޭ

    މި ޓީޗަރާ ބެހޭ ގޮތުން ނެގެޓިވް ވާހަކަ ދައްކާ މީހުންނަށް ބުނެލަންއޮތީ ކަލޭމެންނަށް އިންސާ ނިއްޔަތުގެ މާނަވެސް ތިވަނީ އޮޅިފަޔޭ ހޮދު ތިމާގެ އަމިއްލަ އަންހެންދަރި ނުވަތަ ކޮއްކޮ ނުވަތަ ދައްތަ އަށް އެފަދަ ކަމެއް ދިމާވެއްޖެނަމަ މުޅި ހުރިހާ އިދާރާ ތަކަކުން ފޮޓޯތައްޖަހައިގެން މީހެއްގެ އަބުރު ކަތިލަން ތި މީހުންގެ އަމިއްލަ ޒަމީރު ހުއްދަ ދޭނެ ހެއްޔެވެ ތީ ޖާހިލު ކަމުގެ އިންތިހާ ތަރުބިއްޔަތުގައިވާ އުނިކަން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ތައުލީމީދާއިރާ ގައި މަސައްކަތް ކުރާ އަންހެންކުއްޖަކު ތިފަދަ އަމަލެއް ނުކުރާނެ ސަބަބެއް ނެތި މަޖްބޫރުވެގެން ނޫނީ ބައެއްފަހަރު އިންސާނުން މާޔޫސްވެ ގޮތްހުސްވުމުން ކުރަން ބޭނުންނޫން ކިތައްމެ ކަމެއް ކޮށް މައުސޫމް މީހުން ކުށްވެރިންނަށްވެސް ބަދަލުވެ ޑިޕްރެޝަން ]މާޔޫސްވުން[ އެގްރެޝަން [ ކުރިމަތިލާ ބަދަލަކަށް ގެންނަ ހަރަކާތް[ ދެ މަގުން ކުރެ މަގެއް ޚިޔާރުކުރޭ މި ދެމަގަކީ ވެސް ނުރައްކަލުން ފުރިފައިވާ ދެމަގު ﷲ ސިކުނޑި ދެއްވި އިންސާނުން ތިވަރަށް ހަރުކަށިވެ އިންސާނިއްޔަތާ ދުރައްދިއުމަކީ ބޮޑު މައްސަލައެއް ހޮދު ތިމާގެ އަޚްލާގާ މެދު ސުވާލު އުފެދޭ ކަމެއް އޯގާތެރިވެ އިހްސާންތެރިވެ ލައްވާ

    7
    1