ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޒް ހައްޔަރުކޮށް ފުރަތަމަ ބާއްވާފައިވަނީ ޖަނަވާރު ވެސް ބާއްވަން ހެޔޮނުވާވަރުގެ ގޮޅިއެއްގައިކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޢަލީ ހުސައިން ވިދާޅުވީ ރިޔާޒް ހައްޔަރު ކުރުމުން އެހައްޔަރު ކުރެވުނީ މުޅި ކިނބިދޫ ދާއިރާގެ ރައްޔިތުން ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ ހައިކޯޓުން ހުކުމް ކުރީ އިސްތިއުނާފް ނުކުރާ ޕޮއިންޓަކަށް ރިއާޔަތްކޮށްފައި ކަމަށާއި އަބްދުﷲ ރިޔާޒަށް ހުކުމް ކުރީ އަސާސީ ހައްޤެއް ބޭނުންކުރީތީ ކަމަށެވެ.

"ކުއްލި ހާލަތުގެ ދަށުން ބަންދުގެ މުއްދަތު ޖަހާފައިވަނީވެސް ސަސްޕެންޑް ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫންގެ ދަށުން, އެއީވެސް ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް" ޢަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރިޔާޒް ހައްޔަރުކުރީ ޤާނޫނޫނާއި ޤާނޫނު އަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ ބޭރުގެ މުއާހަދާތަކާވެސް ޚިލާފަށް ކަމަށާއި ހައްޔަރު ކުރުމަށްފަހުވެސް ޢަމަލް ކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

"އިންސާނުން ބައިތިއްބަން ހެޔޮނުވާބަރުގެ ތަނެއްގައި. ޖަނަވާރުވެސް ބާއްވަން އެކަށީގެން ނުވާވަރުގެ ތަނެއްގައި ފުރަތަމަ ޢަބްދުﷲ ރިޔާޒް ބާއްވާފައި އޮތީ" އަލީ ހުސެއިން ވިދާޅުވިއެވެ.

ޢަލީ ހުސައިން ވިދާޅުވީ ސިއްހީ ފަރުވާވެސް ރިޔާޒަށް ނުދޭ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށްވެސް ނުގެންނަ ކަމަށެވެ. އެގޮތުން ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދޭތާ ހަފްތާއެއްވެފައިވާއިރު އަދިވެސް ނުގެންނަކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައިކޯޓުން ވަނީ ހުކުމް ކޮއްފައެވެ.
ހައިކޯޓުން މި ހުކުމް ރިޔާޒުގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤަކަށް ފޯނު ހުޅުވައި ނުދިން މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ޖަނަވާރުން ވެސް ބާއްވަން ހެޔޮނުވާނެ ގޮޅިއެއްގައި ރިޔާޒު ބޭއްވި ކަމަށް އަލީ ހުސައިން ވިދާޅުވި ވެސް ނަމަވެސް ރިޔާޒު ބަންދުކޮށްފައި ހުންނަނީ ކޮޓަރިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދުވާލު އެއްކޮށް ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ވެސް އޭނާ އަށް އޮންނަނީ ދީފައެވެ.

އެ މައްސަލައިގައި ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކައްނެލި

    އަބްދުﷲ ރިޔާޒު ވީމާ ޖަނާވާރުން ބާއްވަން ނުވާވަރުގެ ތަނެއްކަންވެސް ތި އެނގުނީ. އޭނަ މީގެ ކުރީގައި އެގޮޅިތަކަށް އެހެން މީހުން ލީދުވަސް ހަނދާން ނެތުނީ ކާކު. މިހާރު ހުދު ފޮތިކޮޅަކަށްވެ ޔަހޫދީ އަކު ޝޭހަކަށްވެސް ތިއޮތީ ބަދަލުވެފަ. ވީ އެންމެ ގިނަ ދުވަހެއްގައި ތީނަ ތިތާނގަ ބާއްވާ.

  2. ހެހެހެ

    އެހެންވީ ވަ ތިބުނަނީ އެގޮޅިގައި މިވީތާ ބޭއްވި މީހުންނަކީ ޖަނަވާރުން ކަމައްތަ؟ ރިޔާޒު ވެސް ހައްޤުން ބޭރުގައި މިއޮތް ހުރިހާ ދުވަހު ހުރީ. އަފްރާޝީމް މަރުގެ އެތައްކަމެއް ސިއްރުކޮށްފަ މިހާރު ކޮން މޮޔައެއް ގޮވާކަށް.

  3. ރުޒާނާ ޗޮއްޕަޓު

    އޭނައަށް އެވަރުވެސް އެއީ މާ ރަނގަޅު ވަރެއް. ބާޣީއެއްނު

  4. ދޫނިދޫ ސޮރު

    ދިވެހި ރައްޔިތުންގެ ވެރިކަން ވައްޓާލަން ބަޣާވާތް ކުރުމަކީ އޭނަ ދިވެހި ރައްޔިތުންނަާ ދެކޮޅަށް ބަޣާވާތް ކުރުން . ވީމާ ހަމަ ރަނގަޅު

  5. ހުސޭނުބޭ

    އޭގެ މާނައަކީ އެގޮޅީގެ ވަޞީލަތްތައް ފުރިހަމަކަމުން ޖަނަވާރެއްވިއަސް އެ ގޮޅިއާ ގާތްކުރާކަށް ނުވާނެޔޭ. އެހައިވެސް ރަގަޅު ތާކުއޭ ބާއްވާފައި އެ އޮތީ.

  6. މުހައްމަދު

    ޖަނަވާރުންނަށްވުރެ ނުބައިވީމާ ތި ބުނާގޮތް ހައްގުވާނެ!