23:37

ބޮލީވްޑްގެ އެކްޓަރު އަބީޝޭކް ބަޗަން ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެ.

23:27

މިއަދު ހަވީރު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ އެންމެ 236 ސުންކު (ސާމްޕަލް) ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި.

22:54

ކޮވިޑް-19 ފެތުރުން އިތުރު ވަމުންދާތީ އިންޑިއާގެ ބެންގަލޫރު އަނެއްކާވެސް ފުރަބަންދު ކުރަން ނިންމައިފި.

22:40

ބޮލީވްޑްގެ މަޝްހޫރު ފިލްމީތަރި އަމީތާބު ބަޗަން ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި.

22:31

ރ.އަތޮޅު ދުވާފަރަށް މީހުން އަރައި ފޭބުން މަނާކޮށްފި.

22:22

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ އަދަދު %15 އަށް އަރައިފި.

22:15

ޑރ.އަލީ ލަތީފް: ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވާން ފަށައިފި. މިހާރު ފެންނަ މަންޒަރަށް ބަލާއިރު ގޭގައި ތިބޭ މީހުންނަށް އަޅުގަނޑުމެންގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ބޮޑު. ސްޓެޓިސްޓިކްސް އަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރު ވާން ފަށައިފި. މިދިޔަ މަހު %4 މީހުން އެޑްމިޓް ކުރަން ޖެހުނު. ނަމަވެސް މިހާރު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު %15 އަށް އަރައިފި. އަދި ދިވެހިންގެ ތެރޭގައި ތަފާތު ބަލި ތަކުގެ މީހުންގެ އަދަދު އިތުރު.

22:06

22:03

މިއަދު ރާއްޖެ އިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:58

މާލެ އިން ރ.އަތޮޅު ދުވާފަރަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:22

މިހާރު އެންމެ ރަނގަޅު ގޮތަކީ ގިނަ މީހުން ވަދެނިކުމެވާ ތަންތަނުގައި އެއާކޯން ނިއްވާލާފައި ބެހެއްޓުން ނުވަތަ އެއާކޯން ޖައްސާފައި ހުރި ނަމަވެސް އިމާރާތްތަކުގެ ދޮރު ހުޅުވާފައި ބެހެއްޓުން ކަމަށް "ޓެލެގްރާފް" ނޫހަށް މައުލޫމާތު ދިން ތަޖުރިބާކާރުން ބުނެފި.

19:23

19:07

18:07

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނެއް މިއަހަރު ލިބުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ސަރުކާރު އިސް އޮފިޝަލަކު ސާފު ކޮށްދެއްވައިފި.

13:26

ކ. ހިންމަފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. ފައްސިވެފައި ވަނީ އުމުރުން ދުވަސްވީ ފިރިހެނެއް.

11:44

ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:33

ކޮވިޑް-19 ގެ ހާލަތު ގިނަ ގައުމުތަކުގައި މިހާރު ގޯސްވަމުން ދަނީ ގިނަ ގައުމުތަކުގެ ލީޑާރުންގެ ނާގާބިލްކަމުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެ.

10:26

މިހާރު މާލޭގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ޖަމާޢަތުގައި ނަމާދު ކުރާއިރު ރަނގަޅު ވާނީ ގައިދުރުކޮށް ތިބެ ނަމާދު ކުރުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ.

09:25

08:20

އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، އިތުރު 849 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.

05:51

05:47

ދުނިޔެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 235,706 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރު. މިދިޔަ 24 ގަޑިއިރު ތެރޭ ޤައުމުތަކުން މި ބަލީގައި 5,388 މީހަކު މަރުވެފައިވޭ.

މިއާއެކު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12,615,367 އަށް އަރާފައި. އަދި ޖުމްލަ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 562,011 އަށް އަރާފައި.

މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ، 7,320,877 މީހެއް. އޭގެތެރޭގައި އިއްޔެ ރަނގަޅުވީ 141,260 މީހަކު ހިމެނޭ.

މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުން ދަނީ 4,732,479 މީހަކަށް. އޭގެތެރެއިން 58,803 މީހެއްގެ ހާލު ސީރިއަސް.

05:45

އެމެރިކާއިން އިތުރު 71371 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 830 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3291370 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 136652 މީހަކު ވަނީ މަރުވެފައި.

05:44

ބްރެޒިލް އިން އިތުރު 45235 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1270 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1804338 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 70524 މީހަކު ވަނީ މަރުވެފައި.

05:44

އިންޑިއާ އިން އިތުރު 27761 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 521 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 822603 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 22144 މީހަކު ވަނީ މަރުވެފައި.

05:44

ދެކުނު އެފްރިކާ އިން އިތުރު 12348 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 140 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 250687 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3860 މީހަކު ވަނީ މަރުވެފައި.

05:44

މެކްސިކޯ އިން އިތުރު 7280 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 730 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 282283 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33526 މީހަކު ވަނީ މަރުވެފައި.

05:43

ކޮލަމްބިއާ އިން އިތުރު 6803 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 211 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 140776 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4925 މީހަކު ވަނީ މަރުވެފައި.

05:43

ރަޝިޔާ އިން އިތުރު 6635 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 174 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 713936 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11017 މީހަކު ވަނީ މަރުވެފައި.

05:43

އާޖެންޓީނާ އިން އިތުރު 3367 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 54 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 94060 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1774 މީހަކު ވަނީ މަރުވެފައި.

05:43

ޕެރޫ އިން އިތުރު 3198 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 186 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 319646 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11500 މީހަކު ވަނީ މަރުވެފައި.

05:42

ސައުދީ އަރަބިއްޔާ އިން އިތުރު 3159 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 51 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 226486 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2151 މީހަކު ވަނީ މަރުވެފައި.

05:42

ޗިލީން އިތުރު 3058 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 99 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 309274 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6781 މީހަކު ވަނީ މަރުވެފައި.

05:42

ބަންގްލަދޭޝް އިން އިތުރު 2949 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 178443 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2275 މީހަކު ވަނީ މަރުވެފައި.

05:42

އިރާގުން އިތުރު 2848 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 78 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 72460 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2960 މީހަކު ވަނީ މަރުވެފައި.

05:42

ޕާކިސްތާނުން އިތުރު 2751 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 75 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 243599 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5058 މީހަކު ވަނީ މަރުވެފައި.

05:41

އީރާނުން އިތުރު 2262 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 142 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 252720 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 12447 މީހަކު ވަނީ މަރުވެފައި.

05:41

އޮމާނުން އިތުރު 1889 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 53614 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 244 މީހަކު ވަނީ މަރުވެފައި.

05:41

ކަޒިކިސްތާނުން އިތުރު 1726 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 54747 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 264 މީހަކު ވަނީ މަރުވެފައި.

05:41

އިންޑޮނީޝިއާ އިން އިތުރު 1611 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 52 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 72347 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3469 މީހަކު ވަނީ މަރުވެފައި.

05:40

އިސްރާއީލުން އިތުރު 1441 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 36266 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 351 މީހަކު ވަނީ މަރުވެފައި.

05:40

ފިލިޕީންސުން އިތުރު 1160 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 46 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 52914 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1360 މީހަކު ވަނީ މަރުވެފައި.

05:40

ބޮލީވިއާ އިން އިތުރު 1129 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 61 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 44113 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1638 މީހަކު ވަނީ މަރުވެފައި.

05:40

ޑޮމިނިކަން ރިޕަބްލިކުން އިތުރު 1125 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 22 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41915 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 864 މީހަކު ވަނީ މަރުވެފައި.

05:40

ތުރުކީން އިތުރު 1003 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 23 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 210965 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5323 މީހަކު ވަނީ މަރުވެފައި.

05:36

05:09

04:37

04:12

03:03

02:35

01:53

00:31


ރާއްޖެ އިން 24 ގަޑިއިރުގެ ތެރޭގައި އިތުރު 64 މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކު ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ. އަދި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާއި އެކު އިތުރު ކަންބޮޑުވުންތަކެއް ވެސް ވަނީ އުފެދިފައެވެ. މިއަދު ވެސް 44 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދެގުނަވަމުން އަންނަނަމަ އެއީ ނުރައްކަލެއް ކަމަށް ކުރިން އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. އިއްޔެ 36 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ކުރީ ދުވަހު 22 މީހަކު ފައްސިވިއެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު މިހާރު މިދަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ގަބޫލު ކުރެވެއެވެ.

ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން މިދަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލިތާ ދެހަފްތާ ވާން ކައިރިވެފައި ވަނިކޮށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ސަނީ

  ބަލަ މީ ހަމަ މި ސަރުކާރުން ކުރާ ކަމަކުން ވާކަމެއް

 2. ޑ.ރ ރިޔާޒް ޙަސަން

  މައިމޫނާ އަށް ގޮވާލާން އަވަސްފިޔަވަޅެއް އެޅުމަށް
  ނޫނީ ގޯސްހާލަތަކަށް އެޅިއްޖިއްޔާ ނުހިފަހެއްޓޭނެ.
  ވަރިހަމަ ރައީސް ނާޝިދު ނުރުހުނަސް ރައްޔިތުންގެ ފުރާނަ
  މާމުހިންމު.

  17
  2
 3. ބޭނޭ

  ޕާޓީ ކުރޭ އަދިވެސް....

 4. ހޭލާ

  ބިރުވެރިކަންބޮޑުވާނެދޯ އަހަރެމެންދިވެހިންނައްއެއްގޮތަކައްވެސް މިވޭތުވެދިޔަ ދުވަސްތަކުގަ އުޅެންޖެހުނު ދަތިހާލެއްނުވިސްނޭވިޔަ ލުޔެއްދިނީމާ އަމަލުތައްހުންނަގޮތުން ނުރައްކަލެއްގެތެރޭގައި އުލުނުބަޔެއްކަންވެސް ހަނދާނެއްނެތް އެކުގަ ގުރޫޕުހަދާފާ ރެސްޓޯރެންޓް ތަކަށާ ހޮޓާތަކައްދިއުމާ މަގުމަތީގަ ތަންތަންކޮޅުގަ ސިގިރޭޓުބޯންތިބުމާ މާސްކުނާޅާ މަގުމަތީގަހިނގުން މީމިހާރު އާދައިގެކަންތައް

 5. އެއްކަލަ

  ރައްޔިތުންގެ ސަރުކާރަކަށް އަދި މާ ބިރުވެރި ހާލަތަކަށް ނާދޭ! ޤައުމުގެ ރައްޔިތުން ބިރުން އުޅުނަސް، ކިތައްމެ ގިނައިން ފައްސި ވިޔަސް އެއީ އަދި އެހާ ބޮޑު ކަމެއްނޫން.

  7
  1
 6. ކިރުމައި

  އަލީ ވަހީދު ބުނެގެން ގިނަ ލާރި ހޯދަން ލޮކްޑައުން ފިލުވާފަ ބަހަށްޓާ އޭރުން ރައްޔިތުން ހަނާވިޔަސް ލާރި ލިބޭނެ

 7. ޙައި

  އަލަށް ޖެހެނީ ކޮން ރަށެއްގެ ބައެއްކަން ކިހިނެއްކަން ކޮން އިރަކު ކިހިނެއްވެގެން ޓެސްޓް ކުރި ބައެއްކަން ސާފު ވާނަމަ ރަންގަޅު.

  5
  1
 8. ނަބީހް އިބްުން ސަޢީދް

  އޭ ކަލޭނޭ. ދަންނައެ...
  ބިރުވެރިކަމުގެ އިންޒާރު މި އާޚިރުއް ޒަމާނުގައި ދޭންވީ ﷲ ތަޢާލާ އުފެއްދެވި ލޮލައް ނުފެންނަ ވަރުގެ ކުޑަ މަޚްލޫޤަކަށް ނޫން. އެއީ ﷲ ތަޢާލާ އިންސާނިއްޔަތަށް ދެއްކެވި ފިލާވަޅެއް. ޢިބްރަތެއް. އެކަލާނގެއާއި މެދު ޢާފިލްވެފައިވާ މީސްތަކުންނަށް ފުރިހަމަ ގޮތުގައި އެކަލާނގެ އަށް ކިޔަމަންވެ އެކަލާނގެ މަގަށް ރުޖޫޢަ ވެ ކިޔަމަންވެ ނަހީކުރެއްވި ކަންތަކުން ދުރުވުމަށް ފޮނުއްވި އިތުރު ފުރުސަތެއް.
  އެހެނެއްކަމަކު ބިރުވެރިކަމުގެ ޚަބަރު ދޭންވީ ﷲ ގެ ނިޢުމަތްތަކަށް ފުރަގަސްދީ އެކަލާނގެ މަގުން އެެއްކިބާވެފައިވާ ޖާހިލުންނާއި...........އަށް ހުރި ނަރަކައިގެ ވޭންދެނިވި ޢަޒާބުން.
  އަދި އުފާވެރިކަމުގެ ޚަބަރު ދޭންވީ ﷲ އަށް އީމާންވެ އެކަލާނގެ އަށް ތަޤްވާވެރިވާ ހެޔޮލަފާ ޞާލިހު އަޅުންނާއި...... އަށް އެތާނގެ ދަށުން ފެންކޯރުތަށް ހިނގަހިނގާ ހުންނަ ދާއިމީ ނިޢުމަތުގެ ސުވަރުގޭގެ ޚަބަރުން.....
  ތަންކޮޅެއް ތިލަކޮށް ދެންނެވުނީތީ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން...

 9. ކާފަބޭ2020

  މިސްކިތްތަކުގައިނަމާދުކުރަންހުއްދަދީފަ ޖައްސާސްޓަންޓެއްތޯ؟
  ނޫނީ ރޯޔަލްސަފާރީރޭޕްއާގުޅުންހުރިކަމެއްތޯ؟ ތިޔައީހަގީގަތެއްކަމުގައިވާނަމަ މިބަލާވެރިކަމުންސަލާމަތް ކުރެއްވުންއެދި ގިނަގިނައިންނަމާދުކޮށް ދުއާކުރަށްވާ!

  2
  1
 10. ދިވެހިކޮރަކަލި

  ލޮކްޑައުން ފިލުވާލީމަ ވީގޮތް ހަމަ ގަސްތުގައި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެހެން ދިމާވިޔެއްނު ބަޔަކު މުއްސަނދިވެސް ވެއްޖެއެއްނު ވީމާ އޯކޭ ދޯ

 11. ސޮނިފުހޭ

  މިފަދަ ކުރޯނާއެއް މީގެ އެތައްސަތޭކަ އަހަރު ކުރިންވެސް އައެއްނު ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ހިފައިގެން ދިޔައީ އިލްމުވެރިންނާ ހެޔޮލަފާ އެތަކެއް ސާލިޙް ބޭކަލުންނެއްވެސް އަވަހަރަވި ކަމެއް އަންނައިރު އަންނާނީ އެންމެންގެ މަށްޗަށް އެއްބަޔަކަށް ރަހްމަތެއް އަނެއްބަޔަކަށް ނުބައި ނިމި ދިއުމެއް ގެ ގޮތުގައި މީ ބޮޑާ ކަމާ މަ ވެތިވުން ދުޫ ކޮށް އިންސާނާގެ އަސްލު ހާލަތު ދެނެގަންނަންވީ ވަގުތު މަތިވެރިވެގެންވާ ރަސްވަންތަ ރަސްކަލެއްގެ ކުރިމަތީ އިންސާނުންގެ ބަލިކަށިކަން ދެނެގަނެ މާޢާފް އެދި ބޯތިރިކުރަންވީ ވަގުތު މި ކުރޯނާ ހަރަކާތްތެރިވަނީ ވަކި ސަރުކާރެއްގެ އޯޑަރަކަށް ނޫން މަތިވެރި ވެގެންވާ ރައްބުލްޢަލަމީން ގެ ކޮމާންޑަށް ބްރެޒިލް ގެ ރައީސް ވެސް އެހެރީ ކުރޯނާގެ ކުރިމަތީ ކުޑަކަކުލަށް ތިރިވެފައި އެމެރިކާވެސް އެއޮތީ ސައިޒް ކޮށްފަ ވިސްނާލާ