ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ކަނޑުގަދަވެ ބައެއް ރަށްރަށަށް ކުރިޔަށް އޮތް ވަގުތުތަކުގައި ރާޅު އަރާފާނެ ކަމަށް ބެލެވޭތީ، ސަމާލު ނެރެފިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ރާޅު އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް އިން މިރޭ ނެރެފައި ވަނީ ހުދު ސަމާލެވެ. މި ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އާއި ހަމައަށެވެ.

ރާޅު އެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށް މި ސަރަޙައްދުތަކަށް މޫސުމާއި ބެހޭ އިދާރާއިން ސަމާލު ނެރެފައި ވަނީ މިރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ.

ރާޅު އަރާފާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން މިރޭ ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެވެސް ބައެއް ރަށްރަށަށް ވަރަށް ބޮޑަށް ރާޅު އަރާފައި ވެއެވެ. މިގޮތުން އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ބައެއް ރަށްރަށަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް ރާޅު އަރަމުން ދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ރާޅު އެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ރަށްރަށަށް ރާޅު އަރާނެ ކަމަށް ލަފާ ކުރެވޭތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަރަވެލި

    ތިވެސް ރ.ޔާމިން ވެރިކަމުގަ ހުންނެވިނަމަ ކޮންކުރިޓް ހިލަ ތޮަށިން ރަށްވަށާ ތޮށިލުމަށް މަސައްކަތް ކުރީސް ކީއްކުރާނީ ކަލޭމިން މޮޅުތަކެއްވާނެ ކަށް މި އޮއް ނުކުޅެދޭ ސަރުކާރު ގެނައީމަ ދެންތިބޭ ރޯޔަލް ސޯލިހު އޭކިޔަކިޔާ އިރާދަކުރެއްވިއްޔާ ރ.ޔާމިން ވެރިކަމަށް ﷲ އިރާދަފުަލުން އާދެވިއްޖިއްޔާ ރާއްޖޭގެ ރައްތަކުގެ ވަށާ ހިލަ ތޮށި ލުމުގެ މަސައްކަތް ފައްޓަވާނެ އިންޝާ ﷲ

    3
    1
  2. ވިސްނާ

    މުސްލިމު އަަޚުންނާ އުޚުތުންްނޭ ސަދޫމަށް ވެގެންް ދިޔަގޮތް ހަނދާން ކުރަަށްވާ އިންސާފެއް ހަމއެއް ލަމައެއް ނެތި ނުބާވެގެންވާ ބޮޑެތިހުރިހާ ފާހިސު އަމަލްތަށް ހިންގުމާ ރަބުއިން ޒިނެކުރުނ ރޯޔަލްރޭޕް ކުރުން ދީނެއް ރައްބިއެއް ރަސޫލެއް ނުބަލާ ހިތުހުރިހާ ގޮތަކަށްް އުޅުނީމަ ﷲގެ ކޯފާ އައިސްްް ރައްބަޑުންޖަހާލީ އަހަރެމެންގެ އަމަލްތަށް މިހާރު މިހިރީ އެދަރަޖައަށް ވެއްޓިފަ ﷲގެ ކޯފާމީ ފެންބޮޑުވުމާ ރާޅު އެރުމާ ބޮޑެތި ބަލިމަަޑުކަން އާންމުވުން މިދަނީ ލާދީނީ ހައްދުފަހަނާ މި ވެރިކަން އޮތްހާދުވަހަކު މިފަދަ ޔަހޫދީ ސެކިއުލާ ފިކުރާ މިގައުމުން ފިލާ ނުދާނެ މިފަދަ ކޯފާއިން ސަލާމާތް ކުރައްވާތޯ ﷲގެ ދީނަށް ފުރިހަމަ އަށް އީމާންވެ މިތަބަ ލާދިނީ ނުބާ ޖައްބާރުން ބަލިކުރަން އެބަޖެހޭ މުސްލުންނޭ ވިސްނާ ފިކުރު ކުރޭ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްl

    5
    1