ޖަރީމާތައް ހިންގާފައި އިސްތިއުފާދީފައި ދިޔަނަމަވެސް، އިންސާފު އަރާހަމަކުރާނެ ދުވަސް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އަމީތު މީގެކުރިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާ އެ މެންބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައެވެ.

އަދި މަޖިލީހުގެ 12 ދާއިރާއެއްގެ އަޑު ކަނޑުވާލާ އިލެކްޝަންސް ކޮމިޝަނުން ހިނގާފައިވަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އަމީތު ވިދާޅުވިއެވެ.

12 ދާއިރާއަށް ނިސްބަތްވާ 60000 ރައްޔިތުން މައާފުނުކުރާނެ ކަމަށާއި ސަރުކާރުގެ މަގާމުތަކާއި ހަވާލުވެ، ސަރުކާރުގެ ނިވަލަށްވަދެ ކުރިން ހިންގާފައިވާ ޖަރީމާތަކުން ސަލާމަތް ނުވެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖަރީމާތައް ހިންގާފައިވާ އެންމެނާއި ދެކޮޅަށް މިނިވަން ޝަރީއަތްތައް މިގައުމުގައި ހިނގާ ދުވަސް ދިވެހި ރައްޔިތުން ދެކޭ" އަމީތު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން ގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވައި، އޭނާގެ ސިޓީ ރައީސް އޮފީހަށް ހުށަހެޅީ އިއްޔެ މެންދުރެވެ. އަދި އޭނާ އަށް މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުންޢިމް

    ބޯގަމާރީތަ ނުވަތަ ހަމަ ގުބޯހެދިފަތަ ތިހުރީ! އަންނި ، ޢިމްރާނު ، ނާޒިމު ، ޤާސިމު ، ދެ ފަނޑިޔާރުންނާ ، ރިޝްވަތުހިފި މެމްބަރުނނާްވެސް އެހުރީ އިންސާފް އަރާ ހަމަކޮށްފަ! އަމީތު ތީ އޭގެ އެކަކު!!!

  2. ހުސޭނުބޭ

    ފިއްކެނޑުވިޔަސް ރިޝްވަތު ނެގުމުން ގޮނޑިގެއްލޭނެ.

  3. ކަމަނަ މުހައްމަދު

    މޮޔަވޭ އަމީތޫ

  4. އަންބާ

    އަމީތު، އެމީހަކު ކުރި އަމަލެއްގެ ޖަޒާ ލިބޭނެ ދުވަސް އަންނާނެކަން ޔަގީން. ސުވާލަކީ އެދުވަހަށް އަމީތު ތައްޔާރުތަ؟

  5. ފުދިއްޖެ

    އަމީތުގެ ވިސްނުން ހުރީ މިދުނިޔެ އާއި ހަމަޔަށް، އެހެން ދުނިޔެއެއްވެސް ވާކަން ހަނދާން ނުވޭތަ؟ މިދުނިޔެމަތީ އިންސާފު ލިބޭނެ ވާހަކަ އަބަދު ދައްކަނީ. ބަލަ އާޚިރަތް ދުވަސް ގަބޫލުކޮށް އެދުވަހަށް ބިރުވެތިވާނަމަ ކޮންމެ މީހަކަށްވެސް އިންސާފު ލިބޭނެކަން ޔަގީން. ތިބާޔާ އުޖޫރަ ނަގާ މަސައްކަތް އެއްވެސް އަމިއްލަ އެދުމެއް ނެތި ތިބާއަށް ފުރިހަމަޔަށް އަދާކުރެވުނުތޯ އަމިއްލައަށް ސުވާލުކުރުން މުހިންމު. ތިދާއިރާގެ ކޮންމެ މީހެއް އެމީހެއްގެ ހައްގު ލިބޭނެ ދުވަސް އެއީ. އަމީތު ހަރާމް ގޮތުގަ ފައިސާ ހޯދީޔެކޭ ނޫން، އެކަމު އެދުވަހު ހަރާމް ގޮތުގަ ލިބުނު އެއްވެސް މުދަލަކުން ކުރާނެ ފައިދާއެއް ނޯންނާނެ. އަދި އެފަދަ ހަރާމް މުދަލެއް ހޯދުނު ދެރަ އެދުވަހުން ހިތަށް އަރާނެ. ﷲ ގެ ރަހުމަތުން ތިބާއަށް ދެއްވާފައިވާ ހުނަރާއި ނިއުމަތްތަކުގެ ބޭނުން ކުރިގޮތުގެ ސުވާލު ކުރެވޭނެ. ﷲ ގެ ރަހުމަތުން ތިބާގެ ދީފަސޭހަ ކުރައްވައިފިނަމަ، އެދޫ ބޭނުންކުރީ ކިހިނެތްތޯ ވެސް ސުވާލު ކުރެވޭނެ ދުވަސް އަންނާނެ. މިދުނިޔެއްނޫން ހުރިހާ އެއްޗަކީ.

  6. ކެރީ

    އަމީތާބު މޮޔަވީތޯ