ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ނަމަ، އޮންލައިންކޮށް ރިޕޯޓު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މާދަމައިން ފެށިގެން ވަޒީފާ ދިން ފަރާތަށް ގެއްލިގެން ނުވަތަ ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ ފޯމަކުން އީމެއިލް މެދުވެރިކޮށް އެއިދާރާއަށް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ބިދޭސީންގެ މައްސަލަ [email protected] އެޑްރެހަށް ފޯމާއި އެހެނިހެން ލިއެކިއުންތަކާއި އެކު ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި ފޯމާ އެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި، ގެއްލުނު ދުވަހާއި ހަމަޔަށް ވިސާ ދެއްކިކަމުގެ ލިއުން އަދި، ބިދޭސީ މީހާއަށް މުސާރަދީ އޭނާ ސޮއިކޮށްފައި އޮންނަ މުސާރަ ސްލިޕް ހުށަހަޅަން ޖެހޭ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި މި ފޯމް ހުށަހަޅާއިރު އެ ބިދޭސީ މީހާއަކީ ބަރާބަރަށް މުސާރަ ދީފައި ހުންނަ މީހަކަށް ވާންވާނެ ކަމަށާއި، ވިސާ ފީވެސް ދުވަހުން ދުވަހަށް ދައްކާފައި ހުންނަ މީހެއްކަން ބަލާނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރު ބިދޭސީން ގެއްލުމުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހަށާ މިންވަރު ވަނީ އިތުރުވެފައެވެ. މިފަދަ ބިދޭސީންގެ މައްސަލަ ހުށަހެޅުމަށް އިމިގްރޭޝަނުންވެސް ބާރުއަޅައެވެ.

ކަރަންޓީނު ފެސިލިޓީތަކުން ފިލައިގެން ގޮސްފައިވާކަމަށް ބުނެ އިއްޔެ ފުލުހުން ވަނީ އަށް ބިދޭސީއެއްގެ ވަނަވަރު ހާމަކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    މާނައަކީ ބިދޭސީން ވަގަށް ފިލައިގެން އުޅެނީ ރިޕޯޓުކު ރެވޭނެގޮތެ ނެތިގެންނޭ..އެހެންވެ ސަ ރުކާ ރުން ހައްލު ހޯދަދީފިޔޭ..މީގެފަހުން ވަގަށްއުޅޭ ބިދޭސިންނެ ނުތިބޭނޭ...

    12
  2. ތިނަދޫ މީހާ

    ފިލައިގެން އުލޭ ބިދޭސިން ހޯދަބަލަ!

  3. ނިކަމެތި

    ދިވެހި ދައުލަދުގެ ތިޔަކަމައް ބިލިޔަނެއްހާ ޑޮލަރު ހަރަދުވެފަ ވާނެހެން ހީވަނީ.

  4. ރަދީފު

    އިދާރާތަކަށް މައްސަލަ ހުށަހެޅޭނެ ގޮތް ނޭނގިގެން އަހަރުމެން ނޫޅެން..
    އަހަރުމެން މިއުޅެނީ މައްސަލަ ހުށަހެޅީމަ ބަލާނެ މީހަކު ނުވެގެން..
    އަދި މި ބިދޭސީންނާއި ދޭތެރޭގައި ފިޔަވަޅުއަޅާނެ މެކޭނިޒަމެއް ސަރުކާރުން ޤާއިމް ނުކޮށްދީގެން..

    މިކަންތައްވޭތޯ ބަލާބަލަ! ފޮނި އަނގަ ނުތަޅާ!

  5. އެމަންޖެ

    ދުވަހަކުވެސް އެމީހުން ފިލައިގެންތޯ އުޅެނީ ، ސަރުކާރުގެ އިސްބޭފުޅުން ނޫންތޯ އެމީހުން ވަގައް މިގައުމައް އެތެރެކޮއް ވަޒީފާ ދީހަދަނީ.

  6. ނިކަމެތި

    ދިވެހި ދައުލަތުން ތިޔަކަމަށް ބިލިޔަނެއްހާ ޑޮލަރު ހަރަދުވެފަ ވާނެހެން ހީވަނީ**

  7. ާއެސޮރު

    ސަރުކާރު ވައްޓާލަން އޮންލައިންކޮއް ރިޕޯޓު ކުރެވޭނެ ގޮތެއް ހަދައިދިނިއްޔާ ވަރައް ރަނގަޅު.

  8. ކައުންސެލަރު

    ބިދޭސީން ވެރިމީހާދޫކޮށް ފިލީމާ ރިޕޯރޓް ކުރެވޭފަދައިން ވެރިމީހާ ބިދޭސީން ދޫކޮށްލީމާ ރިޕޯރޓް ކުރެވެން ނުޖެހެނީތަ؟ ނޫނީ އެންމެންގެ ކުރިމަތީގައި ރިސޯޓްހަދާ ރަށަށް އެރަށުގައި މަސައްކަތްކުރަންގެނައި ބިދޭސީން އުކާލުމަށްފަހު ފުރައިގެން ދިޔައިމާ ރިޕޯރޓް ކުރީމާ (ނުވަތަ ނުކުރިޔަސް/މީޑިޔާއިން އޮތީ ރިޕޯރޓް ކޮށްފައި) ސަރުކާރުން އެޅޭނެ ފިޔަވަޅެއް ނެތީ؟ނުވަތަ ފިޔަވަޅެއް އަޅަންނުކެރުނީ ކީއްވެ؟ އިންސާފުދޭން އައިސަރުކާރުގެ ހާލަތަކީމީ! ހޭވަލިވެދާނެ!

  9. ފެކްޓް

    "ގެއްލުނު ދުވަހާއި ހަމަޔަށް ވިސާ ދެއްކިކަމުގެ ލިއުން އަދި، ބިދޭސީ މީހާއަށް މުސާރަދީ އޭނާ ސޮއިކޮށްފައި އޮންނަ މުސާރަ ސްލިޕް ހުށަހަޅަން ޖެހޭ ކަމަށް"
    އިމިގްރޭޝަނަށް މާރަނގަޅަށްވެސް އެނގޭނެ ގިނަ ބިދޭސީން ފިލަނީ ގެންގުޅެ ފަރާތުން މުސާރަ ނުދޭތީކަން. އަދި އެކަން ބޮލުގަ އެޅުވީމަ ކާކު މާ ތެދުވެރިކަމާއެކު އެއެއްޗެއް ހުށަހަޅަނީ؟ ނުވަތަ ގެއްލިގެން އުޅޭ މީހާ ރިޕޯޓް ކުރާނީ؟ އިމިގްރޭޝަނަށް ރަނޣަޅަށް އެގޭނެ އެކަން ހެން ނުވާނެކަން. އެހެންވެ އަނދުނެއް އަޅުވަން ހޯދިގޮތެއަ ތިވެސް. ތިއަށްވުރެ މާރަނގަޅަށް ތިކަން ކުރެވެން ހުންނާނެ!
    ޤައުމުގެ އާބާދީގެ 5 ބައިކުޅަ އެއް ބަޔަށްވުރެ ބިދޭސީންގެ އަދަދު އިތުރުވެގެން ނުވާނެ!!

  10. ފެކްޓް

    "އަދި މި ފޯމް ހުށަހަޅާއިރު 'އެ ބިދޭސީ މީހާއަކީ ބަރާބަރަށް މުސާރަ ދީފައި ހުންނަ މީހަކަށް ވާންވާނެ ކަމަށާއި، ވިސާ ފީވެސް ދުވަހުން ދުވަހަށް ދައްކާފައި ހުންނަ މީހެއްކަން ބަލާނެ' ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ"
    ދެންވެސް މާނައަކީ މިމައްސަލަތައް ވަކި ހިސާބަކުން ނުބެލޭނެއޭ!!

  11. އޮޅުވާލި ވޯޓު

    ކޮމްމެހެން ރައްޔަތުން ބޮލައްޖަހާނެކަމެނެތް ރައްޔަތުންގެ ޓެކުސް ފައިސާއިން މުސާރަދީފަ ބަޔަކުތިބުމުގެ ބޭނުމަކީކޮބާ އަހަރުމެނަކައް ނުވާނެ ނުކުރާނަން ތިޔަކަމެ

  12. ޙަސަނާ

    މިދުވަސކޮޅެއްނޫން އިގޭތޯ ކުރިންވެސް ފިލައިގެންބަޗަނީ ރަގަޅައްމުސާރަދީދީ އޮއްވާވެސް ގިނަލާރިހޯދަންފިލަނީ އަނެއްކާގިނައިން ބޮންދުން އެތެރެވެސްކުރަނީ ބޮންދުން ކޮންމެސްގޮތަކުން ހަދާޑީލެއްގެދަށުން ގަވާއިދުން ކުންފުންޏެއްހަދައިގެން ކޯޓާއެއްހޯދަން އުޅެފިއްޔާ އެކިބަހަނާދައްކައިގެންވެސް ކޯޓާއެއްނުލިބޭނެ މާފަސޭހައިން ގެނެވޭ ބޮންދު އެޖެންޓަކާގުޅާލާއިރައް އެމީހުންމާގަދަ މިގައުމުގަ ދިވެހިންނައްވުރެވެސް މިހާރުވެސް ވަގުމީހުންތައް މަސައްކަތްހޯދަން އެކި ދިމަ ދިމާގަ ނުކުމެތިބޭ އިރު ސުވާލެއްކޮލާނެ ފަރާތެއް ފެންނަމުއައްސަސާއެއް ނުހުރޭ ސައިކަލެއްޕާކު ކޮއްލާއިރައް އަންނަނާންނަތަނެއްނޭގޭ ސްޓިކާޖަހާލާނެ މީއަޖައިބެއްނޫންތޯ..

  13. ޙހހހ

    ރިޕޯޓްކުރީމަ ކޮންކަމެއްވަނީ ،