މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މާދަމައަށް ވެސް ތާވަލް ކޮށްފިއެވެ.

ތާވަލް ކޮށްފައި ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިމައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީހެއް މިދިޔަ ބުރާސްފަތި ދުވަހު ވެސް ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން ކަމަށް ބުނެ އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާޗް މަހުގެ 15 ވަނަ ދުވަހު ވެސް ތާވަލް ކުރިއެވެ. އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން ޖަނަވަރީ 26 ވަނަ ދުވަހާއި ޖަނަވަރީ 21 ވަނަ ދުވަހު ވެސް ޝަރީޢަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ.

މާދަމައަށް ތާވަލް ކުރި މައްސަލަތުގައި އަދީބުގެ މައްޗަށް ދައުވާ ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއެއްބަސްވުމުގެ ދަށުން އަދީބު ޝަރީޢަތުގެ މަޖިލީހުގައި ވެސް ކުށަށް އިއުތިރާފު ވާނެއެވެ. ބަދަލުގައި އަދީބުގެ އަދަބު ކުޑަކޮށްދިނުމަށް ދައުލަތުން އެއްބަސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިސަރުކާރުން ވަގު އަދީބުގެ ޝަރީޢަތް ތާވަލްކޮށްކޮށް ތިބޭނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން، ނުކެރޭނެ އެޝަރީޢަތް ކުރިއަށް ގެންދާކަށް، މާދަމާވެސް ކެންސަލްކޮށްލިވާހަކަ ލަހެއްނުވެ ނޫހުގައި ޖަހާނެ، ޝަރީޢަތް ހިންގައިފިއްޔާ އިނގޭނެ ގައުމުގެ އެންމެ އިސްވެރިޔާ ރ.އިބޫޞާލިހުން ފެށިގެން ސަރުކާރު ޕާޓީގެ މަޖިލިސް މެމްބަރުން ވަޒީރުން އަދި އީސީ ގެ އިސް މެމްބަރުންފަދަ މީހުން ސޯޓުބޭލިގެން ބުރުއްސައިގެންދާނެކަން. ރ.އިބޫސާލިޙު ގަޓެއްހުރިއްޔާ ނިކަން ތިޔަ ޝަރީޢަތް ފުރިހަމައަށް އިންސާފަށް ކުރިއަށްގެންދަބަލަ. ފާޅުގައި ސަދޫމުގެ ޝަރީއަތެއް ހިންގާފަ އެންމެ މީހެއްގެ ބޮލުގައި ހުރިހާ ކުށެއް އަޅުވާފަ އެހެރީ ޖަލަށް ލާފައި، ކޮންމެފަދަ އަނިޔާއެއް ދިނަސް ރ. ޔާމީނަކީ މިގައުމު ދުށް އެއްމެ ގާބިލު ކުޑަދުވަސްކޮޅެއްގެތެރެއިން ރައްޔިތުންނަށް ބޮޑެތި ފައިދާތަށް ކޮށްދިން ރައީސް ތަރައްގީގެ ބާނީ ނޫންކަމަކަށް ނުވާނެ، މިގައުމުގެ ރީނދޫ ލޭހިނގާ މަދުބަޔަކު ކިތައްމެ ރުޅިއަޔަސް ހަގީގަތްވާނީ ހަގީގަތަށް.

    18
  2. އަޙުމަދު

    ކޮބާ މީހަކުމަރަން ވަގުކަލޭގެދިން ޙަމަލާ. މިސަރުކާރުގެ އިންސާފެއްނެތް އަދީބުގެ މައްސަލަ ލުއިކޮށްދެވެންޏާ ޖަލުގަ ތިބި އެންމެން ސަލާމަތްވާނެ ކަން ތަޤީން

    14
  3. Anonymous

    އެއްވެސް ޝަރީޢަތެއްގައި ކުށްވެރިޔާ ކުށަށް އިޢުތިރާފު ވެއްޖެއްޔާ އެމީހަކަށް ދޭން ޙައްޤު އަދަބު ކުޑަކުރަންޖެހޭވާހަކަ ކޮން ގާނޫނެއްގައިތޯ އޮތީ ؟؟؟؟

    12
    1
  4. Anonymous

    އެއްވެސް ޝަރީޢަތެއްގައި ކުށްވެރިޔާ ކުށަށް އިޢުތިރާފު ވެއްޖެއްޔާ އެމީހަކަށް ދޭން ޙައްޤު އަދަބު ކުޑަކުރަންޖެހޭވާހަކަ ކޮން ގާނޫނެއްގައިތޯ އޮތީ ؟؟؟؟އަނެއްކާ މިކަލޭގެއަށް ކުރާ މި ޝަރީޢަތަށް ވަކި ގާނޫނެއް ހައްދާފައިވަނީތޯ؟؟؟ ފާޅުގައި ރައްޔިތުންގެ ކުރިމަތީގައި ހިންގަން ތިއުޅެނީ އިންސާފާއި އިދިކޮޅަށް ބޮޑު ޖަރީމާއެއް، މިފަދަ ބޭއިންސާފު ޝަރީޢަތްހިންގާ ފަނޑިޔާރުން އެހެން ދުނިޔެއަކަށް ދާންޖެހޭނެކަމާއި އަޅުތަކުންގެ ވެރި ﷲ ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަމާއި މަރު ހަނދާންވާނެބާއޭ ހިތަށްއަރާ!!!

    12
  5. މާޒީ

    ނަޝީދު ފަނިއަޅުވައިގެން ދައުލަތް އެއްކޮށް ދަވާލައި އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމަށް ހުރިހައި ފައިސާ އެމީހުންނަށް ދިނީމަ އޭނާ ބޭނުން އިރަކު ބޭނުން ތަނެއްގަ ހުރެފަ ބޭނުން އެއްބަސްވުމެއްގަ ސޮއިކޮށްފަ އަދަބުވެސް ބޭނުންގޮތަކަށް ލުއިކުރަން ފުރުސަތު ދެނީ. އޭނާ ނެގި ލާރިތަކުން ކުޑަ މިންވަރެއް މީހެއްގެ އެކައުންޓަކަށް ޖަމާކުރީމައި އޭނާ އެ ޖަމާކުރި ލާރި ދައުލަތުގެ އެކައުންޓަކަށް ޖަމާކޮށްފައި ހުއްޓައިވެސް "އެނޫޓު ނުލިބޭ" ކަމަށްބުނެ ދަޢުވާކޮށް ފަނޑިޔާރުންނަށް ބިރުދައްކައިގެން ޙުކުމެއް ނެރުވީ. މިއީތޯ އެމް.ޑީ.ޕީ ގެ ހަރުދަނަ އިންސާފަކީ؟؟ މި ކަންކަމަކީ ހެކިތަކާއެކު ފެންނަން ހުރި ކަންކަން!

  6. ހަސަން ތަކުރު

    މި ސަރުކާރުގަވެސް އެބަތިބި ތިމަޅިގަ ޖެހި ނުހައގުން އެތައް ރުފިޔާއެއް ކައިފަތިބި މީހުން އެމީހުންގެ ޝަރީއަތް ކޮންދުވަހަކުން ތާވަލް ކުރަނީ.މިއޮތީވާ ސަރުކާރެއް.ވޯޓް ދެވުނު މޮޔަ ހީވޭ.މި ދައުރުގަ ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް.ހުރިހާކަމެއް ކޮރޯނާ ބޮލުގަ އަޅުވާނީ.މިއަހަރުގެ ދައުލަތުގެ ބަޖެޓް ބޭރުގެ ފަރާތްތަކުން ލިބުނު އެހީ ނެގިހާ ލޯނެއް ކޮރޯނާ އޭ ކިޔައިގެން ހުސްކޮށްފި.ދައުލަތުގެ ޚަޒާނާއިން ޚަރަދުކޮށްގެން ބޫން ބޫންމެން ކުޅުނީ އެހެން ކުޅިވަރެއް.ޕާޓީ މީހަކަށް ނުވީމަ އެފަގީރު އެހާ އަވަހަށް ދުއްވާލީ...ސަފާރީ މައްސަލަ ބަލާބަލަ އޮށްބާލި ލެއް.