ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާ ދެކޮޅަށް އަޑު އުފުލުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެއްވުން އަދީއްތަ ދުވަހު ވެލާނާގެ ކުރިމަތީގައި ބާއްވަން ނިންމައިފިއެވެ.

މި އެއްވުމަކީ އަންހެނުންނަށް ގޭތެރޭންވެސް، އޮފީހުންވެސް، ކުޅެން ދިޔަޔަސް، މަގަށް ނިކުތަސް، މިއިން ކޮންމެ ތަނަކުންވެސް ލިބޭ އަނިޔާއާއި ދެކޮޅަށް ބާއްވާ އެއްވުމެއް ކަމަށް އެއްވުން އިންތިޒާމް ކުރާ މީހުން ބުނެއެވެ. މި އެއްވުން ބާއްވަން ނިންމާފައިވަނީ މެންދުރު 13:30 ގައެވެ.

"ޖާގައެއް ނެތް" ނަމުގައި ބާއްވާ މި އެއްވުމުގައި ބައިވެރިން ބައެއް ކަންކަމަށް ޑިމާންޑް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމްކުރުމާއި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ކުށްވެރިން ވަކިކުރުމަށް ގޮވާލުމަށް ވަނީ ހަމަޖެހިފައެވެ.

ޖިންސީ ގޯނާ މީހުންނަށް ކޮށްފައިވާ ނުފޫޒު ގަދަ މީހުން ހައްޔަރު ކުރުމަށާއި އިންސާފުގެ ކުރިމަތީގައި އަނިޔާވެރިން އެއްހަމަ ކުރުން އަދި ޖިންސީ އަނިޔާ ރިޕޯޓް ކުރާ މީޑިއާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ވެސް އެއްވުމުގައި ޑިމާންޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުތައް އަންހެނުންނަށް ރައްކާތެރި ތަންތަނަށް ހަދާ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީތައް މިނިވަން ކުރުމަށް ވެސް ވަނީ ޑިމާންޑް ކުރުމަށް ނިންމާފައެވެ.

އެއްވުމުގައި ބައިވެރިވާނެކަން އިއުލާންކޮށް، އަދި އެއްވުމުގައި ބައިވެރިވުމަށް އިތުރު މީހުންނަށް ޗެލެންޖް ކުރުން ވެސް މީސް މީޑިއާގައި ކުރިއަށް އެބަދެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރު ވެފައި ވާއިރު ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބި މީހުންނާއި ސަރުކާރާއި ގުޅުން އޮންނަ މީހުންނާއި މެދު ފިޔަވަޅު ނާޅާކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެމަންޖެ

  ކޮއްމެތަނެއް ކުރިމަތީ ކިތައްމެ ވަރަކައް ތިޔަ އެއްވުން ބޭއްވިޔަސް ވެރިކަމުގެ އިސްބޭފުޅުން ލާދީނީ ކަންމަތީ ތިބެގެން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ ، ކަލޭމެން މާރަންގަޅުވާނެ މިވެރިކަން ވައްޓާލަން މުޖާހަރާ ކުރިއްޔާ.

  14
  1
 2. ޥަސް

  މަވެސް ދާނަން.

 3. މޮޔަބެ

  ޤައުމެއްގެ ހާލަތު ބަދަލްވާނީ ޒުވާނުން ނުކުމެ ގޮންޖެހުންތަކާއި ކުރިމަތިލައިގެން .17 ޑިސެމްބަރ 2010 ގައ ޓިއުނޭޝިއާގެ ޒުވާން ވެންޑަރ އަމިއްލަ ގާގައި ރޯކޮށް މަރުވީ އަދުލު އިންސާފު ނުލިބުމުން..ނަތީޖާއަކީ އެޖައްބާރު ވެރިކަން ވެއްޓުން... ހިތްވަރާއެކު ޖެހުލުމެއްނެތި މިފަދަ ސުލްހްވެރި އެއްވުމަށް ނުކުންނަ ޒުވާނުންނަށް ޝިކުރިއްޔާ..

  2
  1
 4. ކައްބެ

  ބޭކާރުކަމެއް ތިކަމުން އަޑެެއް ބަޑެއް ސަރުކާރަކަށް ނީވޭނެ އެއްވާއިރަށް ފުލުހުން މުޒާހަރާ ރޫޅާލާނެ ރޭޕިސްޓުންނަކީ ރޯޔަލްބައެއް ކަމުގައި ސަރުކާރުން ނިންމައި ތަށްގަޑު ޖަހާނިމިއްޖެ.

 5. ގަޑިޔަ

  މި ސުރުޚީ ތަކަށް މި އަރަނީ އަދި ކުޑަ މިންވަރެއް... ދާދިފަކުން މަމެން ރަށު ކައިރީ އޮންނަ ފެލިވަރުގަ އުޅޭ ހުސައިން ޔޫސުފް ކިޔާ މީހަކަށް ފުރައްސާރާގެ ތުހުމަތު ކުރި ކަމަށްވޭ. ފެލިވަރުގައުޅޭ މަމެން ރަށު މީހުން އެ މައްސަލަ އެއް ނުބަލާ.. އޮފީހުގަ އުޅޭ އެ އަންހެން ކުޖާއަށް އެވާކައިތުރަށް ނުދެއް ކުމަށް އޮފީހުން އަންގާފަޔޯ ވަނީ ކިޔާއަޑު އިވޭ... އަޅަޅަ މަމެން ރަށުމީހުން އުޅޭގޮތެއް