ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅޭ ހަބަރުތައް ރިޕޯޓުކުރި ގޮތުން މީޑިއާތައް ޖޫރިމަނާ ކުރުމުގެ ގަވާއިދެއް އެކުލަވާލަން މޯލްޑިވްސް މީޑިއާ ކައުންސިލަށް އަންގާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލުމަށެވެ. އެކަމަކު، އެމްއެމްސީގެ ބައެއް މެމްބަރުން ގަވައިދު ހަދަން ދެކޮޅު ހައްދަވައި، ބައްދަލުވުންތައް ހޫނުވެފައިވާ ކަމަށްވެއެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީޑިއާތަކުން ކިތަންމެ ވަރަކަށް ދޮގު ހަބަރު ފެތުރިޔަސް، މީޑިއާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މީގެ އެތައް މަހެއް ކުރިން ކޮމިޓީގައި އެ ކައުންސިލުން ބުނެފައިވާ ކަމަށެވެ. ކައުންސިލުން އެކަން ފާހަގަ ކުރުމުން، ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ކޮމިޓީގައި ފާހަގަ ކުރެއްވީ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން އެ ދުވަހު ކޮމިޓީގައި މީޑިއާ ކައުންސިލުން ބުނީ އެގޮތަށް ގަވައިދު ބަދަލުކޮށްފައި ކޮމިޓީ އާ ހިއްސާ ކުރާނެ ކަމަށް. ރޭޕް ކޭސްއަކާ ގުޅިގެން މީޑިއާ ޖޫރިމަނާ ކުރާކަށް ނުބުނޭ. އެއް ސިޓީގައި އޮތަސް، އެއީ މުޅިން ދެ ކަމެއްގެ ވާހަކަ. ރޭޕް ކޭސްއަކާ ގަވައިދަކާ ގުޅުމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މީޑިއާގެ މިނިވަންކަމާ ކަނޑައެޅިގެން ދޮގުކަން އެނގި ހުރެ، ދޮގު ހަބަރު ލިޔެގެން، ފެތުރުމަކީ ދެ ކަމެއް ކަމަށެވެ. ދޮގު ހަބަރުތައް ފެތުރުމަކީ މީޑިއާގެ މިނިވަން ކަމެއް ނޫން ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"އަދި އެކަން ކުރީމަ ފިޔަވަޅު އެޅެން ވެސް ޖެހޭނެ. ކޮމިޓީގައި މި ވާހަކަ ދެކެވުނީ ކޮވިޑް އާ ގުޅިގެން ދޮގު ވާހަކަ ލިޔެގެން،" ރޮޒެއިނާ ވިދާޅުވިއެވެ.

މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ބާރު އެޅީ މީޑިއާތަކަށްް ބިރުދައްކަން ކަމަށް ވިދާޅުވެ، ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކާއި ބައެއް ޓީވީ ޗެނަލް ތަކުގެ އެޑިޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޑިޓަރުންގެ ފަރާތުން މި ކަންބޮޑުވުންތައް އައީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، އެ މައްސަލަ މަޖިލިހުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަހުލާގީ މިންގަނޑާ ހިލާފުވާ މީޑިއާތައް ޖުރިމަނާކުރެވިދާނެ އަދަދެއް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ، ފާހަގަކޮށްފައެވެ. އެގޮތުން މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހަވާލާދީ، ސިޓީގައި ބުނެފައި ވަނީ 2،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެކަން، ގަވާއިދުގައި ކަނޑައެޅިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޙެ

    ރރރރރރރރރރރރރޜޯނުއެދުރެއް
    .

    40
  2. ބީޖީ

    ރޮޒޭ ބުނީ މަ ގަބޫލުކުރޭ.

    4
    37
    • ޓަކަފިރޯށި

      ފުރަތަމަ މަޖިލީހުގަ ރޮޒައިނާމެން ހަގީގަތާހިލާފު ދޮގުވާހަކަ ނުގޮވަހުރޭ އަހުލާގީ މިންގަނޑު ހިފަހައްޓާ ! ކޮންއަނގައެއް ތިއްރުވަނީ

      43
  3. އެމަންޖެ

    ސަފާރީ ރޭޕް ކޭސް އާއި މީޑިއާތައް ޖޫރިމަނާ ކުރުމާ ގުޅުމެއް ނެތް ، ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވުން ، ރޮޒައިނާޔައް އިނގިލައްވާތޯ ފިޔަވަޅު އަޅުއްވަން އެއުޅެނީ ދެން އެކަހަލަ ވާހަކަތައް މީޑިޔާތަކުގަ ނުދެއްކޭގޮތް ހަދަންލަން ، ރޮޒައިނާ އަކީވެސް އެމްޑީޕީ ގެ ބޮޑުންގެ ބޮޑެއް އެހެންވީމާ ޖެހޭނީ ކެނެރީ ބުއްޅަބޭމެން ބުނާ ކަމެއްކުރަން ބުނާ ބަހެއް ބުނަން.

    64
    2
  4. ލައިލޫ

    م އެންވިއްޔާ..
    ކަލޭގެ އަމޔ ބަފޔ ވެސް ގުޅުމެއް ނެތް!

    45
    5
  5. ނޭނގޭ

    ގުޅުމެއްނެތް، އެކަމަކު މަޖިލިސް އިދާރާއިން ފޮނުވިސިޓީ ދުށީމުތަ ކަމަނާ؟ ހިނދުކޮޅުއައީތަ އަނެއްކާ؟ ތިކަހަލަ ކަނަކަމާ އުޅެންހަދައިގެން ބޮޑިބޮއިފަ ތިއޮތީ. އެންމެފަހުން ޖިންސީ ފުރައްސާރަ ކުރަނީވެސް ތިޔަމަޖިލީހާ ގުޅުންހުރި ފަރާތްތަކުން. ދެނެއް ސަލާމަތެއްނުވާނެ. އެންމެ ބޮޑުމީހާ އެކަމާ އުޅެނީ.

    33
  6. އިއްބެ

    ފާޅުކަން ބޮޑުގޮތެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގިޔަސް މައްސަލައެއްނެތެވެ.މިހާރު ގޯސްވަނީ އެފަދަ މައްސަލަ ބަލާ އިންސާފު ޤާއިމްކުރުމަށް ގޮވާލާ،ގޮވާލުމެވެ.ޔާމީން ދައުރުގައި މީޑިޔާއިން ކޮންމެ ވާހަކައެއް ދެއްކި އިރު އެއީ މީޑިޔާގެ މިނިވަންކަމެވެ.އެކަމަކު ތިމާމެންގެ މަސްލަޙަތު ހުރި ބަދުއަޚްލާޤީ މައްސަލައެއްގެ ވާހަކަ މީޑިއާއިން ހާމަކޮށްފިނަމަ އެއީ ދޮގުވާހަކަ ފެތުރުމެވެ.ފިޔަވަޅު އަޅަންޖެހުނީއެވެ. ހަމަ އަތަށް ގޮވީއެވެ.ތިމާމެން ދައްކާވާހަކަތަކުގެ ދެކޮޅު ނުޖެހޭކަން މިދަނީ އެނގި ފާޅުވަމުންނެވެ.

    39
  7. މުފައްކިރު.

    އޮޅުވާލުމާ މަކާރާ ޙީލަތުގެ ދުވަސްތައް ފާއިތުވެ ހަގީގަތް އެގި ހަގީގަތަށް ރުޖޫޢަ ވުމުގެ މަގު ރައްޔަތުން ޚިޔާރު އެބަކުރޭ. ދެންވެސް ރަގަޅީ އޮޅުވާލުމާ މަކަރާ ޙީލަތްތެރި ވާހަކައިން ދުރުވެ ތިބުން.

    34
  8. ހުވަދޫ ކިންގް

    ރޮޒައިނާމެނަށް ހީވާކަހަލަ މި ވަގުތޫ ދުނިޔޭގަ މިއޮތް ދުވަސްކޮޅުގަ ތިމާއަށް ދެއްވާފައިވާ އަގައިން ހިފަހައްޓާ ލެވުނީމަ ތީ ދާއިމީ ކަމެކޭ. ވަގުތު ޖެހުނީމަ ގެންދަވާނެ. އެއޮތް އާރާއި ބާރުގަ ގަދަބަސްބުނަމުން ދުވި ތޮއްޑޫ އަލީވަހީދު މިަދު ކޮބާ؟ ތިމާގެ އަގައިން ހުރިހާކަމެއްހަމަޖައްސަން އުޅުނަސް އެކަމެއްނުވާނެ. ކަމަނާގެ ނިމުންވެސް ޖެހޭނެ.

    35
  9. މުހައްމަދު އަންޖުމް

    ހެހެހެ ހިތައް އަރާ ލައްކަޔެކޭދޯ އެރޭގެ އެވަގުތު ކޮޅު އެހިއްވަރުކުރު ކަމަނާ ޔަކީ ފަހެ ތިޔަ މުޑުދާރު އަންހެނާއަށް ވީނަމަ ކޫއްބާކުރާނީ އޭރުންވެސް ހަމަތިޔަގޮތަށް އަނގަ ހުތުރުކޮށް ހުޅުވައިގެން ވިއްޖާނަންދޯ ހެހެހެހޭ

    25
  10. މަބޭ

    ކަންކަންގޯސްވެ ރައްޔިތުންބޮލައްއަރާހިސާބައް ދިޔައީމަ ތިޔަކަންވެސް އެންމެފަހުން ކޮންމެވެސް މީހެއްގެބޮލައް ތިޔަކަންޑާލީ އެމްޑީޕީގެރަސްމީ އުސޫލުން

    29
  11. ޙހހހ

    ތިޔަ ބޭކަނބަލުން ބުނީމަ އެކަންވާނީ އެހެން ، އެކަމަކު ރައްޔިތުންނަށް މިއަދު އެނގޭ ވާނުވާ ، މިވަގުތު ތިޔަ މަޖިލިސް ބޭނުންތަކަށް ކަންކުރެވިދަަނޭ ، އެކަމަކު ރައްޔިތުންނަށްވެސް ދުވަހެއް އަންނަަނޭ ، ރޮޒޭނާ އެނގިނުލައްވަތޯ މީޑިއާތަށް ހަަޒިރުކުރި ސަބަބުގައިވެސް އޮތް ވަކި ރިޕޯޓެއް އާއް.ުކޮށްގެންނޭ މިހެންވީ ،

    23
  12. Hdh

    Gina meehun goas kameh, kusheh koffai nubunaane thimanna kuryme, dhen habaru report kurumun dhogu habarakah vasne tho? Thedhu dhogu eganeeves meehunnah engigen dhw..

    10
  13. ރަބަރޭ

    މާގިރި ހޮޓެލް ގެ މަޖާގަޑާއި ކޮވިޑް19 އާއި ގުޅުމެއްނެތޭވެސް ބުނެވިދާނެ ދެއްތޯ މިހާރު ހިގަމުން މިދަނީ ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ ރަންޒަމާނޭވެސް ބުނީމަ ހަމައެއޮތީ ބުނެވިފާއި ރައްޔިތުންގެ ލޮލަށް ފެންނަމުން ކަމުގާއި ޝާމިލްވާ މީހުން ގެ ދުލުން ހަގީގަތް ފާޅުވަމުން ދާއިރުވެސް ތިއުޅުއްވަނީ ރައްޔިތުންގެ ބޮލަކީ މީދާކޭ އުނބެކޭ ވިދާޅުވެ ބޭނުން ކޮންމެ ގޮތެއް ތިމަންނާމެންނަށް ހަދާލެވިދާނެޔޭވިދާޅުވެ ބާއިކުދިން ކޮޅުގެ ހިމާޔަތުގާއި ދެއްތޯ؟ހުރި ހިތާމައެއްގެބޮޑުކަމާއެވެ
    ބޮޑުވަރު

    24
  14. ޗާލު

    ރޯޔަލް ރޭޕިސްޓުން ހިމާޔަތްކުރަން ޤާނޫނު އަސާސީވެސް ބަދަލުކުރޭ. ނޫނީ އެމްޑީޕީ މެމްބަރުން ޚާއްސަކޮށް ސަރުކާރުގެ މަތިފަނޑީގެ މީހުންނަށް ރޭޕް ހުއްދަކުރަން ޤާނޫނު ބަދަލުކުރޭ<

    25
  15. Anonymous

    ހަމަ ސަފާރީގެ ރޭޕް މައްސަލަ އޮއްބާލަން ކުރާކަމެއް! ކަލޭމެން ޤާނޫނު ހަދަނީ ކަލޭމެންނަށް ސަލާމަށް ވެވޭ ގޮތަށް. ނިކަމެތި މީހާއާއި ޖެހުނީމަ ޤާނޫނު ނެތަސް އަދަބު ދެވެ. ކަލޭމެންނާއި ޖެހުނީމާ ކުއްވެވަނީ އެތަނެއް، އުޅަނދެއް!

    14
  16. ޙަންޑި

    ކަމަނަ ކަމަނަގެ އާއިލާއާއިވެސް ގުޅުމެއްނެތް ރަތްލާޖެހި ލާދީނީ މީހެއް.

    12
  17. ހުވަދޫ ކިންގް

    މަޖްލީހުގެ މެމްބަރު ކަމަށް އާދެވުމަކީ ތިމާ ބޭނުންހާ ވާހަކައެއް މަޖްލީހުގައި ދައްކައި، އަނެކާގެ އަބުރަށްއަރައިގަންނަން ލިބޭ ލައިސަންސް އެއް ނޫން.މަޖިލީހުގެ ފްލޯގައި އެކި މީސްމީހުންގެ އަބުރު ކަތިލައި، މަޖްލީސް ބޭނުން ކޮއްގެން މީސްމީހުންނަށް ބިރުދައްކަމުން ދުވާއިރު މާދަން އިންސާފު ތިމާއާއި އަރާ ހަމަކޮއްފާނެ ކަމަށް ހަދުމަފުޅު ގަ ބަހައްޓަވާ.

    12
  18. އޮޅުވާލި ވޯޓު

    ރޮޒެއިނާ ކޮމްމެހެން އޮޅުވާލަން އުޅޭނެކަމެނެތް ތިއުޅެނީހަޖަމްނުވެގެން އަހަރުމެން އެވާހަކައެ ނުހުޓާނަން ނުވެސްހުޓުވޭނެ ކިޔާނަން ސޯސަލްމީޑިއާވެސް ފުޜާލާނީ ވެސް ރޯޔަލް ރޭޕުގެވާހަކައިން

    12
  19. ކެޔޮޅު

    ގާނޫނު ބަދަލުކޮށްގެންވެސް ކެނެރީބުއްޅަ ރޭޕިސްޓުންނަކީ ރޯޔަލްބައެއްކަމަށް އަދި ހަދާނެ އެމީހުންގެ ހައްގުގަ ބުއްޅަބޭވެސް ފޫގަޅައިގެން ނުފެންނަ އެތިފެންނަންނަންދެން މަސަށްކަތް ކުރާނެ.

    10
  20. ސިކަންދަރު

    އަވަގުރާނަ ގޮއްވަން ނޫޅެބަލަ!

    12
  21. ކަމަނަ

    ރޮޒޭމެން އަބުރުގެ ދައުވާ އުވާލީ، ކީކޭކިޔައިފައިތަ. ކޮންކޮމެޓީތަކެއް ބާއްވައިގެން ޤައުމު ހަލާކުރަނީ މަޖިލީހަކީ ތަޅައި ފޮޅައި އިދިކޮޅުމީހުން ނެރޭތަނެއް

  22. ނެތީމޭ

    ރައީސް ނެރުއްވަނީ ޚިތާބުދޯ އަމަލީ ގޮތުން މިކަން ކަން ހުއްޓުވުމަށް ކުރާ މަސައްކަތަކީ ކޮބައިތޭ ރޯޔަލް ރޭޕިސްޓުން އެތިބީދޯ ދޫވެފައި އެމެންގެ ނަން ވެސް ނުކެރުނު ދޯ ހާމަ ކޮށްލަން އެކަމަކު ރާއްޖޭގައި އަރަމުން އަންނަ ފިލްމްސްޓާރަކު ވީދާ ކުދި ކުދި ކޮށްލައިގެން ކަނީ ކުރެވޭ ތުހުމަތަކަށް ދެން މިގައުމުގައި މަނިއްޕުޅުގެ ވެރިކަމުގައި އިންސާފު މިއޮތީ ސަދޫމް ސިޓީގައި އޮތް އިންސާފޭ މަމެން ބުނަން ނެތީމޭ...