ކ. ދިޔަވަރު ބޮޑުވާ ގަޑީގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަހު ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ގެއްލުން ލިބިފައިވެއެވެ. އެގޮތުން ބައެއް ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކަށް އުދައިގެ އަސަރުކޮށް ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު ވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރިއެވެ.

ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާނެކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ހަވީރު 17:30 ހާއިރެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ ހަވީރު 16:30 ހާއިރެވެ. އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނެކަމަށް މެޓުން ލަފާކޮށްފައި ވަނީ ހަވީރު 16:00 ހާއިރެވެ.

ދިޔަވަރު ބޮޑުވާ ވަގުތުގައި ރާޅުތަކުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާ އިރު، އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮސޮގޕބޮ

    މާމިގިލި ރްންގަޅަށް ހުރީ

  2. ތެދު

    މީކޯފާނޫނީ ކޯޗެއް.ﷲއަށް ފުރައްސާރަކުރޭއަދިވެސް .