ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ތިން މަހެއްހާ ދުވަސް ފަހުން، މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލަކީ ޖަމާއަތް ހެދި އިރު، ކައިރި ކައިރީގައި މީހުން ތިބުމެވެ. އެކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އަދި ގިނަ އިލްމުވެރިން ފާހަގަ ކުރައްވާ އެއް ކަމަކީ މި ހާލަތުގައި ގައިދުރުކަން އިސްކޮށްގެން ކުރާ ނަމާދު ސައްހާ ވާނެ ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާ އިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަށްޓަކައި ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ.
ޤައުމު ތަކުގައިވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިން. @presidencymv @MVIaffairs @HPA_MV @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) July 11, 2020
"މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް،" މައުމޫން ވިދާޅުވިއެވެ.
ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިން ކަމަށެވެ.
މައުމޫން އެގޮތަށް ވިދާޅުވި އިރު، ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ މިންވަރަށާއި ބަލީގައި ނިޔާވާ މީހުންގެ އަދަދަށް ބަލާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާ ގުޅިގެން އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް 2,617 މީހަކު ފައްސިވެފައިވެއެވެ. އަދި އިއްޔެ އެކަނި ވެސް 64 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.
މިއީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 987 ދިވެހިންނާއި 1،630 ބިދޭސީންނެވެ. ބަލީގައި 13 މީހަކު ނިޔާވިއެވެ. އަދި ބަލި ޖެހުނު 300 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ އިރު، 2،300 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހިމެނެއެވެ. ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ނުބެހެއްޓޭނެ ކަމަށް ގަބޫލު ކުރާ އިލްމުވެރިން އެބަތިއްބެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓްގައި މާތް ރަސޫލާގެ ސުންނަތުން ފެންނަން އޮތް އުސޫލާ ދުރަށް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމުގައި އެއްވެސް މީހަކު ގައިދުރުކަން ބަހައްޓަން އިސްކަން ނުދޭ އިރު މިސްކިތަށް އަރާ ވަގުތުގައި އެ ދުރުކަން ބެހެއްޓުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
"ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ސޯޝަލް ޑިސްޓެންސް ބެހެއްޓުމަކުން ނުފުދޭނެ. ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި އެބަ އޮތް،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޑރ. އިޔާޒު ވިދާޅުވިއެވެ.
ކަލޭގެ އުނދަގުލުން މިގައުމުސަލާމަތްނުވާތާނގަ ދީންވެސް ބޭނުންގޮތަކަށް ހަދާލަނީދޯ..!! ކަލޭބުނީ ބުރުގާ އަޅާކަށެއްވެސް ނުޖެހޭ..!!!؟ ވައިޔާޒްބިﷲ..ކަލޭ މިގައުމުގެ ދަރިންނަށް ދީންއޮޅުވާލިބޮޑުއެކަކު އެކަމުގެފައިދާ ލާދީނީ ނަޝީދައްގައްނަ ހިޔަޅުގެބައިގަނޑުނެގީ..ﷲއަޅަމެން މިނުލަފާ މީހުންގެކިބައިން ސަލާމަތްކުރައްވާންދޭވެ.
ދީނޭ ކިޔާފަ ކޮމެންޓް ކުރާއިރު “ކަލޭ” ކިޔައިގެން ފެށީމަ އެގެނީ ޖާހިލުކަން
މި ނުބައި ނުލަފާ އިންސާނާގެ ކިބައިން ރާއްޖެ ސަލާމަތް ކުރައްވާނދޭވެ.
ޙަޔާތުގެ ކަންފުޅެއްވެސް ނެތޭ ދީނޭ ކިޔައިގެން ވާހަކަ ދައްކާއިރު
ނަމާދަކަށް، ހުކުރަކަށް މިސްކިތަކަށް ނައިސް މާދުރުގަ ގޭގަ މައުމޫނު މިއޮތްހާ ޒަމާންވަންދެން ހުރީ ކޮންސަބަބަކާ ހުރެތޯ؟
މިސްކިތުގައި ނަމާދު ޞޮއްޙަ ނުވާތީ.
މިކަލޭގެ ގައިގައި ނަމާދާމެދު ކި ރިޔާވެސް ލޯއްބެއް ހު ރިނަމަ މިސްކިތުގެ ހަތަ ރު ފާ ރުން އެތެ ރެވިސް
ހަމަ ހައި ރާންވޭ މުސްކުޅިވެދާއި ރު ނަމާދަށް މިސްކިތައްނުދާތީ
މީސަތަކުންނޭ މައުމޫނުގެ ލާދީނީ ފަތުވާތަކުން ދު ރުވޭ.
ނާހަމަތެދެއްތަ؟ ތިޔައީ އަދި އެއްވެސް މީހަކަށް ނޭގިފައި އޮތް ކަމެކޭ.
މައުމޫނު އުޅުއްވާ ގެއާއި 300ވަރަކަށް ފޫޓް ކައިރީގައި މިސްކިތެއްހުރޭ. މިސްކިތުން ބަންގިގޮވާ އަޑު އެގެއަށް އިވޭލެއް ގަދަކަމުން އެގޭމީހުނަށް އުނދަގޫވެސްވޭ. އެއްވެސް ނަމާދަކަށް މައުމޫނު މިސްކިތަކަށްނުދޭ. މިދެންނެވި ހިސާބުގައި ހުންނަ މިސްކިތަކަށް ޖަމާއަތުގެ ނަމާދަށް ނުގޮސް ގޭގައި ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ކީރިތިރަސޫލާގެ ސުންނަތާ ހަދީސުން ޓްވީޓް މެދުވެރިކޮށްނަމަވެސް މައުމޫނު ހާމަކޮށްދެއްވަ ބައްލަވާ.އޭރުންވެސް ނޫސްތަކުގެ ފަލަސުރުޚީ އަށް އަރާނެ. މިކޮމެންޓް ޖަހާލަދޭތި.
އޭ މިހި ރަ މައުމޫނު،.....ކޮންހާލަތެއްގަ ކިހިނެއްވެގެން ކޯޗެއްމަދުވެގެން ކޯޗެއްނުލިބިގެން ކިހިނެއްވެގެން ކަލޭ ރައީސް ނަޝީދުއާއި ދު ރުދު ރުގަ ނުހު ރެވިގެން ކައި ރިވީ...ކަލެއާއި ކަލޭގެ މީހުންނަށް ލިބެންޖެހޭ ބޮނޑިވަ ރު އިތު ރު ކުރަންތަ؟....ހައްހައް
މިއުޅެނީ ނަމާދު ސައްޙަ ނުވެގެންނޫން. ރައްޔިތުން ބޭނުމެއްނުވޭ ކޮވިޑްއަކީ ބިރުގަންނަ ބައްޔެއްކަމަށް މަޖިލިސްގެ ރައީސް ވަނީ އެކަން ރައްޔިތުންނަށް ބުނެދީފައި. ވީއިރު ހަމަ އެކަނި ނަމާދުތޯ ގައި ދުރު ނުކުރެވިގެން އުޅެނީ. އެހެން ނޫނަސް މަނިކުފާނަކީ ޚުތުބާ ވިދާޅުވާން ނޫނީ މިސްކިތަކަށް ވަޑައި ގަންނަވާ ބޭފުޅެއްވެސް ނޫނެއް ނޫންތޯ؟
މައުމޫނަކީ ފާސިގެއް
ކަންފަތަށް ބަންގީގެ އަޑު އޮވޭ މީހާ ޖަމާޢަތައް މިސްކިޔަށް ދިޔުންވަނީ މާބޮޑަށް އައުލާވެގެން. ކޮބައޮތޯ ކަލޭމެންގެ ހާލަކީ؟ ވީމާ ކަލޭމެން ފަރުވާ ނުނެރުނިއްތާ ތާހިރުވާނީ.
މިފަދަ ބަލިތަކަކީ ހަމަ އެކަނި މި ޒަމާނުގައި ފެތުރުނު އެއްޗަކަށް ވާނަމަތާ ތިޔަށް އާފަތުވާއެއް ބޭނުންވާނީ. ސަހާބީންގެ ދުވަސްވަރުވެސް މިފަދަ ބަލިތަކާ ކިރިމަތިލާން ޖެހުނު. މިފަދަ ހާލަތުގައި ނަމާދުގެ ޖަމާޢަތާމެދު ސަހާބީން އަމަލިކުރިގޮތް ބަލަން ޖެހޭ!
ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
—————————————-
މިސްކިތް ތަކުގައި ހެދޭ ޖަމާޢަތުގެ ނަމާދަށަ ހާޒިރުނުވާ މީހުން ނަމާދާއި ބެހޭގޮތުން ފަތުވާނެރެން މީ ކޮނަފްދަ ޢަޖައިބެއްތޯއެވެ؟
ދީނުގެ ޙުކުމްތަށް ނެރުމުގެ ކުރިން އެއްމެ ފުރަތަމަ ޢިލްމު އުނގެނެންޖެހެއެވެ.
ހަމަ އެއާއިއެކު އުނގެނުނު އިލްމަށް އަމިއްލަ ނަފްސުގެމައްޗަށް ޢަމަލުކުރަން ޖެހެއެވެ.
ދެން އޭގެފަހުގައި ބަސްބުނުން ހުއްޓެވެ.
ﷲ ތަޢާލަ ވަހީކުރެއްވިއެވެ.
Holy Quran 61:2
------------------
يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ
O you who believe! Why do you say that which you do not do?
Holy Quran 61:3
------------------
كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ
Most hateful it is with Allah that you say that which you do not do.
މިމީހުންނަކީ މިއީ ޤަރްޟާވީ ޢިލްމުވެރިޔަކަށް ހަދައިގެން އުޅޭ ބައެއް. ޤަރޟާވީ އަކީ ސޫފީންނާއި ޝިޔަޢީންނަކީ މުސްލިމުންކަމުގައި ދެކޭ މީހެއް. މި މީހުންގެ އަޤީދާވަނީ ބާޠިލާއި އެކުވެ ތަޣައްޔަރުވެފައި. ދުނިޔެވީ އެދުންތަކާއި ޝަހްވަތާއި އެމީހުންނަށް ލުއި ފަސޭހަ ގޮތުގެ މައްޗަށް އުޅޭ ބައެއްމީ. ދީނުގެ ވާ ލުއިފަސޭހަ ކަންވެސް އޮޅުވައިގެން މިމީހުންނަށް އުޅެން ފަސާހަ ގޮތަކަށް އެކަންވެސް ފަތުރާ މީސްތަކުންގެ ބޮލަށް އެކަންކަން ވައްދާ، މީހުންގެ ހިތްތަކުގައި ދީނަށް އޮންނަންވާ އަހަމިއްޔަތު ކަޑުވާފައިވާ މީހުން މިއީ.
ޙާލަތު އޮތްގޮތުން ބުރުގާ ނާޅަ ހަމައެކަނި މާސްކް އެޅުން ހުއްދަވާނެތޯ
ޙާލަތު އޮތްގޮތުން ބުރުގާ ނާޅަ ހަމައެކަނި މާސްކް އެޅުން ސައްހަވާނެ ތޯ
ރައީސް މައުމޫން އަކީ ދީނީ ލިޔުން ލިޔުއްވާ ބޭފުޅެއް. ބައެއް ސޭހުންގެ އިވެނީ ހަމައެކަނި ދަރުސް. ލިޔުން ފެންނަނީ މަދުން. މިއީ ތަފާތަކީ.
މަނިކުފާނަށް ކިހިނެތް ސައްޙަ ވާނެކަން އިގުނީ،
ގައިދުރުކަން ބަހައްޓަން ޖެހެނީ 3 ފޫޓު ދުރުން.. މިސްކިތުގަ އެހޭ ޖާގަ އޮވޭބާ. މިސްކިތްތަކަށް އަދިވެސް ގިނަ މީހުން ދަނީ މާސްކު ނާޅާ ބިދޭސީންވެސް . ބަލިޖެހުމުގެ ޗާންސް ބޮޑު
މަނިކުފާނައްވުރެ ބޮޑު އިލްމްވެރިޔަކާ ބައިއަތުހިއްޕަވައިގެން ހުންނަވައި ތިކަހަލަވާހަކަފުޅު ވިދާޅުވީމާ އަޅުގަޑުމެންނައް މަނިކުފާނުވިދާޅުވާ ވާހަކަފުޅު ގަބޫލުކުރަންދަތި
މައުމޫން. ޚަލޭ ރަނގަޅުވާނީ ތިޔަކަހަލަ ވާހަކަ ނުދެއްކުން
1. މިވަގުތު ހާލަތު އޮތްގޮތުން ގައުމަށްޓަކައި ދީނަށްޓަކައި ސިޔާސީ ބަދަލެއް ކަލޭގެ ފަ ރާތުން އަވަހަކަށް ފެނިދާނެތަ؟.. 2 .މިހެން މިބުނީ ،އެމްޑީއެން މައްސަލައާއި، ރޭޕް މައްސަލަތަކާއި ، ޖިންސީފު ރައްސާ ރަ، ކު ރުން، ފާހިޝް އަމަލު ހިންގުފަދަ ކަންތައް ކު ރީ ސަ ރުކާރުގަ ނުހިގާ މިންވަރަށް މާ ގިނައިން މިޙާ ރު އެބަ ހިގާ...މީމައްސަލައެއްނޫންތަ ކަލެއަށް؟.3.ކަލޭ އިސްލާހު ވާނީ ކޮންދުވަހަކުން؟
ރާއްޖެ ހޫނުގަދަކަމުން ބުރުގާ ނޭޅިޔަސް ހެޔޮވާނެ
ހާލަތާގުޅިގެން ނަމާދު ކު ރަންވާގޮތަށް ބަދަލު އައިސްފައި މިހު ރީ. ނަމާދު ދަތު ރުމަތީ ގަސް ރު ޖަމްއު ކޮށް ކު ރާގޮތް. ކޮޅަށްހު ރެ ނުކު ރެވޭމީހާ އިށީދެއިދެ. އިށީނދެ ނުކު ރެވޭމީހާ އޮށޯވެއޮވެ. ހަނގުހރާމައިގެ މައިދާނުގައި ނަމާދު ކު ރާ ގޮތް. މި ކަންކަމަށް ގިޔާސް ކު ރެވޭނެ ހާލަތެއްމީ.
އާންމު ދިރިއުޅުމުގައި ވެސް ގައިދުރު ކަން ބެހެއްޓުމަށް އަބަދުވެސް އެ ގޮވަނީ.
ދީން ކިޔަވައިދޭނެކްމެއް ނެތް. މިހެއް ގަޔަށްއަރަބައްޔެއް ހުރިކަމާނެތް ކަން ޔަގީން ނުވާނަމަ އަހަރެ ހުންނާނި މިސްކިތުގަ އެހެންމިހުންނާ ދުރުގަ ނޫނީ ނަމާދު ކުރާނީ ގޭގަ.
ކަލޭތީ ބަންފީފެ އަޑުއިވޭތީ އުނދަގޫވެގެން ކައިރީގަ ހުރި މިސްކިތުން އަދޫގަދަކުރާއިން ބަންގި ކަނޑާލި މީހެއް، ލަދެއް ނުގަނޭތަ ނަމާދޭ ކިޔައިގެން އަނގަހުޅުވާކަށް.
ކަލޭތީ ބަންގީގެ އަޑުއިވޭތީ އުނދަގޫވެގެން ކައިރީގަ ހުރި މިސްކިތުން އަޑުގަދަކުރާއިން ބަންގި ކަނޑާލި މީހެއް، ލަދެއް ނުގަނޭތަ ނަމާދޭ ކިޔައިގެން އަނގަހުޅުވާކަށް.