ކ. ހިންމަފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހިންމަފުށި ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ވަގުތަށް" ވިދާޅުވީ ދިވެހި ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަކީ މާލޭގައި ހުރުމަށް ފަހު، ދާދި ފަހުން ރަށަށް ދިޔަ މީހެއް ކަމަށް ވެސް ޝާން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 87 އަހަރުގެ ދިވެއްސެކެވެ. އެމީހާއަކީ މާލޭގައި އޮޕަރޭޝަން ކުރުމަށް ފަހު، ރަނގަޅުވެގެން ރަށަށް ގޮސް ހޯމް އައިސޮލޭޝަންގައި ހުރި މީހެއް ކަން ވެސް އެނގިފައިވެއެވެ.

ހިންމަފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، މީގެކުރިން އައްޑޫ ސިޓީ އާއި އއ. ތޮއްޑޫ އާއި ހދ. ނޮޅިވަރަމާއި ގއ. މާމެންދޫގައި ހޯމް ކަރަންޓީނަށް ދިޔަ ބަޔަކު ވެސް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް 2،617 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 987 ދިވެހިންނާއި 1،637 ބިދޭސީންނެވެ.

އެއީ 1،311 މީހުންނާއި އިންޑިއާގެ 231 މީހުންނާއި ނޭޕާލްގެ 45 މީހުންނާއި ސްރީ ލަންކާގެ 19 މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހުންނާއި "އެހެނިހެން" ކެޓަގަރީގައި 10 މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައި ވަނީ 2،238 މީހުންނެވެ. އަދި ބަލީގައި ނިޔާވެފައި ވަނީ 13 މީހުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާ ގުޅިގެން އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އަދި އިއްޔެ އެކަނި ވެސް 64 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއީ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  ނުބެލެހެއްޓިގެން ރާއްޖެތެރެއައް މީހުންދޫކޮއްލުމުގެ ނަތީޖާ މިފެންނަނީ ސަރުކާރުބޭނުންވިގޮތް ކަމައް ބެލެވެނީ

  8
  2
 2. އަމީރާ

  ތިވާނީ ސިޔާސީ ކަމަކަށް. އެޖެންޑާ 19 ކަހަލަ ސިޔާސީ ވައިރަހެއް ކޮވިޑް 19 އަކީވެސް.

  5
  1
 3. ޙހހހ

  ކޮންކަމެއް ބެލެނީ ، ސެލޫން ތަންތަން ހުޅުވަން ހުއްދަދިނީ ކިހާ ފިޔަވަޅުތަކެއް އަޅަން ބުނެފަތޯ ، އެކަމަކު ކިތަންތަންތޯ އެމިންގަނޑަށް ފެތެނީ ، ކާކުބަލަނީ ، އެކަމަކު ބޯ ނުކޮށާވެސް ނުތިބެވޭނެދޯ

  1
  1
 4. ޙހހހ

  އެޗް.ޕީ.އޭ އިން ލުއިދިންއި ރު މާލެއިން މީހުންނަށް ރަށަށް ނުދެވޭނެކަމަށް އޮތްދޯ

  • ޙ

   ކަލޭ ދެން ތިއޮތް ތާކު އޮވޭ