ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާޒް (ތަޖޫބެ) ގެ އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތަޖޫބެ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާގެ އެއްބަނޑު މީހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ތަޖޫބެ އާންމުންގެ ކިބައިން އެދުނީ ހެޔޮ ދުއާކޮށް ދިނުމަށެވެ.
ތަޖޫބެގެ އާއިލާ އިން ކޮވިޑް-19 އަށް ފައްސިވި ސީދާ ކިތައް މީހުން ކަމެއް އޭނާ ނުބުނެއެވެ.
އެކަމުގެ ތަފްސީލް ހޯދަން އޭނާ އަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.
ތަޖޫބެގެ އާއިލާގެ މީހަކު "ވަގުތަށް" ބުނީ ކޮވިޑް-19 ޖެހިފައި ވަނީ އާއިލާގެ 12 ވަރަކަށް މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ހަތް ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ފައްސިވީ ތަޖޫބެގެ އެއްބަނޑު މީހަކާ އޭނާގެ އަންހެން ދަރިފުޅެވެ.
އޭގެ ފަހުން ކޮވިޑް-19 ގެ އަލާމާތްތައް އެ އާއިލާގެ މީހުންގެ ކިބައިން ފެންނާތީ ސުންކު (ސާމްޕަލް) ނެގުމަށް ފަހު ޓެސްޓު ކުރުމުން، ބާކީ ތިބި މީހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު ކަމަށް ތަޖޫބެގެ އާއިލާގެ މެމްބަރަކު ބުންޏެވެ.
" އެއްގޮތަކަށްވެސް ނޭނގެ އަދި އާއިލާ ތެރެއަށް މި ވަތް ގޮތެއް. ކުޑަކުދިން މީގެ ތެރޭގައި ގިނައީ،" އާއިލާގެ މެމްބަރު ބުންޏެވެ.
ސިފައިންގެ ޑްރާމާތަކުން އެންމެ ފުރަތަމަ ވިދާލި ތަޖޫބެއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ އެއް ކޮމީޑިއަންއެވެ. މީގެކުރިން އޭނާ މުޅިން ވެސް ފެނިފައި ވަނީ ހެއްވާ އަދި މަޖާ ފިލްމުތަކުންނެވެ. އެކަމަކު، އޭނާ ދާދި ފަހުން ވަނީ "ރޭވުމުން" ނަމަކަށް ކިޔާ ފިލްމެއް ކުޅެފައެވެ. އެ ފިލްމުގައި އޭނާގެ ފަރާތުން ފެނުނީ ސީރިއަސް ރޯލެކެވެ. އޭނާ ކުޅުނު އެ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން ބަލާނަމަ އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް 64 މީހަކު ފައްސިވިއެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިން ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 361 މީހުންނެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2،600 އަށް ވުރެ މައްޗަށް އަރައިފައެވެ.
ޔާﷲ ޝާޒް (ތަޖޫބޭ) ޢާއިލާއަށް އަވަސް ޝިފާ މިންވަރުކުރައްވާށި އާމީން
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.
ޢާއިލާއަށް ބަލިގެންދާ މީހަކަށް އެކަކުވެސް ނުވަންވީ.
ތަޖޫބެގެ ވާހަކަ ޖަހާލަން ތިނޫން ގޮތެއް ނެތީ ތޯ ،ކޮވިޑް 19 ރާއްޖޭގަ އުޅޭކަމަައް ގަބޫލެއް ނުކުރަން
އަވަސް ޝިފާއަކައް އެދެން
ޔާﷲ ޝާޒް (ތަޖޫބޭ) ޢާއިލާއަށް އަވަސް ޝިފާ މިންވަރުކުރައްވާށި އާމީން
ޔާﷲ ޝާޒް (ތަޖޫބޭ) ޢާއިލާއަށް އަވަސް ޝިފާ މިންވަރުކުރައްވާށި އާމީން
ޔާﷲ ޝާޒް (ތަޖޫބޭ) ޢާއިލާއަށް އަވަސް ޝިފާ މިންވަރުކުރައްވާށި އާމީން
މިމަހުގެ 17 ވަނަދުވަހާހަމަޔައް ފޮސްސިވާމީހުންގިނަވާނެ ކަމައް ބެލެވެނީ 17 ވަނަދުވަހު ބޮޑުޖަލްސާއެއް އޮތީމާ ބަޔަކައް ހަޖަމެނުވާނެ
އެއްވެސް މަޖަލެއްނޫން އަންހެން ދުޅާ ރޯލު ކުޅޭތީ..!
ޔޫސޭ ވައްޓާލެވޭވަރު މީހެއް އަދި ނާދޭ..
އަދި އަލީ ރަމީޒް ހާ ރީއްޗަ ލަވަކިޔާ މީހެއްވެސް މި ދިވެހި ރާއްޖެއިން ނުދެކެން.
ތަޖޫބެގެ ހިތާމައިގައި އަހަރެމެން ބައިވެރިވާވާހަކަ ދަޖޫބެއަށް ދަންނަވާލަން.
ޔާﷲ ޝާޒް (ތަޖޫބޭ) ޢާއިލާއަށް އަވަސް ޝިފާ މިންވަރުކުރައްވާށި އާމީން
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.