ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ އިތުރުން، 12،768 ކިއުބިކް މީޓާރު ނެރުން ވަނީ ފުންކޮށްފައެވެ.

އަދި 30 މީޓަރަށް ބޭރުތޮއްޓެއް ލުމުގެ އިތުރުން 220 މީޓަޓުގައި ރިވެޓްމެންޓު ޖަހައި 1445 އަކަމީޓަރު ޕޭމަންޓަކާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ މި މަޝްރޫގެ ދަށުން ކުރިޔަށް ގެންގޮސްފައެވެ.

މި މަޝްރޫއަކީ 17.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫ އެމްޓީސީސީ އިން ނިންމާފައި ވަނީ 410 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

މި މަސްރޫ ޕްލޭނިން މިނިސްތްރީ އިން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އަންނަނީ އެކުންފުނިން ކުރިއަށް ގެންދާ ގިނަ މަޝްރޫތަކެއް މިދުވަސްކޮޅުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރަަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    އޮޅުވާލުމުގަ ހައްދެއްނެތް މަސައަކަތްނިންމާލީ 410 ދުވަހުން މޓސސ އާ މަސައްކަތް ހަވާލުކުރީ 2019 ޖޫން މަހުގަޔޯ މަސައްކަތްފެށީ 2019 ސެޕުޓެމްބަރުގަޔޯ އެހެންވީމާ 300 ދުވަހުން ނޫންތޯ ނިންމާލެވުނީ...