ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި، އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ސީރިއަސް މައްސަތަކެއްގެ ގޮތުގައި ފުލުހުން ދެކޭ މައްސަލަތަކެއް ކަމަށާއި އެފަދަ މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި އަދިވެސް އިތުރު އެހެން އަނިޔާތަކުގެ ކުށުގެ އަމަލުތަކާއި މެދު ރައްޔިތުން ހޭލުންތެރިކުރުމައި އެފަދަ ކުށްތަކުން ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށްކުރުމުގެ ވައްޓާފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީ ކުރުމާއި އެފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމަކީ އަބަދުވެސް ސަމާލުކަން ދޭ ކަމެއް ކަމަށާއި މިހާރު އަމަލު ކުރާ ސްޓެރެޓިޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް އެކަމަށް ދީފައިވާ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ބާވަތްތަކުގެ ކުށްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޖުތަމައުގެ އެކިދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯޓް ކުރެވޭނެ ފަސޭހަ ގޮތްތައް ތައާރަފްކޮށް، އެފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގު މަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމު ހަމަޖެހި، އެކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރަމުން" ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

މިކަންކަމަކީ އެއިދާރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެ އެހީތެރިކަމާއި އެކު ކުރަމުން އަންނަ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަންޖެހިފައި ހުރިކަންކަން ހުރިކަމާއި ނަތީޖާ ހާސިލުވާނޭ ގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފުލުހުން ވެސް ފާހަގަކުރަމެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުހީބުދެމެވެ. އެހެންނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވާހަކަދައްކަވަމުން ގެންދާތީ އެކަމާމެދު މި ސާވިސްއިން ކަންބޮޑުވުން ފާޅުކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ވިދާޅުވީ ޒިންމާދާރު ގޮތަކީ ކޮންމެ ކަމެއްގައި ވެސް އެކަމެއްގެ ފުރިހަމަ މައުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކެން ކަމަށެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަކުރުންފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތްއިރު މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ހާއްސަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭނޭގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. .

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގައި މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދާނޭކަމުގެ ޔަގީންކަންދޭ ކަމަަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ނުކުރެވޭނެ، ތިހާ ހިތްވަރެއްހުރިނަމަ ސަފާރީ މައްސަލަ ބެލީސް

    11
  2. ސަމި

    އެހެންތޯ ކޮބައިތޯ ސަފާ ރީ ކުދިން ކޮޅު

    11
  3. މާމީ

    ތިހެން ބުނީމަ އަހަރުމެން މިހާރަކު ގަބޫލެއް ނުކުރާނަން ކޮބާ ސަފާރީގަ ރޭޕުކުރި މައްސަލަ؟ މިހާރު ެއެމައްސަލާގަ ކުއްވެރިވީ ސަފާރީހެއްވާދޯ.......

  4. ފުލިސް

    މިހާރުވެސް ފުލުހުން އެއުޅެނީ ފެބްރުއަރީމަހު ހުށަހެޅުނު “ރޯޔަލް ޖިންސީގޯނާ” ގެ ކޭހެއްގަ އަތްއަޅައި ފޮރުވައިގެން. ވީ އިރު ތިޔަނެރޭ ބަޔާނެއް މިހާރު ވޯކެއް ނުކުރާނެ. ތިގޮތަށް ބަޔާނެއް ނެރޭ އިރަށް އެއީ މާތްމަތިވެރި ތެދުވެރި އެއްޗެއްކަމަށް ގަބޫލުކުރެވުނު ޒަމާން މާޒީވެ ހިގައްޖެ. މިހާރު ތިޔަހެން މަތި އޮއްބަން ދައްކާވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެ.

  5. ކާފަބޭ2020

    ހަމަހޭގަހުރެ އަހަރެންގެއަތުގައަމިއްލައަށް ވަޅިއަޅާފާނެތޯ؟ނޫން ނާޅާނެ އެހެންކަމަށްވާނަމަ ބޮޑުކަރާކުޑަކަރާ އެއް

  6. ހަގީގަތް

    ތެންކސް ?

  7. ާާއަތާ

    ފުތަތަމަ ކަލަެމެން މީހުންނައް ގޯނާ ނުކޮއް ތިބެބަލަ

  8. ޙހހހ

    ހިޔެއްނުވާ ތިކަންވާހެނެއް ، މަޖީލީހުގެ ކޮމިޓީގައިވެސް ކް ރައިމް ޑިޕާ ރޓްމަންޓްގެ ހެޑް އެބައޮތް ބުނެފަ ސަފާ ރީކޭހުގެ ރޭޕިސްޓުން ދޫކޮށްލައިފައި ބައިތިއްބަނީނހެކި އިތު ރަަށް ހޯދަންވެގެނީ ، މީކޮންއުޞޫލެއް ، މީގެކު ރިންވެސް ކުށްވެ ރިން ބަންދަށް މުއްދަތުޖަހަނީ ހެކި ފޮ ރުވާތީނޫންތަ ، މިހާ ރުވެސް ތިމައްސަލާގައި ރޭޕިސްޓުން ކުޅޭލާކުޅި މަދެއްނޫން ،
    ޕޮލިހުން އިސްލާހްކުވރާނަމަ ސީޕީ ހަމީދު ބޭ ރުކު ރަންވީ ، ޕޮލިހުންގެ ވަޒީފާގައި ހު ރެ ވެ ރިކަމާއި ދެކޮޅަށް ޓްވީޓްކޮށްގެންނާ އިންޓެލިޖެންސް މައުލޫމާތު ލީކްކޮށްގެން ކު ރީ ވެ ރިކަމުގައި ކަނޑާލިމީހެއް އެއީ ،

  9. ފެކްޓް

    ޙިމާރުގައިވެސް ބޮނޑިއެއް އެޅީމަ އިރުކޮޅަކަށް ބާރަށް ދުވެގަންނާނެ. ހަމަ އެގޮތަށް ފޫކޮޅުގަ ވިކާލީމަ ތި އުޅެގްނާނެ ދުވަސްކޮޅަކަށް. ތިހެން ނުބުނާ ފަހަރެއްދޭތަ؟ އެްްކަމެއްވެސް ރަނގަޅަށް ދޭތަ. ސިފައިންގެ ޒިންމާ އަކަށް ވެފަ މިއޮންނަނީ އިސްޓިކާ ޖާހާފަ ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު ފޭރުން.
    އަނެއްވާހަކައަކީ "ޖިންސީ ގޯނާގެ މައްސަލައޭ" ސުވާލަކީ ޖިންސީގޯނާއަށް ވަކި ދޫކުރާނެ ކަމެއް ރާއްޖޭގަ އެބަހު ރިހޭ؟؟؟؟ މީހުން މަރާ މައްސަލަތައް. މަސްތުވާ ތަކެތީގެ މައްސަލައާއި ވައްކަމާއި ރިޝްވަތުގެ މައްސަލަ. ބިދޭސީންގެ މައްސަލަ. ބިމާ އެކަށީގެން ނުވާވަރަށް މަގުމައްޗަށް ދުއްވާ އެއްޗެހި ނެރެފަ ބޮޑުކަން ހޯދަން އިސްޓިކާ ޖަހާ މައްސަލަ.

  10. ދޮންބޭބެ

    ތީ މުޅިން ބޭކާރު ވާހަކަ. ރަސޫލާއައް އަދި އިސަްް ލާމް ދީނަ ފުރައް ސާރަކުރިމީހުންގެ މައްސަލަ ނުބަލާ ދެންތިހެން ބުންޏަކަސް ބަލައެއް ނުގަނެވޭނެ.

  11. ާޢަލީ

    މިހާރު ތިދައްކާވާހަކަ ކުޑަކުދިންވެސް ޤަބޫލުނުކުރާނެ ވ ސޅާމް