ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރި މައްސަލައެއް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފެންމަތިކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ވޮޑަމުލާ ކިޔާ ރަށަށް ނުދަންނަން، އެ ރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ: ޔާމީން" މި ސުރުހީގެ ދަށުން ޝާއިރުކޮށްފައިވާ ހަބަރެއްގައި ދޮގު މައުލޫމާތު ހިމަނާފައިވާ ހަބަރެއް ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ވެސް ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށެވެ. "ވޮޑަމުލާ" ކިޔާ ރަށެއް އޮންނަކަން ރައީސް ޔާމީނަށް ފުރަތަމަ އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދަނިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށް ވެސް ނޫސްބަޔާނުގައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއިރު ވެސް އެ ރަށާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީނާއި ކުރައްވާފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުން ކަމަށާއި އެ ރަށާއި ގުޅޭ މައުލޫމާތު ޔާމީނަށް އެނގިވަޑައިގެންނެވީ މިހާ ހިސާބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެންމެ ފަހުން ހައިކޯޓުގައި ހިނގާދިޔަ ޝަރީއަތުގައި އެ ރަށް ކުއްޔަށް ދީފައިވާ ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ރައްޓެހިންތަކެއްކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެ ރަށް ދޭން ބޭނުންވެގެން އަދީބު، ޔާމީންގެ ގާތުގައި ދެންނެވި ކަމަށް ހައިކޯޓުގައި ޔާމީން ވިދާޅުނުވާ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ބަޔާނުގައި ރައީސް ޔާމީނާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމާއި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަމާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވަކީލުންގެ ޓީމުން ނެތރެފައިވާ ނޫސްބަޔާނުގައިވެއެވެ.
ޕީ އެސް އެމް ކިއަސް އެތަނަނީ މިހާރު އެންޑީޕީ ހަރުގެ ކަހަލަ ތަނެއް އެހެންވީމަ އެއީ މައްސަލައެއް ނޫން.
ނުލަފާ ހިންޏެއް މަގޭކައިރިއަށް އަންނަނީ??
ރީނދޫވީމަހެން ހީވަނީ.
ރައީސް ޔާމީން ދޫކުރުން ނޫން ގޮތެއް ނޯންނާނެ..ކޮވިޑަށް ފަހު ރައްޔތުންގެ ބާރު ފެންނާނެ ލާދީނީ ބައިގަނޑަށް
ސީލާންޖެހޭނެކަމަށް ބެލެވެނީ. މިދުނިޔޭގަ ނުތިބޭނެ %100 ހުރިހާކަމެއް ފުރިހަމަ މުސްލިމުންނެއް. ކޮންމެ ބަޔަކީވެސް ކުށްކުރެވޭނެ ބައެއް. މަސައްކަތް ކުރަންވީ ކުށެއް ކުރެވިއްޖެނަމަ އިސްލާހުވެ އިތުރަށް އެކުށެއް ތަކުރާރުވިޔަނުދީވޭތޯ މަސައްކަތްކުރަން. މުސްލިމުންގެ ގޮތުގަ ތިބިބަޔަކަށް ލާދީނީއޭ ކިޔާނީ އަސްލު ލާދީނީ މީހުން. މިސާލަކަށް ކޮންމެވެސް ބައެއްގެ މައިންބަފައިންނޭ ކިޔައިގެން ހުތުރުބަސް ބޭނުންކޮށް އެއްޗެއް ބުނެފިނަމަ އެކީއެއްޗެއް ރައްދުވަނީ އެެއެއްޗެއް ބުނި މީހެއްގެ މައިންބަފައިންނަށް. ޢެއްވެސް ބައެއްދެކެ ނަފުރަތުވުމަކީ މުސްލިމުންގެ ސިފައެއްނޫން.
މުސްލިމުންނާއި ލާދީނީ ބައިގަނޑުގެ ތަފާތަކީ: މުސްލިމުންނަކީ ކުށެއް ކުރެވުމުން އަވަަހަށް ތައުބާވާ ބައެއް. ލާދީނީ ބައިގަނޑު ތައުބާވުމުގެ ބަދަލުގައި ބޮޑާވެ ކިބުރުވެރިމިވަނީ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ އަންނި އާއި މަޖްލީހުގެ އެމްޑީޕީ ކޯލިޝަން ބައިގަނޑު. ލާދީނީ ބައިގަނޑަކީ އުތެމައާއި އެމްޑީއެން ދިފާއުކުރާ ބައެއް. އަދިވެސް އެއުޅެނީ އުތެމައަށް ފިޔަވަޅު ނޭޅިގެން. އެކަމަކު އިސްލާމްދީނުގެ ޝަރުއީކަމެއް ނަމަ އެއަކީ ހަރުކަށި ފިކުރެއް ކަމަށް ބަލައިގެނެ "އިންސާނީ ހައްގޭ" ކިޔާ އެ ޝަރީއަތް ބަދަލު ކޮށްލަނީ.
ދޮގު ހެދުން ފަޅާއެރުމުން އިތުރަށް 2 ދޮގު މިހަދަނީ.
މީގެކުރީގަވެސް ސަރުކާރެހިގަމުން އައި ދައުލަތުގެ މީޑިޔާއިން މީހުންގެ އަބުރައްއަރާގެެން ފައެއްނުވޭ މިހާރު ދައުލަތުގެ މީޑިއާ ވެއްޖެ އެމްޑީޕީ ސިޔާސީހަރުގެޔަކައް އެއަގިތަކައްވެސް ބަލާގަނެވޭކަމެނޫން ރައްޔަތުން ނިކުތީމަކާ މާރީޗެނުވާނެ
ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން ދިވެހި ރައްޔިތުންގެ ބޮޑު އާބާދީގެ 95 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންސައްތަ މީހުންނަށްވެސް އޮންނަކަން އެގޭނީ ރޔ އާއި ގުޅުވައިގެން އެބުނާ ރަށެއްގެ ވާހަކަ ފެންމަތި ކުރުވިފަހުން. މީ ހަގީގަތް. ދިރާސާއެއްކުރަން ގިނަ ބަޔަކާއި ސުވާލުކުރިޔަަސް އެނގޭނޭ
ރައީސް ޔާމީނު ދޫކުރަންޏާ ޖަލުގައި އެކަކުވެސް ބަހައޓާނެ ކަމެއްނެތް.
އާރާއި ބާރާއި ނުފޫޒުން އަދި ބޭއިންސާފުން ޖަލަށް ލީ މީހުން ޖެހޭނީ ވަގުތުން މިނިވަންކުރަން
ދޮގު ނުހަދާ ކުށައްއިއުތިރާފުވީމމަ ނިމުނީ.
ދިވެހިރާއްޖެ ކިޔާތަނެއް އޮންނަކަން ވެސް އިގުނީ ކޯޓައްދިޔަފަހުން. ވަގުންގެފޮށި ވަގުން ބާރަށް ބަންނާނެ
ޕީއެސްއެމަކީ ކުރީގެ ރާޓީވީ އިން އަދާކުރާ ދައުރު އަދާކުރާ އެމްޑީޕީގެ މައުތު ޕީސް. މިހާރު ރާއްޖެ ޓީވީއަކީ އިބޫ ޕްރޮމޯޓުކުރާ ޗެނެލެއް ވީމާ ޓީއެމަކީ އެމްޑީޕީއިން ދޮގު ޚަބަރު ފަތުރަން ގެންގުޅޭ އެޖެންތަކީ.