ނަމާދަށް ދާ ފަރާތްތަކުން އެހެން މީހުންގެ މުސައްލަ ބޭނުން ކުރުން ހުއްޓަން ޖެހޭ ކަމަށާއި މާސްކާއި މުސައްލަ ނެތްނަމަ ހަރަމްފުޅު ސިފައިން ބަލަހައްޓާ ގޮތަށް ރާއްޖޭގައިވެސް އެކަން ކުރަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެކުލަވާލާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދީ، އާ އާންމު ހާލަތައް ތައްޔާރުވެ، މިހާރު ވަނީ ފިޔަވަޅުތައް ލުއި ކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތައް ވަނީ އަލުން ހުޅުވާލާފައެވެ.

އާ އާންމު ހާލަތުގައި ހެލްތެ މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކުގައި ބުނާ ގޮތުން ނަމާދުގެ ޖަމާއަތް ހެދުމަށް ދީފައިވާ އިރުޝާދުތަކަކީ ގެއިން ވުޟޫކޮށްގެން ދިއުމާއި މުސައްލަ ހިފައިގެން ދިއުމެވެ. އަދި އެމީހެއްގެ މުސައްލަ ނޫން މުސައްލައެއް ބޭނުން ނުކުރުމަށްވެސް ވަނީ އަންގާފައެވެ.

ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ޝައިހް ޒައިދު ވިދާޅުވީ، ގެއިން މުސައްލަ ގެންދިޔުމަށާއި، އެހެން މީހުންގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ބަޔަކު އެކަން ނުކުރާނަމަ ހައްލަކީ ސިފައިން ނެރެގެން ގާޑް ކުރުން ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.

"ބަޔަކު އަމަލު ނުކުރަންޏާ ދެން ހައްލަކީ ސިފައިން ނެރެގެން ގާޑްކުރުން، މައްކާ މަދީނާ ހަރަމްފުޅު ގާޑް ކުރެވޭ ގޮތަށް." ޝައިހް ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ގޮތަށް އެބަޔަކު ތަބާނުވުމަކީ އެބައެއްގެ އަމިއްލަ މައްސަލައެއް ކަމަށެވެ. ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގައިދުރުކަން އިސްކޮށްގެން މިސްކިތައް ވަދެ ނުކުތުމަށެވެ. އަދި ނަމާދުން ނިމިގެން ގިނަ އިރުތަކަށް މިސްކިތުގައި މަޑު ނުކޮށް ގެއަށް ދިއުމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން މިފަދަ އުސޫލުތަކަށް ތަބާނުވެ، އެމީހުން ބޭނުން ގޮތަކަށް ކަން ކުރަމުންދާތީ ގިނަ ބަޔަކު ވަނީ އެކަމަށް ނުރުހުން ފާޅުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމީ

    އެންމެން ނަމާދައްދަނީ ގޭގަތިބެފަކަނޫން ބުރާނތިވާހަކަ ދައްކަނީ ކަލޭމެން ނަކީ ސިއާސީ އަނގަ ތަޅާފަ ފައިސާ ހޯދާމީހުން އަހަރުމެން ބުރަ މަސައްކަތް ކޮއްފަ ރުފިޔާހޯދަނީ .....

    23
    14
  2. ޢަންސާރު

    ލަދެއް ހަޔާތެއް ނެތޭ ލާދީނީ ބައިގަނޑަށް ވެރިކަން ހޯދަ ދީފަ .ނަމުން ޝޭހް ކަމުން ޖާހިލް

    16
    16
  3. ފެޅަކާޝޭޚު

    ސެލެބްރިޓީ ޝޭޚުންނަށް ނޫސްތަކުން ތިވަރަށް ޢެޓެންޝަން ނުދީބަލަ ހެޔޮނުވާނެ. މީން މީހެއްގެ ނަން ފެނުނަސް ހޮޑުލަވަނީ.

    19
    15
  4. ސިނެކް

    އެއްވެސް ކަމެއް ތަ ރުތީބު ކު ރަން އެގޭ ސަ ރުކާ ރެއް ނޫން މީކީ ފިޑިކަމުން ރޮވެނީ

    23
    5
  5. މާލެ ބޭބެ

    މުސައްލަ އެޅީމަ ވައިރަސް ތަނުގަ ހުރެއްޖެނަމަ އަޅާ މުސައްލައިގަ ނިހިފާނެތޯ..އަދި އެމުސައްލަ އަބުރާ ގެންދާނީ ގެޔަށް ނުންތޯ...މިއީ ކޮންކަހަލަ ވިސްނުމެއްގެ ވާހަކަ ފަތުރާ ބަޔެއްތޯ ..

  6. ބެއްޔާ

    އެންމެން ކޮފީގަ ތިބެފަ މިސްކިތަށްދަނީ އެހެންމީހެއްގެ ސައިަކލުގެ ފަހަތުގަ. މިސްކިަތށްގޮސް ދުރުދުރުގަ މުސައްލައާއިމާސްކް އަޅައިގެން. މިސްކތާމެދު ތިގެންގުޅޭ ލާދީނީ ފިކުރުގެ ނުބައިކަމާ