ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި ވަނީ، އިންސާނީ ތާރީޚުވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާ ކަމަށެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފެނުނު ކޮވިޑް-19، މުޅި ދުނިޔެއަށް ފެތުރި، މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި، 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، ފަސް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ "ކޮވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟" މި ޝިޢާރެވެ. ކޮވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިޤްތިޞާދެއް ނެތް ކަމަށާއި ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމަޢެއް ނެތްކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ ޢާއިލާއެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެތެރެއިންވެސް، މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށާއި ރާއްޖޭގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމަށް ރައީސް ވިދާޅުވިއެވެ. ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޞިއްޙީ ޚިދުމަތުގެ ނިޒާމަށްވެސް މިއީ ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ. އޭގެ ސަބަބުން ޢާންމު ޞިއްޙަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަމައެފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެއެވެ. މިއީ ޚާއްޞަ އިސްކަމެއް ދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަމެވެ." ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޮވިޑް-19 ފަދަ ބޮޑެތި ބަލިތަކާއި އެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޓަކަފިރޯށި

    ރުއިން ހުއްޓާލާފަ ދެލޯފުހެލައިފަ ރޯޔަލް ރޭޕުފުޅަށް ވީގޮތެއް އަވަހަށް ބަލާބަލަ!!

    36
  2. މ

    ތޮއްޔިބު ޝަހީމު ކޮބައިހޭ
    ޢެތައްބަޔަކު ފަލީހަތް ކުރި މިއަދު އޭނާ
    ޢެވަނީ ﷲ ފަލީހަތް ކުރައްވަވާފަ

    24
  3. ސަންތިމަރިޔަބު

    ހުރިހާކަމަކަށްވެސް ހައްލުއޮތީ އިސްލާމް ދީނުގާއި އިސްލާމީ ޝަރިއްޔާ ގާއިމްކުރަށްވާ ދެދުނިޔޭގެ ބާއްޖަވެރިކަނަށްޓަކާއި އިސްލާމް ދީނުގާއި ވަކިގޮތަކަށް ކަންކަން ކުރުމަށް އަމުރު ކުރަށްވާ ފާވަނިކޮށް އޭގެމަށްޗަށް ވަލޮއީ ގާނޫނު ހަދާ ހިންގުން ހެޔޮނުވާހުއްޓެވެ.

    17
  4. އިހުސާން

    ޚާއްސައިސްކަމެއްދީ ގެންނުބަލާއެއްކަމެއް
    ވެސްނެތް،މިއަދާހަމަޔައްކުރެވުނުކަމަކީ
    ޖަމާއަތުމީހުނައް ގގގގގ ގެއްލުމުގގގގ ގެބަދަލުދިނުމާ
    ދީނައްފުރައްސާރަކުރާމީހުން ހިމާޔަތް
    ކުރުން

    13
  5. ޑަންޑަހިލް

    ???

  6. ޑަންޑަބޭ

    ?????

  7. ޚ

    ????

  8. ތެދު
  9. ތެދު

    ???

  10. Anonymous

    “ޙާކިމް މީހާގެ ކޮނޑުގާއި އެޅިފާއިވާ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގާއި ހިމެނޭ އަސާސީ ޒިންމާއަކީ، ﷲ ގެދީންމީސްތަކުންގެ މެދުގާއި ގާއިމް ކުރުމާއި، ﷲ ގެ ޝަރިޢަތް ތަންފީޒު ކުރުމާއި، އަދުލު ގެރިކަންގާއިމް ކުރުމާއި، ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވުމެ”

    18
  11. ބަކުރު

    އެމް ޑީ އެން އުވާލިގޮތަށް ގެވެށިއަނިޔާއާއި ރޯޔަލްޖިންސީ އަނިޔާގެ މައްސަލަވެސް މިހާރު ތިޔަބަލަނީ ދޯ ކަލޯ ރަށްޔަތުންގެ ލޮލުގަ އަނދުން އަޅައި ހުދުކުލައިގެ ދަވާދުލިޔަސް ކަލޯގެ ހިތުގައިއޮތް އެތި ރަށްޔަތުންނަށް އެނގޭ ވާނުވާ ނޭނގޭރައީސް އަޅުގަނޑުމެން ރަށްޔަތުންނަށް ވާނުވާ އެނގޭ......

    18
  12. ޙހހހ

    ކޮބާ މިނިވަން މުއައްސަސާތައް ، ކޮބާ ދެފުއްކެހެރި ޕޭރަންސީ ، ކޮބާ އެޗްއާރުސީއެމް ، މިޤައުމު ތަރައްޤީ ވަމުންދަނިކޮށް ފައިސާގެ ދަހިވެތިކަމުގައި ވެރިކަމަކެއް ފުނޑަަލާފަ މިއަދު ތިތިބީ ފިލާ ، ތީ ހަމަ ހާއިނުން ، މުނާފިޤުން

    19
  13. ކޮބަޑި

    ނުރޯށެކަލޭ މަޑިއަރ މިތުރާއޭ . މުހަށްބަތުގައި ވަނީ ރޯޔަލް ކޭސްއޭ?

  14. ފިޔަވަޅު

    ތީ މައްސަލައަކީ .
    ހާއްސަ ސަމާލުކަމެއްދޭންޖެހެ .ުރާނަން މިހެން ނުކިޔަ ފިޔަވަޅެއް އަޅާބަލަ !

    18
  15. އިބްރާހީމު

    މީނަ މި ވާހަކަ މި ބުނަނި ކާކު ކައިރީގަބާ؟

    17
    • ކާފަބޭ2020

      އޭނަ އަމިއްލަނަފްސަށް އެހެންނޫނީ" ރޮވިދާނެ" ތީ

  16. ހަސަންކޮއި

    ޚާއްސައިސްކަ މެއްދީގެންނުކު
    ރާއެއްވެސްކަމމ މެއްނެތް،ބައި މީހުނައް ގެއްލު
    މުގެބަދަލުދިނުމ މާއި،ދީނައްފުރައްސާރަކުރާމމ މީ
    ހުންހިމ މާޔަތްކުރުންނޫންކަ މެއްނުކުރެވޭ

  17. މާމީ

    ރައީސް ދޮގުނަހަދާ ތިކަމެއް ނުވާނެ ހޯރަވެސް ދުކޮއްލީ މަނިކުފާނުގެ ދީލަތިކަމުން ނޫންތޯ ޖިންސީ ގޯނާގެވާހަކަ ނުދައްކާ މަނިކުފާނު ރޮވިދާނެ،،،،

  18. އަޝްރަފް

    ރައްޔިތުން ލޮލުގަ އަދުން އަޅުުވަން ރައީސްމީހާ ދައްކާވާހަކަ، ފެށީ ހޯރަ އިއްބެއިން ދެން އަރިސް ބޭފުޅުންނަށް ހެއްދެވީ ހުސް ޕާޓޭ ބޭފުޅުންނާ ދެއުޅިއެއްނުވާ ޢިއްޒަތްތެރިން

  19. ޒަބާދުކުޑޭ

    ޖިންސީ އަނިޔާގެ މައްސަލަތަކަށް ދެއްވި ޚާއްޞޮ އިސްކަމެއްގެ ދަށުން ވެރިކަމާ ހަވާލުވެފައި ފުރަތަމަވެސް ހޯރަ އިއްބެ ޖަލުން މިނިވަންކުރީ. މިސޯލިހުމީ އަޅެފަހެ ލަދެއް ހަޔާތެއްވެސް ނެތް މީހެކޭދޯ؟

    11
  20. މޮޔަ

    ރޯޔަލް ރޭޕް?

  21. ނަޒަނާ

    ޖިންސީ އަނިޔާ ހުއްޓުވަން ކޮންމެ އަންހެނެއްގެ ފަހަތުގައި ފުލުހަކު ބަހައްޓާށެވެ. މިއީ ނަޝީދު ލޮޖިކް.

  22. ދަރަނި ދަންތުރަ

    ހޯރައިއްބެޔަށް ޓޫރިޒަމް މިނިސްޓަރ ކަން ދެއްވާ އޭރުން އިބޫ ހިތްހަމަޖެހޭ ވަރަށް ރޭޕުކަންތަށް ކުތިޔަށްދާނެ މިހާރު މިފެއްނަނީ ހޯރައިއްބެ މިނިވަންކުރުމުގެ ފައިދާ ޒިންމާވާންޖެހޭނި އިބޫ

  23. ޑައެލޯގް

    ތިޔަހުރީ ހާއްސަ އިސްކަމެއް ގެވެށިއަނިޔާ ހުއްޓުވާކަށްނޫން، ކުރަން ދީފައެވެ. ކޮބާ ހޯރައިއްބެ، ސަފާރީ ރޭޕް، މެމްބަރު މުޣުނީ

  24. ނުވާނެ

    ތޮއްޔިބު ޝަހީމާ ސުމިތު ވަގުތުން ސަސްޕެންޑް ކުރަން ޖެހޭނެ އެކަމު ނުވާނެ އެވަރު ހިތްވަރެއް ނެތް އެމީޙުން ދައުލަތު ގެ ފައިސާއިން ނާޗަރަނގީ ކުޅުނީ