މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟" އެެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި، އޭގެ އެއް ސަބަބަކީ، ކޮވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުންނަށް ވާތީ ކަމަށެވެ. އަދި ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީވެސް އަންހެނުންކަމުގައި ވާތީކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދު ނަމަވެސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. އަދި، މި ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވުންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވެސް ޚާއްޞަ އިސްކަމެއް ދީގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަތަކެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އާބާދީ ދުވަހުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ޤައުމެއްގެވެސް އާބާދީއާއި ގުޅިފައިވާ މައްސަލަތަކާއި މެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.

މިގޮތުން، މުޖުތަމަޢުގެ ތެރޭގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާއި މެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން މީގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދުޅަހެޔޮ އާބާދިއެއް ބިނާކުރުމުގައި މި ސަރަޙައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ދެމެހެއްޓޭނީ، ކޮވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާޢީ ކަންކަމަށް އިސްކަންދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖާހިލު

    ކަލޭގެ އާއިލާގެ ނުރައްކާ ވަނީ އަންހެނުންނަށް ފޯރާފައި. އެކަން އެނގި ހާމަވެގެންދޭ ސަފާރީ ރޭފް ކޭހުންވެސް. ކަލޭގެ ލަދު ހަޔާތް ނެތްކަން ނިކަން ބަލާބަލަ. ބިދޭސީ އަންހެންމީހާ ގަދަކަމުން ރޭޕްކުރުނުންވެސް ނުފޫޒު ފޯރުވައިގެން އެކަން އޮއްބާލިޔަސް ދިވެހީން އެކަން ހަދާން ނެތޭކެކަމަށް ކަލޭ ހީނުކުރައްޗޭ

    12
  2. މާގިރި

    ކޮވިޑު ނުރަށްކަލަށް ހުށަހޮޅިފައިވާބަޔަކަށް ތިތިބީ ރޯޔަލް ރެޕިސްޓުންގެ ލަގަބުދެވިފަ ދެންކޮން ނުރަބޮލެކޭ ތިކިޔަނީ..

    10
  3. ޅަތީފާ

    މިއަދަކު ނުވެއްފެލޭތަ މިސޮރު

  4. ސަންތިމަރިޔަބު

    ދީންމުގުރާތީގެ ނަމުގާއި އެކަބަލުން މަގުތަކަށްނެރެ ހައްގުތަކުގެ ނަމުގާއި އެކަބަލުން ގައުމުގެ އަމަން ބަލަހަށް ޓާއި މީހުންނަށް ދުލަށް އާއިހާ އެއްޗެއް ގޮވުމަށް ހިންވަރުދީ އެކަބަލުންގެ ލަދުހަޔާއި ކަޑާއިލާ ފިރިހެނުންނާއި މައްސުނިވެ ބިރަކާއި ނުލާ މަޖާކުރަން ދަސްކޮށް ދީހެދީކޮން ބަޔެއްތޯ؟ އިސްލާމް ދީނުގާއި އެކަބަލުން ރައްކާތެރިކޮށް ހިމާޔަތް ކޮއްދީފަވާރިވެތި އުސޫލް ތައްބައްލަވާ
    ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.

    [ އަލް އަޙްޒާބް ސޫރަތުގެ 33ވަނަ އާޔަތް]

    11
  5. ޓަކަފިރޯށި

    މިރާއްޖޭގަ ދިރިއުޅޭ ކުދިބޮޑު އެންމެހާ އަންހެނުންވަނީ "ޝާހީގިތެލުންގެ" ނުރަށްކަލަށް ހުށަހެޅިފައި، ރޮއި ރޮއިކަރުނަ ރުއިން ހުއްޓާފަ ރޯޔަލް ރޭޕިސްޓުން ހައްޔަރުކުރޭ

    10
  6. ޙުސްކޮސް

    ޙުސްކޮސް ނުގޮވާ ރޭޕް މައްސަލާ ތަަަައް ބަލާ ދެއްވާ!

  7. ޢއއއ

    ޕްލީސް ސްކޫލް ތައް ބަންދުކޮށްދީބަ

    8
    1
  8. މޫސަ

    ކޮވިޑް 19 އަކީ އަނެއްކާ ޢަލީވަޙީދުތަ؟

  9. ޙހހހ

    ކާކު ކުރިދިރާސާއެއްތީ އިއްބޭ ، ސިއްހީމާހިރުން ބުނަނީ ފިރިހެނުންނޭ

  10. ޓ

    ތޮއްޔިބު ޝަހީމު ކޮބައިހޭ
    ޢެންމެން ފަލީހަތް ކުރަމުން ގޮސް
    ޢެންމެ ފަހުން..ފަލީހަތް ވީ
    ކޮބާ...ރާކަނިމަސް

  11. ބޯކިބާ

    ފިރިހެނުންނަށް އެއްވެސް އަސަރެއް ނުކުރަނީތަ، މިކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ މީނަ ދައްކަނީ، ބަލަ އަންހެނުންނަށްވާ ނުރައްކަލެއް ފިރިހެނުންނަށްވެސް ވާނެއެއްނޫންތަ.

  12. ޓޮންނަ

    އަނެއް ބަޔަކީ ފިރިހެނުން....ތިދެން ބުނެދޭން ޖެހޭނެތަ

  13. ހޭރެނީ

    ނެކްސްޓް ޖޯކް ޕްލީޒް.

  14. ކިއުން ތެރިއެއް

    ރަނގަޅު. އެއްބަޔަކީ އަންހެނުން. ދެން އަނެއްބަޔަކީ ފިރިހެނުން. ކޮވިޑު ޖެހެނީ ހަމައެކަނި ސިއްހީ ދާއިރާގާ އުޅޭމީހުންނަށް ވިއްޔާ. މިރާއްޖެއިން މިބަލި އެންމެގިނައިން ޖެހުނީ ޑަކްޓަރުން ނާއި ނަރުހުންނަށަތަ! ހަމަ އެއްޗެއް ލިޔެފަ ދޭއިރަށް ކިޔުއްވަނީ. ދެން ކީރިތި ކުރެއްވެނީ.
    .