ރާއްޖޭގައި "އަޑީ ދައުލަތެއް" ހިންގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ، އެ ދައުލަތް ހޯދަން ގޮވާލައި، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ފޮނުއްވައިފިއެވެ.

ޖާބިރު މިއަދު މަޖިލިހަށް ފޮނުއްވި ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އަޑީ ދައުލަތުގެ ބާރު ރާއްޖޭގައި ވަކި ހިއްޕަމުންދާ ކަމަށެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުތަކުގައިވެސް އަޑީ ދައުލަތުގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

ޖާބިރުގެ ކުއްލި މައްސަލައިގައި އަޑީ ދައުލަތޭ ވިދާޅުވި ނަމަވެސް، މީގެކުރިން ނަޝީދު ސިފަ ކުރައްވާފައިވާ ގޮތުން ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަމުން ދަނީ "އަނދިރި ދައުލަތަކެ"ވެ. އެ ދައުލަތުން ފުލުހުންނާއި ސިފައިންނާ ބައިއަތު ހިފާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވެއެވެ.

އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން އަނދިރި ދައުލަތެއް ހިންގާ ކަމަށާއި ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބަކީ އެ ދައުލަތް ކަމަށެވެ.

ޖާބިރުގެ ކުއްލި މައްސަލައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި މަޖިލީހުގެ 20 މެންބަރަކަށް ލާދީނީ ބައެއްގެ ތުހުމަތުކޮށް، އެ އަޑީ ދައުލަތުން މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އެހެންވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާއި މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށްޓަކައި، އަޑީ ދައުލަތަކީ ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ޖާބިރު ހުށަހެޅުއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުން

    ތިޔައީ ތިމީހުން ކުޅޭ ގޭމެއް ކަމެއްގެ އަދުނު އަޅުވާ ގޮތް ނޭގޭ ގޮތުގައި ދައުލަތުގެ ބޭތުލް މާލަށް އަންނަ ފައިސާ ކެއުން ނޫން ކަމެއް ނުކުރޭ އެކަން ކުރެވޭލެއް މަދުކަމުން ކޮންމެސް އެއްޗެކޭ ކިޔާ ރައްޔިތުން ފެލާލަން ޖަރީމާ ހިންގުމަށް ގޮތް ހޯދަނީ ތިއީ

    33
    1
  2. ޙަސަނާ

    ތިފާޑު ތަފާތުވާހަކަދައްކަމުން މިސްރާބުހިފާފަހުރީ އަންދަލުސް ގެ ތާރީހު މިތާއިއާދަކޮއް އިސްލާމީދައުލަތެއްގެ ސިފަމިތަނުންކަޑުވާލާ ޖުވާކުޅުމާއި ޒިނޭ އާއި މަސްތުވުން މިތާ އާންމުކުރުން..

    15
  3. ނަސީމް

    އެދައުލަތުގެ އިސްފަނޑިޔާރަކީ އިމްތިޔާޒް ފަހުމީ. ދެން ޙަސަން ލަތީފްއަކާއި ފައްޔާޒު އިސްމާއީލަކާއި މަހްފޫޒު ސައީދަކާއި ހާމިދު އިސްމާއިލް ކޮއްކޮ ޕީޖީ ޝަމީމް. މުއްލާއަކީ ނަޝީދު. ކޭޝިއަރަކީ އަލީ އާޒިމް

    17
  4. ލާދީނީ ލޮލީ

    ޢެ ދައުލަތުގެ ލީޑަރަކީ ލޮލީ އާއި ކައިޒީން ދެން ލަނޑާލާއިން ދައުލަތް ހިންގަ ލާދީނީ ބުއްޅަބެން ޖައްސާ އިސްޓަންޓު

    15
  5. Anonymous

    އަޑީދައުލަތަކީ ކެނެރީގެ އާއިލާ. 1983 ގައި ވެސް ތަމަޅައިންގެނައި ކެނެރީގެ ސިއްކަ އާއިލާ މީހުން. ކެނެރީގެ އެންމެން އެއީ އަދިރިދައުލަތް

    19
  6. ޔތ

    އަދިރިދައުލަތުގެ ބޮޑަކީ ކެނެރިގެ ބުއްޅަބެ

  7. ބާބީ

    އެދައުލަތަކީ ކެނަރީގޭ އިބިލީހުގެ ދައުލަތް

  8. އަރީ

    އަދިރި ދައުލަތުގެ އެއްމެ ގިނަ އީ ގޭންގުތަކަށް ނިސްބަތްވާ ޒުވާނުން

  9. ދަންބެރު

    ތިޔަ އަޑީ ތެލަކީ ނުވަތަ ދައުލަތަކީ ކެނެރީގޭ ބުއްޅަބެ ހިންގާ ދައުލަތެއް އޭނަގެ އަޑިއެއް މަށްޗެއް ކާށިދޫ ދާއިރާގެ މެންބަރަކަށް ނޭނގޭނެ ބުއްޅަބެއަކީ ހުތުބާތެރެއަށް އައުގުރާނަގޮވާފަ ލިޔުންއެޅިމީހެއް ކޮށްފަނުކުރާނެކަމެއް ނޭނގޭނޭ ބުނީވެސް މީނާ ނޫންތޯ ޖާބިރު އަށް ހެޔޮވިސްނުން ދެއްވާށިއެވެ.

  10. އަމީ

    ތިނުން އެއްޗެއް ނޭގޭނެ ކިޔާކަށް. އެލެކްސް ގެ ބޯއީ އެއް ޖާބިރު މީ. މީޑިއާ އާއި ރައްޔިތުންގެ ފޯކަސް އަނބުރާލަން ކުރުވާ ކަންތަށް، މިގައުމުގެ މީހުނަށް އިނގޭ ކޮބާކަން ތި ޖައްސާ ސްޓަންޓްތަކަކީ. ރޯޔަލް ރޭޕް ކޭސް ކަންތަކުގް ކުއްލި މައްސަލަ ނުލަނީ ކީވެތޯ. އަލީ ވަހީދު ހައްޔަރު ކުރަން ގޮވާލާ ކުއްލި މައްސަލަ ނުލަނީ ކީއްވެތޯ. އަބަދުވެސް ހަރުކައްޓާއި މަޑުކައްޓާ ކިޔާލަ ކިޔާލަ ތިބޭ . އޭރުން ރައްޔިތުންންށް އިންސާފާއި ރައްކާތެރިކަމާއި އެހެނިހެން އަސާސީ ކަންކަން ހުންނާނީ ވެފަ.